Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގައުމީ ސަލާމަތު ނިޒާމު

ޑްރޯން އާއެކު ގައުމީ ސަލާމަތުގެ ނިޒާމު ހަރުދަނާކުރަންޖެހޭ: ހަމީދު

އެންމެ ބޮޑު އެއް ހުރަހަކީ ގައުމީ ސަލާމަތާއި ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އަމަލީ ގޮތުން ގުޅިގެން މަސައްކަތް ކުރުމުގެ ނިޒާމުތައް ނެތުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 16 މާރިޗު 2024 | ހޮނިހިރު 13:37
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު

ގައުމީ ސަލާމަތް ރައްކާތެރިކޮށް އިތުރުކުރުމުގެ ގާބިލްކަމެއްގެ ގޮތުގައި އަންމޭންޑް އެރިއަލް ވެހިކަލްސް (ޔޫއޭވީ) އިތުރުކުކުރުމާއެކު އެކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މަރުޚަބާ ވިދާޅުވެއްޖެއެވެ.

ކަނޑާއި ވައިގެ ސަރަހައްދު ބަލަހައްޓަން އެމްއެންޑީއެފްއަށް ގެނައި ޔޫއޭވީތައް ހުކުރު ދުވަހުގެ ރޭ ވަނީ ދައްކާލާފައެވެ. މިއާއެކު އެމްއެންޑީއެފްގެ އެއާ ކޯ ގެ ނަމުގައި ދިވެހި ސިފައިންގެ ވައިގެ ޚިދުމަތް ވަނީ ތަޢާރަފްކޮށްފައެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ކުރީގެ ސީޕީ"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމަށް ގެނައި ޔޫއޭވީތަކާއެކު ގައުމީ ސަލާމަތަށް ލިބުނު ރައްކާތެރި ކަމަށްޓަކައި އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި ހިންގޭ ޖޮއިންޓު އޮޕަރޭޝަންތަކުގައި މައުލޫމާތު ބަދަލު ކުރެވޭއިރު، އޮތް އެންމެ ބޮޑު އެއް ހުރަހަކީ ގައުމީ ސަލާމަތާއި ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އަމަލީ ގޮތުން ގުޅިގެން މަސައްކަތް ކުރުމުގެ ނިޒާމުތައް ނެތުންކަމަށެވެ. އަދި އެކަމަށް ރަނގަޅު ނިޒާމެއް ގާއިމު ކުރަން ޖެހޭ ކަމަށް ހަމީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ޔޫއޭވީގެ ގާބިލުކަން ފުރިހަމައަށް ހިފަން ޖެހޭކަން ފާހަގަކުރައްވާ ހަމީދު ވިދާޅުވީ، ގުޅިގެން މަސައްކަތްކޮށް ގައުމީ ސަލާމަތް އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށެވެ.

މިޚިދުމަތާ ގުޅޭގޮތުން އެމްއެންޑީއެފްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ޚިދުމަތް ގާއިމުކުރެވުމުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ހިނގާ ހާދިސާތަކުގައި ދިވެހި ދައުލަތުން އަދާކުރުމަށް ލާޒިމުކުރާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް މިހާރަށްވުރެން ފުރިހަމައަށް އަދާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ އެހެން ގައުމުތަކާ ގުޅިގެން ދިވެހިރާއްޖެއަށް މިހާރަށްވުރެން މާނަވީ ދައުރެއް އަދާކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މުހައްމަދު ހަމީދު/ ޓްވިޓަރމޯލްޑިވްސް ޕޮލިސް ސަރވިސްއެމްއެންޑީއެފް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު