Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޓުވެންޓީ20

ޓުވެންޓީ20 ކްރިކެޓް މުބާރާތް އެމެރިކާގައި، ވާދަވެރިކަން ބޮޑުވާނެ

މުބާރާތުގެ ޗެމްޕިއަން ޓީމަށް 4 މިލިއަން ޑޮލަރު ލިބޭނެ

ރާއްޖެ އެމްވީ | 30 އެޕްރީލު 2024 | އަންގާރަ 03:05
ޓުވެންޓީ20 ކްރިކެޓް މުބާރާތުގެ ތަށި އޮސްޓްރޭލިޔާ އުފުލާލަނީ

ޓުވެންޓީ20 ކްރިކެޓް މުބާރާތުގެ ތަށި އޮސްޓްރޭލިޔާ އުފުލާލަނީ

ޓުވެންޓީ20 ކްރިކެޓް ވޯލްޑްކަޕް އަންނަ ބުރާސްފަތި ދުވަހު ފަށާނެ އެވެ. މިއީ އެއް ދުވަހުގެ 50 އޯވަރުގެ މެޗުތައް ދިގުކަމުން، ފޫއްސަކަށްވުމުން، ކުރުކޮށް ނިންމާލާން އިނގިރޭސިން ގެނައި ހިޔާލެކެވެ. އަދި މިއީ ކްރިކެޓްގެ އަރަމުން އަންނަ ޖީލުތަކަށް ހުނަރު ދައްކާލަން ހުޅުވާލި ފުރުސަތެކެވެ. ނަމަވެސް ކްރިކެޓްގެ ޒަމާންވީ ވާދައިގެ ތެރެއިން މުބާރާތުގެ ތަށި ކޮންމެ ގައުމަކަށް ވެސް ހޯދަން ވަނީ މަޖުބޫރުވެފަ އެވެ. މި މުބާރާތް ފުރަތަމަ ބޭއްވީ 2007 ވަނަ އަހަރު އެވެ.

ޓުވެންޓީ20 މުބާރާތް ކުޅެނީ 20 އޯވަރަށެވެ. މުބާރާތް ބާއްވަނީ ކޮންމެ ދެ އަހަރުން އެއް އަހަރު އެވެ. މި ފަހަރުގެ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ ޓީމުތައް ބައިވެރިވާ މުބާރާތެވެ. ޖުމުލަ 20 ގައުމަކުން މުބާރާތުގައި ކުޅޭއިރު ގަދަ އަށްކަށްދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގަދަ ދެ ގައުމެވެ. މިފަހަރުގެ މުބާރާތް ބާއްވަނީ އެމެރިކާ އާއި ވެސްޓް އިންޑީޒްގަ އެވެ. މި ދެ ގައުމު ގުޅިގެން ހުށަހެޅި ބިޑް އިންޓަނޭޝަނަލް ކްރިކްޓް ކައުންސިލުން ގަބޫލުކުރީ ކްރިކެޓްގެ އާއިލާގެ ތެރެއަށް އެމެރިކާގެ ބިޔަ އާބާދީ ވެއްދުމުގެ ބޭނުމުގަ އެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ކުރީގެ ދެ ޗެމްޕިއަނުން ކަމަށްވާ އިންޑިޔާ އާއި ޕާކިސްތާން އަދި އަޔަލޭންޑާއި ކެނެޑާގެ އިތުރުން އެމެރިކާ އެވެ. ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިނގިރޭސިވިލާތާއި ދުނިޔޭގެ ޗެމްޕިއަން އޮސްޓްރޭލިޔާ އާއި ނެމީބިއާ އަދި ސްކޮޓްލޭންޑާއި އޮމާނެވެ. ގްރޫޕް ސީގައި ހިމެނެނީ ވެސްޓް އިންޑީޒާއި އަފްގާނިސްތާނާއި ނިއުޒީލޭންޑް އަދި ޕަޕުއާ ނިއުގިނީ އާއި ޔޫގެންޑާ އެވެ. ގްރޫޕް ޑީގައި ހިމެނެނީ ސައުތު އެފްރިކާ އާއި ބަންގްލަދޭޝް އަދި ސްރީލަންކާ އާއި ނެދަލޭންޑްސްގެ އިތުރުން ނޭޕާލެވެ. ނިސްބަތުން އެންމެ ވާދަވެރިވާނެ ކަމަށް ބެލެވެނީ ގްރޫޕް ޑީ އާއި ސީ އެވެ. މުބާރާތުގެ ފައިނަލް ކުޅޭނީ ޖޫން 29 ވަނަ ދުވަހު ވެސްޓް އިންޑީޒްގެ ކެންސިންގްޓަން އޯވަލް ސްޓޭޑިއަމުގަ އެވެ.

މުބާރާތުގެ އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންޑިޔާގެ ކުރީގެ ކުޅުންތެރިޔާ ޔުވަރާޖް ސިންގް އާއި ޖެމެއިކާގެ ކުރީގެ ކުޅުންތެރިޔާ ކްރިސް ގޭލް އާއި އޮލިމްޕިކް ޗެމްޕިއަން އަދި ބާރު ދުވުންތެރިޔާ އުސައިން ބޮލްޓެވެ. މުބާރާތުގެ ތަށި 15 ގައުމަކަށް ގެންގޮސް ކުރީގެ ކުޅުންތެރިންނާއި މުބާރާތުގެ އެމްބެސެޑަރުންނާއި ސަޕޯޓަރުންގެ ބައިވެރިވި ހާއްސަ އިވެންޓްތައް ބާއްވާފައިވެ އެވެ.

މި ފަހަރުގެ މުބާރާތް ކުޅޭނީ ވެސްޓް އިންޑީޒްގެ ހަ ދަނޑެއްގަ އާއި އެމެރިކާގެ ތިން ދަނޑެއްގަ އެވެ. އެމެރިކާގެ އެންމެ ބޮޑު ދަނޑަކީ ފްލޮރިޑާގެ ސެންޓްރަލް ބްރޮވާޑް ޕާކެވެ. މިތަނަށް 40000 މީހުނަނަށް ވަދެވޭނެ އެވެ. ކްރިކެޓަށް މަޝްހޫރު ވެސްޓް އިންޑީޒްގައި ކުޅޭ އެންމެ ބޮޑު ދަނޑަކީ 28000 މީހުންނަށް ވަދެވޭ ބާބަޑޯސް ކެންސިންގްޓަން އޯވަލް ސްޓޭޑިއަމެވެ. މުބާރާތުގައި ޖުމުލަ 55 މެޗު ކުޅޭނެ އެވެ.

މުބާރާތެއްގެ އެންމެ ހާއްސަ އެއް ކަމަކީ އިނާމުގެ ގޮތުގައި ލިބޭ އެއްޗެކެވެ. މި މުބާރާތުގެ  ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ ވާދައިގެ ތައްޓާއެކު 4 މިލިއަން އެމެރިކާ ޑޮލަރެވެ. ރަނަރަބް ޓީމަށް 2 މިލިއަން އެމެރިކާ ޑޮލަރެވެ.

ޓުވެންޓީ20 ކްރިކެޓް މުބާރާތްކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

25 ޖުލައި 2024
ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟

ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟

20 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު