Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓެނިސް އެސޯސިއޭޝަން

އަލިބޭ ޓްރެއިނިން ކޭމްޕުގައި ބައިވެރިވާ 12 ކުޅުންތެރިން އިއުލާން ކޮށްފި

މިއަހަރުގެ ކޭމްޕު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ތުރުކީގެ އަންތަލްޔާގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 އެޕްރީލު 2024 | ހޮނިހިރު 05:05
މިއަހަރުގެ ކޭމްޕުގައި ބައިވެރިވާ ކުޅުންތެރިން އިއުލާން ކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން

މިއަހަރުގެ ކޭމްޕުގައި ބައިވެރިވާ ކުޅުންތެރިން އިއުލާން ކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި އަލިބޭ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ، އަލިބޭ ޓްރެއިނިން ކޭމްޕުގައި މިއަހަރު ބައިވެރިވާ ކުޅުންތެރިން އިއުލާން ކޮށްފި އެވެ.

މިއަހަރުގެ ކޭމްޕު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ތުރުކީގެ އަންތަލްޔާގަ އެވެ. މެއި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޭމްޕުގައި މިއަހަރު ބައިވެރި ވަނީ 12 ކުޅުންތެރިންނެވެ. ކޭމްޕުގައި ބައިވެރިވާ ކުޅުންތެރިން އިއުލާން ކުރުމަށް ވަނީ ޚާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ޓެނިސް އެސޯސިއޭޝަންގެ ރައީސް އަޙުމަދު ނަޒީރުގެ އިތުރުން، އަލިބޭ މޯލްޑިވްސްގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

މި ޓްރެއިނިން ކޭމްޕްގެ މަޤުސަދަކީ ރާއްޖޭގައި ތިބި ޒުވާން ޓެނިސް ކުޅުންތެރިންގެ ހުނަރު އިތުރަށް ފުޅާ ކުރުމުގެ ފުރުޞަތު ހޯދައި ދިނުމުގެ އިތުރުން، އެ ކުޅުންތެރިންގެ ތަޖުރިބާ އިތުރު ކުރުމެވެ. މި ކޭމްޕުގައި ތަޖުރިބާކާރު ކޯޗުންނާއި ޓްރެއިނަރުންގެ ޓީމަކުން ކޮންމެ ކުޅުންތެރިއަކަށް ވެސް ވަކި ވަކިން ސަމާލުކަން ދިނުމާއި، ކުޅުން ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ އެވެ.

މިއީ ޓެނިސް އެސޯސިއޭޝަން އަދި އަލިބޭ މޯލްޑިވްސްއާ ދެމެދު 2017 ވަނަ އަހަރު ސޮއި ކުރެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ ކޭމްޕެކެވެ. މިއީ މި ކޭމްޕު ކުރިއަށް ގެންދާ ހަ ވަނަ އަހަރެވެ. މި ކޭމްޕުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައި ވަނީ އަލިބޭ މޯލްޑިވްސްގެ ފަރާތުންނެވެ.

ޓެނިސް އެސޯސިއޭޝަން

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2023

ޓެނިހުގެ ދުނިޔޭގެ މުބާރާތުގައި ރާއްޖޭގެ ނަތީޖާތައް ރަނގަޅު!

23 އޮކްޓޯބަރު 2023
ޓެނިހުގެ ދުނިޔޭގެ މުބާރާތުގައި ރާއްޖޭގެ ނަތީޖާތައް ރަނގަޅު!
23 މެއި 2023

ބޭންކް އޮފް މޯލްޑިވްސް އާއި ޓެނިސް އެސޯސިއޭޝަންގެ ޕާޓްނަރޝިޕް އައުކޮށްފި

23 މެއި 2023
ބޭންކް އޮފް މޯލްޑިވްސް އާއި ޓެނިސް އެސޯސިއޭޝަންގެ ޕާޓްނަރޝިޕް އައުކޮށްފި
02 އޯގަސްޓު 2022

އޭޓީޕީ ސްޓޭންޑަރޑްއަށް ތަރައްގީކޮށް، މާލޭ ޓެނިސް ކޮމްޕްލެކްސް ހުޅުވައިފި

02 އޯގަސްޓު 2022
އޭޓީޕީ ސްޓޭންޑަރޑްއަށް ތަރައްގީކޮށް، މާލޭ ޓެނިސް ކޮމްޕްލެކްސް ހުޅުވައިފި
30 ޖުލައި 2022

މާލޭ ޓެނިސް ކޮމްޕްލެކްސް ސަރފޭސް އޭޓީޕީ ސްޓޭންޑަރޑަށް ތަރައްގީކޮށްފި

30 ޖުލައި 2022
މާލޭ ޓެނިސް ކޮމްޕްލެކްސް ސަރފޭސް އޭޓީޕީ ސްޓޭންޑަރޑަށް ތަރައްގީކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު