Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް އިންޑިއާއަށް ތައުރީފް ކުރެއްވުން

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

ރާއްޖޭގައި އިންޑިއާގެ މަޝްރޫއުތައް ހިންގުމާއި މެދު އެއްވެސް މައްސަލައެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު | 23 މާރިޗު 2024 | ހޮނިހިރު 11:39
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މިސަރުކާރުގެ ފޮރިން ޕޮލިސީ މިދިޔަ ސަރުކާރާއި އަޅާބަލާއިރު ވަރަށް ތަފާތެވެ. ހުރިހާ ގައުމަކާއި ގާތްގުޅުމެއް ބާއްވާނެ ކަމަށް ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވަމުން ގެންދެވި ނަމަވެސް ފެނިގެން ދިޔައީ އަވައްޓެރި އިންޑިއާ އާއި ދުރަށް ދިޔަ މަންޒަރެވެ. މިސަރުކާރުގެ އިސްބޭފުޅުން ފާޅުކަން ބޮޑު ގޮތެއްގައި އިންޑިޔާއަށް ހަޖޫ ވެސް ޖެހިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެން އެއާޕޯޓުގައި ހުންނަވައި ދެއްކެވި ވާހަކަފުޅުގައި އިންޑިއާއަށް ނުސީދާ ބަހުގެ ހަމަލާތަކެއް އަމާޒު ކުރެއްވިއެވެ. އިންޑިއާ ކަނޑަކީވެސް ވަކި ގައުމެއްގެ ކަނޑެއް ނޫންކަމަށް ވިދާޅުވެ އެ ދުވަހު ރައީސް މުއިއްޒު ވަނީ އިންޑިއާގެ ނަން ވިދާޅުނުވެ، ނުސީދާ ބަސްތަކެއް އަމާޒު ކުރެއްވިއެވެ. ވަރަށް ރުންކުރުކޮށް ވިދާޅުވީ ރާއްޖެއަކީ ވަކި ގައުމެއްގެ "ބެކްޔާޑު" ގައި އޮތް ގައުމެއް ނޫންކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދެއްކެވި ރައީސް މުއިއްޒުގެ ރާގު މިހާރު މިވަނީ ބަދަލުވެފައެވެ. ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް މިވަނީ ކޮށްފައެވެ. މިއަދު އިންޑިއާ ގޯހެއް ނުވިއެވެ. އެހެންނުވާންވީ ސަބަބެއް ވެސް ނެތެވެ. ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވާ ގޮތުގައި އެމަނިކުފާނަށް ތުރުކީއިން ލިބޭނެ ކަމަށް އުންމީދުކުރި ވަރަށް އެހީތަކެއް ނުލިބުނެވެ. ޕީޕީއެމް-ޕީއެންސީއަށް ސިޔާސީ ގޮތުން އައި ހަމަނުޖެހުމާއެކު އަރަބި ބައެއް ގައުމުތަކުން ލިބޭނެ ކަމަށް އުންމީދު ކުރި ބައެއް އެހީތައް ވެސް ލިބޭނެ ކޮޅެއް ނުފެންނަ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

ނަތީޖާއެއް ގޮތުން އަބަދުވެސް ރާއްޖެއަށް ހުރިހާ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިންޑިއާ އެކަހެރިކުރާނަމަ، ބޮޑަށް ނިކަމެތިވުން ނޫން ކަމެއް ނުވާނެކަން އެމަނިކުފާނު އަމިއްލަފުޅަށް ވެސް މިއަދު މިވަނީ ގަބޫލުޕުޅު ކުރައްވަން މަޖުބޫރުވެފައެވެ.

އިންޑިއާއަށް ވަރަށް ތައުރީފު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވެފައި މިވަނީ އެތައް އަހަރެއް ކުރިން ފެށިގެންވެސް އިންޑިއާއިން ރާއްޖެއަށް އެހީވަމުން އައިސްފައިވާ ކަމަށާއި، ރާއްޖޭގައި އިންޑިއާގެ މަޝްރޫއުތައް ހިންގުމާއި މެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެއްވެސް މަޝްރޫއެއްވެސް ހުއްޓާލައްވަން ބޭނުންފުޅުނުވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ބޭނުންފުޅުވަނީ މިހާރަށްވުރެވެސް ބާރަށް އިންޑިއާގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެގޮތުން އެންމެ ދުވަސްވީ އަދި އެންމެ ގިނަ މަޝްރޫއުތައް ރާއްޖޭގައި ހިންގާފައިވަނީވެސް އިންޑިއާއިންކަން ރައީސް މުއިއްޒު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ރާއްޖެއަށް ނުކަތާވަރަށް ލޯނު ނަގާފައިވާކަން ފާހަގަ ކުރައްވައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އިންޑިއާއާ މަޝްވަރާކޮށްގެން ލޯނުތައް ދައްކާލުމުގައި ލުއި ގޮތްތަކެއް ވާން ބޭނުންފުޅުވާކަމަށެވެ. އެއް ގައުމުން އަނެއް ގައުމަށްވާ އެހީއަކީ ބޭނުން ނެތް އެއްޗެއްކަމަށް ބުނެ އެއްލާލުމަކީ އެއީ ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާ-ރާއްޖޭގެ ގުޅުމަށް އިޝާރާތް ކުރައްވައި ވެސް ރައީސް މުއިއްޒު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ އަބަދުވެސް އެންމެ ގާތް އަވައްޓެރި ގައުމެއްގެ ގޮތުގައި އިންޑިއާ އޮންނާނެ ކަމަށާއި، އިންޑިއާއާއި ރާއްޖެއަކީ ސަގާފަތުގެ ގޮތުންވެސް ގާތް ދެ ގައުމު ކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް އެ ގުޅުން އޮންނާނެކަމަށް އުއްމީދު ކުރައްވާ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާއަށް ރައީސް މުއިއްޒު ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައިވާއިރު،ޗައިނާ އިން ވަޑައިގެންނެވުމަށްފަހު، އިންޑިއާއާ ދިމާލަށް ކުޑައިމިސް ބަސް ވިދާޅުވީ ވެސް، ރައީސް މުއިއްޒު އެވެ. އެހެން ނަމަވެސް، އަނެއްކާ މިއަދު ރައީސް މުއިއްޒުގެ ރާގު މި ބަދަލުވީ ކިހިނެއްވެތޯ އެވެ؟ މީގެ ކުރިން ކުރެއްވުނު ކަންތަކާއި، ވިދާޅުވެވުނު ބަސްތަކުގެ ސަބަބުން ޕްރެޝަރަށް ވެއްޓި، އެކަމުން އަރައި ގަތުމަށް ވިދާޅުވި ވިދާޅުވުމަކަށް ވެސް ވެދާނެ އެވެ! އެއީ މިއަދު ތަރައްގީގެ ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފައެވެ. ގަދަބަސް ވިދާޅުވުމަށްފަހު ފެށި މަޝްރޫއުތައް ވެސް ކުރިއަށް ނުދެއެވެ.

އިންޑިއާރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު