Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެމްބަރުން ވަކިކުރުން

މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނަށް ކަނޑައެއް ނޭޅޭނެ: ފުއާދު

މީގެ ކުރިންވެސް މަޖިލިސް މެމްބަރުންގެ ގޮނޑި ގެެއްލިފައިވާ ކަމަށް ކަނޑައެޅީ ސުޕްރީމް ކޯޓުން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 4 އޯގަސްޓު 2017 | ހުކުރު 21:36
އީސީގެ ކުރިގެ ކޮމިޝަނަރު ފުއާދު ތައުފީގު:- މިހާރުގެ އީސީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި

އީސީގެ ކުރިގެ ކޮމިޝަނަރު ފުއާދު ތައުފީގު:- މިހާރުގެ އީސީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނަށް ނުނިންމޭނެ ކަމަށް އެ ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ

ލަންކާގައި ހުންނަވައިގެން ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުގައި ފުއާދު ތައުފީގު ވިދާޅުވީ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުގެ ކުރިން އެ ގޮނޑިތައް ގެއްލުނު ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އެ ގޮނޑި ގެއްލުނު ކަމާމެދު ޝައްކު އުފައްދަމުންދާ ދަނޑިވަޅެއްގައި އިލެކްޝަންސް ކޮމިޝަނުން ވެސް އިސްވެ އެ ކޯޓުގެ ހުކުމުގެ ސަބަބުން ގޮނޑި ގެއްލޭނެތޯ ކަނޑައެޅުމަށް ކޯޓަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ކޮމިޝަނުގައި ތިބިއިރު ވާނެ ސުޕްރީމް ކޯޓުގައި ބައެއް ކަންކަން ސާފު ކޮށްދިނުމަށް އެދިފާ. އަދިވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނުބެލެވޭނެ،" ފުއާދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުގައި ވާދަކުރި ޕާޓީން އިންތިހާބު ވުމަށްފަހު، ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުންގެ ގޮނޑު ހުސްވާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާއި ގުޅިގެން ހަ ދާއިރާއެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވެ އެވެ. އެއީ މަޑުއްވަރީ ދާއިރާއާއި ތުލުސްދޫ ދާއިރާއާއި ދިއްދޫ ދާއިރާގެ އިތުރުން ވިލިނގިލީ ދާއިރާއާއި، ގެމަނަފުށީ ދާއިރާ އަދި މައްޗަންގޯޅި ދެކުނު ދާއިރާ އެވެ. އޭގެތެރެއން ހަތަރު ދާއިރާއެއްގެ ބައި އިލެކްޝަންސް ވަނީ އުއުލާންކޮށްފަ އެވެ.

ފުއާދު ވިދާޅުވި ގޮތުގައި އެ ފަދަ ބޮޑު ނިންމުމެއް ނިންމުމަށްފަހު އެ ނިންމުމާ ގުޅޭ ގޮތުން ހުރި ސުވާލުތަކަށް ނޫސްވެރިން މެދުވެރިކޮށް އިލެކްޝަންސް މައުލޫމާތު ނުދިނުމަކީވެސް އޭނާގެ ކަންބޮޑުވާކަމެއް ކަމަށެވެ. ބަޔާނެއް ނެރިލާ ގޮނޑި ހުސްވެއްޖެ ކަމަށް ނިންމާއިރު އެ ބޭފުޅުންގެ ނިންމުންތަކާމެދު އުފެދިފައިވާ ކަންބޮޑުވުންތަކަށް ކޮމިޝަނަރު ޖަވާބު ދެއްވަން ޖެހޭނެ ކަމަށްވެސް ފުއާދު ވިދާޅުވި އެވެ.

" އަޅުގަނޑުމެން ބައި އިލެކްޝަނެއް އިއުލާން ކުރުމަށްފަހު އޭގެ ތައްޔާރީތަކާއި ބެހޭ މައުލޫމާތުތައްވެސް ދިޔައީ ރައްޔިތުންނާ ގާތުން ގެނެސްދެމުން. އެކަން މިއަދު ނުފެނޭ." ފުއާދު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި މީގެ ކުރިންވެސް ގެއްލުނު ކަމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުން ކަމަށްވާއރު އެ ހުކުމަށް ބެލިޔަސް ގޮނޑިއެއް ގެއްލުނު ކަމަށް ކޮމިޝަނަށް އަމިއްލައަށް ނިންމާ ނުލެވޭނެކަން ފުއާދު ފާހަގަ ކުރެއްވި އެވެ. އަދި ގާނޫނުންވެސް އެ ފުރުސަތު ކޮމިޝަނަށް ދީފައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަމިއްލަ ގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓެއްގެ ގޮނޑިވެސް ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު އެ ކޮމިޝަނުން ނިންމާފައިވާ ނިންމުމުގެ މައްސަލަ ސުޕްރީމް ކޯޓުން އިސްވެ ބައްލަވަން ޖެހޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުން ތިން ފަނޑިޔާރުން ތިއްބަވައިގެން ނަމަވެސް މިހާރު ހުށަހަޅާފައިވާ ގޮނޑިހުސްވެފައިވާ މައްސަލަތައް ނިންމާދޭން ޖެހޭ ކަމަށް ފުއާދު ވިދާޅުވި އެވެ.

އޭގެއިތުރުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިނުވާ މެމްބަރުންނަށް ފުލުހުންގެ ބެލުމުގެ ދަށުގައި ތިއްބަސް އަދި ކަރެކްޝަނުގެ ބެލުމުގެ ދަށުގައި ތިއްބަސް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައްޔިތުން އިންތިހާބު ކޮށްފައިވާ މެމްބަރުންގެ މަސައްކަތައް އެއްވެސް ފަރާތަކުން ހުރަސް އެޅުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫންކަންވެސް ފުއާދު ފާޙަގަ ކުރެއްވި އެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން

11 ފެބުރުއަރީ 2017
ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
06 ފެބުރުއަރީ 2017

އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން

06 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު