Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ ސިފައިން ފޮނުވާލުން

ސެނަހިޔާގައި މަސައްކަތްކުރާ އިންޑިއާގެ ޑޮކްޓަރުން ތިބޭނެ، ފޮނުވާލީ 76 ސިފައިން: ސަރުކާރު

ސެނަހިޔާގައި ތިއްބެވި ޑޮކްޓަރުންގެ ފަރާތުން ވެސް މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާކަމަށްވާނަމަ އެބޭފުޅުން ވެސް ފޮނުވާލާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 11 މެއި 2024 | ހޮނިހިރު 11:12
ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ

ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފައިބާފައިވާ ކަމަށާއި، ފޭބި އިންޑިއާ ސިފައިންގެ އަދަދަކީ 76 ކަމަށް ސަރުކާރުން ބުނެފި އެވެ.

ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސެނަހިޔާގައި މަސައްކަތް ކުރަން ތިބި ޑޮކްޓަރުން ފިޔަވައި، ހުރިހާ ސިފައިން ރާއްޖެއިން ފައިބާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 76 ސިފައިން ފޮނުވާލީ މިދިޔަ ތިން މަހުގެ ތެރޭގައި ހަ ތާރީހެއްގެ މަތިން ކަމަށެވެ. ތަފްސީލުތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ 7 މާޗު ގައި އައްޑޫ ގަމުގައި ތިބި 12 ސިފައިން، 9 މާޗުގައި އައްޑޫ ގަމުގައި ތިބި 14 ސިފައިން، 7 އޭޕްރީލްގައި ހަނިމާދޫގައި ތިބި 13 ސިފައިން، 9 އޭޕްރީލްގައި ހަނިމާދޫގައި ތިބި 12 ސިފައިން، 7 މެއިގައި ކައްދޫގައި ތިބި 12 ސިފައިން، އަދި 9 މެއިގައި ކައްދޫގައި ތިބި 13 ސިފައިން ފައިބައިފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ސެނަހިޔާގައި ތިއްބެވި ޑޮކްޓަރުންގެ ފަރާތުން ވެސް މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާކަމަށްވާނަމަ އެބޭފުޅުން ވެސް ފޮނުވާލައްވާނެ ކަމަށެވެ.

އިންޑިއާގެ ސިފައިން ތިބީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކަމަށް ސަރުކާރުން ބުނެއެވެ. އެއީ އައްޑޫ ސިޓީ ގަމުގައި އޮތް ހެލިކޮޕްޓަރެއް އޮޕަރޭޓްކުރަން 26 ސިފައިން، ލ. ކައްދޫގައި އޮތް ހެލިކޮޕްޓަރެއް އޮޕަރޭޓް ކުރަން 25 ސިފައިން، އަދި ހދ. ހަނިމާދޫގައި އޮތް ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓްކުރަން ތިބި 25 ސިފައިންނެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ މިއުޅަނދުތައް ދުއްވާނީ ދިވެހި ސިފައިން ކަމަށް މީގެ ކުރިން މިސަރުކާރުގެ ބޭފުޅުން ވިދާޅުވި ނަމަވެސް މިއުޅަނދުތައް އޮޕަރޭޓް ކުރުމަށް ގެނެސްފައިވަނީ އިންޑިއާގެ މަދަނީންނެވެ. ނަމަވެސް ރާއްޖެއަށް ގެނައި މަދަނީންގެ އަދަދެއް ހާމަކޮށްފައިނުވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންނާއި ގުޅޭގޮތުން ސަރުކާރުން ހާމަކޮށްފައިވަނީ އެކިފަހަރު އެދި އަދަދުތަކެވެ. އެންމެފަހުން އިންޑިއާގެ ސިފައިންގެ އަދަދާއި ގުޅޭގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އިންޑިއާ ސިފައިންގެ އަދަދު އަދިވެސް މުޅިން ސާފުނުވާ ކަމަަށާއި މިހާތަނަށް ބެލި ލިޔެކިޔުންތަކުން 77 އާއި 89އާ ދެމެދުގެ އަދަދުތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

އިންޑިޔާ ސިފައިންގެ މައްސަލައިންޑިއާ ސިފައިން

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2024

ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ

09 އޮކްޓޯބަރު 2024
ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ
18 މެއި 2024

ފުރަތަމަ ޓާމުގައި ސަރުކާރުގެ ރިޕޯޓު ކާޑު: ފާހެއް ނުވޭ!

18 މެއި 2024
ފުރަތަމަ ޓާމުގައި ސަރުކާރުގެ ރިޕޯޓު ކާޑު: ފާހެއް ނުވޭ!
17 މެއި 2024

މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟

17 މެއި 2024
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
13 މެއި 2024

ކުރިން ކަމުނުދިޔަ އިންޑިއާ ރާޑަރު ސިސްޓަމާއި ގުޅޭގޮތުން މިނިސްޓަރު ސާފު ޖަވާބެއް ނުދެއްވި

13 މެއި 2024
ކުރިން ކަމުނުދިޔަ އިންޑިއާ ރާޑަރު ސިސްޓަމާއި ގުޅޭގޮތުން މިނިސްޓަރު ސާފު ޖަވާބެއް ނުދެއްވި
12 މެއި 2024

"ކުރިން ބުނި އެތި ކެންސަލް!"

12 މެއި 2024
"ކުރިން ބުނި އެތި ކެންސަލް!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު