Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސްގެ ވާހަކަފުޅު

ދެހާސް ތޭރަވަނަ އަހަރު ނުރައްކާތެރި އެގްރީމެންޓެއްގައި ސޮއިކުރެވުނު: ރައީސް ޔާމީން

6 އޯގަސްޓު 2017 | އާދީއްތަ 12:37

އެއެގްރީމެންޓުގައި ބުނަނީ މީހަކު އިންތިޚާބު ނުކުރެވުނު ނަމަ މަޖިލިސް ރައީސާ ރައީސްކަން ހަވާލުކުރަން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 6 އޯގަސްޓު 2017 | އާދީއްތަ 12:37
ދިވެހި ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޕެރަމޯޓަރ އުދުހުމުގެ ހަރަކާތުގެ ތެރެއިން

ދިވެހި ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޕެރަމޯޓަރ އުދުހުމުގެ ހަރަކާތުގެ ތެރެއިން

އެންމެފަހުން ބޭއްވުނު ރިޔާސީ އިންތިޚާބު އޮތް 2013 ވަނަ އަހަރު ނޮވެމްބަރ 11 ގެ ކުރިން ރައީސް ކަމަށް ހުވާކުރާނެ މީހަކު ނުދެއްކިއްޖެ ނަމަ ޢަމަލު ކުރާނެ ގޮތުގެ ވަރަށް ނުރައްކާތެރި އެގްރީމެންޓެއް އެކުލަވާލެވި ސޮއިކުރެވުނު ކަމަށް ވިދާޅުވެ ބޮޑު ސިއްރެއް ރައީސް ޔާމީން ފަޅާއަރުވާލައްވައިފިއެވެ.

ރައީސް ޔާމީން މިކަން ފަޅާއަރުވާލެއްވީ ޕީޕީއެމަށް ޢާއްމު މެންބަރުންތަކެއް ސޮއިކުރި ކަމަށް ބުނެ ސްޓެލްކޯގައި ބޭއްވި ޕީޕީއެމްގެ ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސުލް ޖުމްހޫރިއްޔާ ކަމުގައި ހުންނެވީތީ މިވީހާ ގިނަ ދުވަހު އެކަން ހާމަކުރައްވަން ކެރިވަޑައި ނުގަން ހުންނެވީކަމަށް ވިދާޅުވަމުން އެވާހަކަ ހިއްސާ ކުރައްވަމުން ވިދާޅުވީ 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބު ބޯމަތިވެގެން އައިއިރު ޤައުމު އޮތީ ވަރަށް ނަުރައްކާތެރި ފައްތަރެއްގައި ކަމަށެވެ. އަދި ދިވެހި ދައުލަތް އޮތީ ނާމާން ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ 2013 ގެ ނޮވެމްބަރ 11 ގައި ޤާނޫނު އަސާސީގައި އެބުނާ ގޮތައް އިންތިޚާބު ކޮށްފައިހުރި ރައީސުލް ޖުމްހޫރިއްޔާއަކު ހުވާކުރާނެ ކަމުގެ ކުޑަވެސް އުއްމީދެއް ނެތް ކަމަށެވެ.

"ވަރަށް ނުރައްކާތެރި އެގްރީމެންޓެއް ސޮއި ކުރެވުނު. ޓްރައިކާ ނަމުގައި ކިޔާ އެގްރީމެންޓެއްގައި ސޮއި ކުރެވުނު. ސިޔާސީ ޕާޓީތަކުގެ ވެރިން އޭގައި ސޮއި ކުރައްވާފައި އޮތީ. އެއެގްރީމެންޓުގައި ބުނެފައި އޮތް ވާހަކައަކީ 11 ނޮވެމްބަރ ވަނަ ދުވަހު ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނެ މީހަކު ނެތްނަމަ ނެތް ހިނދެއް އަތުވެއްޖެ ނަމަ ދެން ޤާނޫން އަސާސީގައި އެބުނާގޮތަށް ކަންތައްތަކަށް އެއްބަސްވެފައި ބުނަނީ 60 ދުވަހުގެ ތެރޭގައި އިންތިޚާބެއް ބާއްވައި ރައީސަކު ދެއްކުމުގެ ހުރިހާ ކަމެއް ނިންމުމަށްޓަކައި އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސާ ރައީސުލް ޖުމްހޫރިއްޔާކަން ޙަވާލުކުރަން ޖެހޭނެޔޭ. އަދި އެކަންކަން ކުރާއިރު އޭރުގެ ޑިފެންސް މިނިސްޓަރާ އޭރުގެ ޕޮލިސް ކޮމިޝަނަރއާ މިބޭބޭފުޅުން މަޤާމުތަކުގައި ދެމިތިއްބަވާނެއޭ. މި އެގްރީމެންޓަކީ ބޭރުގެ ނުފޫޒާއެކު އެކުލަވާލެވުނު އެގްރީމެންޓެއް. މި އެގްރީމެންޓުގައި ދިވެހި ސަރުކާރުގެ ފަރާތުން، އަޅުގަނޑަކަށް ހިޔެއް ނުވޭ އޭރު ހުންނެވި ރައީސުލް ޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާނެ ހެނެއް. އެހެންނަމަވެސް މި އެގްރީމެންޓުގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވާ މިކަންކަން ކުރެއްވީ އޭރުގެ ޑިފެންސް މިނިސްޓަރ ނާޒިމް" ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ކަންކަމުގައި ބޭރުގެ ނުފޫޒް އޮތް މިންވަރު ހާމަކުރެއްވުމުގެ ގޮތުން ހާމަކުރެއްވި ކަމެއްކަމަށް އެވާހަކަ ފެއްޓެވި ނަމަވެސް ރައީސް ޔާމީން އެކަމުގެ ތަފްސީލެއް ނުދެއްވައެވެ. އަދި އެއެގްރީމެންޓުގައި ޤާނޫނު އަސާސީގައި ބުނާ ގޮތަށް ކަންކަން ކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު އެއެގްރީމެންޓް ނުރައްކާތެރި އެގްރީމެންޓަކަށްވީ ގޮތުގެ ތަފްސީލެއް ވެސް ރައީސް ޔާމީނެއް ނުދެއްވައެވެ.

ރައީސް ޔާމީން ވިދާޅުވީ އެ އެގްރީމެންޓް ކޮއްފައިވަނީ ބޭރު ބަޔެއްގެ ނުފޫޒުން ކަމަށާއި އެއީ ރާއްޖޭގެ އިސްތިޤްލާލް ނަގާލުމަށް ކުރެވުނު ކަމެއް ކަމަށެވެ.

"އެގާރަ ނޮވެމްބަރަކީ ޤާނޫނު އަސާސީގައި އެކަން ކުރުމަށް ބުނެފައި އޮތް ވަގުތު. އެކަމަކު އެކަމެއް އެދުވަހަކަށް ނުކުރެވިގެންނެއް އެބުނާ ސިޔާސީ ހުސްކަން އައިސްގެންނެއް ދިވެހިރާއްޖެ މުޅި ދުނިޔޭގެ ގެލެކްސީން ގެއްލިގެންދާވަރުގެ ހުސްކަމެއް ނާދޭ. ދައުލަތަކީ ދެމިގެންދާ ޝަޚުސެއް." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެއެގްރީމެންޓުގައި ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީން ސޮއި ނުކުރެއްވި ކަމަށާއި އެކަން ހުއްޓިގެން ދިޔައީ އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައިވާއިރު ނޯކޮންފިޑެންސްގެ މައްސަލައެއް ހުށަހެޅިފައިވާ މަޖިލީހުގެ ރައީސަކަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަން ހަވާލު ކުރެވެން ނޯންނާނެ ކަމަށް ވިދާޅުވުމުން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް