Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިޒްރޭލް ޕާސްޕޯޓްގެ މައްސަލަ

އިޒްރޭލް ޕާސްޕޯޓްގައި އެތެރެވުން ހުއްޓުވުން - މަޖިލީހުގައި ބިލެއް އޮއްވާ އަނެއްކާ ވެސް ގާނޫނު އިސްލާހު ކުރަން ސަރުކާރުން ނިންމައިފި

2 ޖޫން 2024 | އާދީއްތަ 13:05

ފަލަސްތީނާއިއެކު ދިވެހިން މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުމަށް ވަނީ ނިންމާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 2 ޖޫން 2024 | އާދީއްތަ 13:05
ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާނު ވާހަކަދައްކަވަނީ

ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާނު ވާހަކަދައްކަވަނީ

އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ މި ނިންމެވުން އިއުލާންކުރެއްވީ އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާނެވެ. މިއީ އިޒްރޭލްގެ ޕާސްޕޯޓު ރާއްޖެ އަށް މަނާކުރުމާ ގުޅޭ ކަމެއްގައި ކެބިނެޓުން ގޮތްތަކެއް ނިންމި ފުރަތަމަ ފަހަރެވެ.

Advertisement - newsAdvertisement

އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމުން، މިކަން ކުރިއަށް ގެންދިއުމަށް ވަނީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލެއްވުމަށް ވެސް ނިންމަވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ފަލަސްތީނާއި އިޒްރޭލްގެ މައްސަލައިގައި، ރާއްޖެއިން އިސްކަންދިނުމަށާއި ކޮށްދިނުމަށް ފަލަސްތީނުން އެދޭކަންކަން ދެނެގަތުމަށް، ރައީސް ސްޕެޝިއަލް އެންވޯއީއެއް ކަނޑައަޅުއްވަން ނިންމެވުން ހިމެނޭ ކަމަށެވެ.

ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމެވުމާއި "ފަލަސްތީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުމަށް ވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާތީ އެ ބިލަށް ސަރުކާރުން ތައީދުކުރާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް މިނިސްޓަރު އިހުސާން ވިދާޅުވީ ދިރާސާ ކުރުމަށްފަހު ގޮތް ނިންމާނެ ކަމަށާއި، މަޖިލީހުގެ ނިންމުން ނިންމޭނީ ވަކި ގޮތަކަށްކަން ދަންނަވަން ނޭނގޭ ކަމަށެވެ. އަދި ވަގުތުން އިޒްރޭލްގެ ޕާސްޕޯޓު މަނާ ނުކުރަނީ ކީއްވެތޯ ކުރި ސުވާލަށް މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގެ ގާނޫނުތައް އޮތްގޮތުން ގާނޫނަށް އިސްލާހުތައް ގެނެސްގެން މި މަސައްކަތް ކުރުމަށް އެޓާނީ ޖެނަރަލް ލަފާ ދެއްވާފައިވާ ކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ އިޒްރޭލް ޕާސްޕޯޓު މަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. މަނާ ކުރެވޭނެ ވަކި ދުވަހެއް ނޭނގުނު ނަމަވެސް ވަރަށް އަވަހަށް މަނާކުރެވޭނެ ކަމަށާއި، މާގިނަ ދުވަސް ނަގާނެ ކަމަށް ގަބޫލުނުކުރާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގާނޫނު އިސްލާހުކުރަން ސަރުކާރުން ނިންމާފައިވާއިރު، އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ގޮވާލާ ރައީސް އޮފީސް ކައިރީގައި އެއްވުމެއް ވަނީ ބާއްވާފައެވެ. ޕާސްޕޯޓު މަނާނުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

24 ޖުލައި 2017

މަޖިލީހުގައި ތަޅު އެޅުވުމަކީ ކުށެއް: މަހްލޫފް

24 ޖުލައި 2017
މަޖިލީހުގައި ތަޅު އެޅުވުމަކީ ކުށެއް: މަހްލޫފް
24 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގައި ސިފައިން ތަޅު އަޅުވައިފި

24 ޖުލައި 2017
ރައްޔިތުންގެ މަޖިލީހުގައި ސިފައިން ތަޅު އަޅުވައިފި
02 ޖުލައި 2017

ފަސް ރަށުގެ ފެނާއި ނަރުދަމާ އާއި ގުޅޭގޮތުން މާދަމަ މަޖިލީހުގައި ސުވާލުކުރުމަށް އެޖެންޑާ ކޮށްފި!

02 ޖުލައި 2017
ފަސް ރަށުގެ ފެނާއި ނަރުދަމާ އާއި ގުޅޭގޮތުން މާދަމަ މަޖިލީހުގައި ސުވާލުކުރުމަށް އެޖެންޑާ ކޮށްފި!
07 ޖޫން 2017

އާ ޕާސްޕޯޓްގައިވާ ރައީސް ނަޝީދުގެ ތަސްވީރު ނަގައިފި

07 ޖޫން 2017
އާ ޕާސްޕޯޓްގައިވާ ރައީސް ނަޝީދުގެ ތަސްވީރު ނަގައިފި
06 ޖޫން 2017

ގިނަ ދުވަސްތަކަށް ފަހު މަޖިލީހުގައި ވަޒީރަކާ ސުވާލު ކުރުން މިއަދުގެ ޖަލްސާގައި!

06 ޖޫން 2017
ގިނަ ދުވަސްތަކަށް ފަހު މަޖިލީހުގައި ވަޒީރަކާ ސުވާލު ކުރުން މިއަދުގެ ޖަލްސާގައި!
04 ޖޫން 2017

ޖޭޕީގެ ލޯގޯ އާއި ދިދަ މަނާކުރުމަކީ ޕާޓީ ހުއްޓުވުން: އަމީން

04 ޖޫން 2017
ޖޭޕީގެ ލޯގޯ އާއި ދިދަ މަނާކުރުމަކީ ޕާޓީ ހުއްޓުވުން: އަމީން
28 މާރިޗު 2017

މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު

28 މާރިޗު 2017
މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު
26 މާރިޗު 2017

މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު

26 މާރިޗު 2017
މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު
19 ފެބުރުއަރީ 2017

މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ

19 ފެބުރުއަރީ 2017
މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް