Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަކާގެ ދިރިއުޅުން

ކަކާގެ ކައިވެނި ރޫޅުނު ސަބަބު ކިޔައިދިނީ ކުރީގެ އަންހެނުން

ކައިވެނި ރޫޅުނީ ދެ ކުދިން ލިބި، 10 އަހަރު ފަހުން، މިހާރުގެ ލޯބިވެރިއަކީ ބްރެޒިލްގެ މޮޑެލް އެއް

ރާއްޖެ އެމްވީ | 28 އެޕްރީލު 2024 | އާދީއްތަ 04:10
ކަކާ އާއި އޭނާގެ ކުރީގެ އަންހެނުން ކެރޮލީން

ކަކާ އާއި އޭނާގެ ކުރީގެ އަންހެނުން ކެރޮލީން

ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކަކާގެ ކައިވެނި ރޫޅުނު ސަބަބު އޭނާގެ ކުރީގެ އަންހެނުން ކިޔައިދީފި އެވެ.

ކަކާ އަކީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ބްރެޒިލް ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އަދި އޭނާ ވަނީ އިޓަލީގެ އޭސީ މިލާނުގައި މޮޅަށް ކުޅެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ފަހުން ސްޕޭނުގެ ރެއާލް މެޑްރިޑަށް ވެސް ކުޅުނު ކަކާ އަކީ އޭނާގެ ބުރުސޫރައިގެ ރީތިކަމާހުރެ ވަރަށް ގިނަ އަންހެނުން ހިތްކިޔައި އުޅުނު ކުޅުންތެރިއެކެވެ.

އޭނާގެ ޒަމާންވީ ލޯބިވެރިޔާއާ ކައިވެނިކުރީ 2005 ވަނަ އަހަރު މިލާނަށް ކުޅެމުންނެވެ. އޭގެ 10 އަހަރު ފަހުން ކައިވެނި ރޫޅުމަށް ފަހު ކަކާ މިހާރު ވަނީ އެހެން މީހަކާއެކު ލޯބީގެ ގުޅުމެއް ފަށައިފަ އެވެ. ނަމަވެސް ކުރީގެ އަންހެނުން ކެރޮލީން ސެލީކޯ އަދިވެސް ހުރީ ހުސްކޮށެވެ. ކަކާ އާއި ކެރޮލީންގެ ކައިވެނި ރޫޅުނު ހަބަރަކީ ވަރަށް ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ހަބަރެކެވެ. އެ ދުވަސްވަރު އެންމެ ހިޓް ހަބަރަކީ ވެސް އެއީ އެވެ.

ދެމީހުންގެ ކައިވެނި ރޫޅުނުއިރު އަންހެން ކުއްޖަކާއި ފިރިހެން ދަރިއަކު ވެސް ތިއްބެވެ. މި ކަމުގެ ހަގީގަތް ފުރަތަމަ ފަހަރަށް ކިޔައިދެމުން ކެރޮލީން ބުނީ ކަކާ އޭނާ އަށް ބޭވަފާތެރިނުވާ ކަމަށެވެ.

ދެމީހުން ކައިވެނިކުރިއިރު ކެރޮލީން އަކީ ބްރެޒިލްގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭ ޖަމާއަތެއްގައި މަސައްކަތް ކުރަމުންދިޔަ އަންހެނެކެވެ. އެއީ ހިލޭ ސާބަހަށް ކާބޯތަކެތި ފޯރުކޮށްދިނުމާއި ސާފުތާހިރުކަމުގެ ހަރަކާތް ހިންގުމާއި ތައުލީމު ނުލިބޭ މީހުންނަށް އުނގަންނައިދިނުމުގެ ފުރުސަތު ހޯދައިދިނުމާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދިޔަ ޖަމާއަތެކެވެ. ނަމަވެސް ކައިވެންޏަށް ފަހު ކެރޮލީން މިކަން ދޫކޮށްލައި ހުސްވީ އާއިލާއަށެވެ.

އޭނާ އަދިވެސް ހުސްކޮށް ހުރި ކަކާ ވަނީ ކައިވެނި ރޫޅުނުތާ ދެ އަހަރު ފަހުން 2017 ވަނަ އަހަރު ބްރެޒިލްގެ މޮޑެލް، ކެރޮލީނާ ޑިއާސް ކިޔާ އަންހެނަކާ ލޯބީގެ ގޮތުން ގުޅިފަ އެވެ. ދެ މީހުން މިއަހަރު ކުރީކޮޅު ކައިވެނިކުރާކަން އިއުލާނުކުރިއިރު މިހާރު ވަނީ އެއް އަހަރުގެ ފިރިހެން ދަރިއަކު ވެސް ލިބިފަ އެވެ.

މިކަން އިއުލާނުކުރަމުން ކަކާ ބުނެފައިވަނީ ކެރޮލީނާ ޑިއާސް ވަނީ ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހާ އަށް އޭނާ ހަދައިދީފައި ކަމަށެވެ. އަދި ކެރޮލީނާ ދުނިޔޭގެ އެންމެ އުފާވެރި އަންހެނާ އަށް ހަދައިދޭނެ ކަމަށް ވައުދުވާ ކަމަށެވެ.

ކަކާ އަކީ ބްރެޒިލްގެ ގައުމީ ޓީމަށް 92 މެޗު ކުޅެދީ 29 ގޯލު ޖަހައިދީފައިވާ ކުޅުންތެރިއެކެވެ. އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ މޮޅު ކޯޗަކަށްވުމަށެވެ. މި ގޮތުން ބްރެޒިލްގެ ކޯޗުކަން ކުރުމަކީ އަމާޒެއް ކަމަށް ކަކާ ވަނީ ބުނެފަ އެވެ.

ކަކާ

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2022

ސްޕެއިންގައި ހިމެނޭ ބާސެލޯނާގެ ކުޅުންތެރިންނަށް ކަކާގެ ތައުރީފު

27 ސެޕްޓެމްބަރު 2022
ސްޕެއިންގައި ހިމެނޭ ބާސެލޯނާގެ ކުޅުންތެރިންނަށް ކަކާގެ ތައުރީފު
29 ސެޕްޓެމްބަރު 2017

އެންޗެލޮޓީ ވަކިކުރީ ބަޔާއިން ނެރެމުންގެންދާ ދަށްނަތީޖާގެ ސަބަބުން: ބަޔާން މިޔުނިކް

29 ސެޕްޓެމްބަރު 2017
އެންޗެލޮޓީ ވަކިކުރީ ބަޔާއިން ނެރެމުންގެންދާ ދަށްނަތީޖާގެ ސަބަބުން: ބަޔާން މިޔުނިކް
04 ސެޕްޓެމްބަރު 2017

އަނިޔާގެ ސަބަބުން ދެވަނަ މެޗުގައި ވިޔާއަށް ނުކުޅެވޭނެ

04 ސެޕްޓެމްބަރު 2017
އަނިޔާގެ ސަބަބުން ދެވަނަ މެޗުގައި ވިޔާއަށް ނުކުޅެވޭނެ
11 އޯގަސްޓު 2017

އަނިޔާގެ ސަބަބުން ޓްރޮޔެސްއާ ދެކޮޅަށް ނީސް މިރޭ ކުޅޭ މެޗުގައި ބަލޮޓެލީއަށް ނުކުޅެވޭނެ!

11 އޯގަސްޓު 2017
އަނިޔާގެ ސަބަބުން ޓްރޮޔެސްއާ ދެކޮޅަށް ނީސް މިރޭ ކުޅޭ މެޗުގައި ބަލޮޓެލީއަށް ނުކުޅެވޭނެ!
09 އޯގަސްޓު 2017

އާސެނަލްއަށް ޕްރިމިއާ ލީގު ކާމިޔާބު ކުރެވިދާނެ ސަބަބުތައް!

09 އޯގަސްޓު 2017
އާސެނަލްއަށް ޕްރިމިއާ ލީގު ކާމިޔާބު ކުރެވިދާނެ ސަބަބުތައް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު