Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވަތަނިއްޔަތު

ވަތަނިއްޔަތުތަ؟ ނޫނީ "ހޭޓް ސްޕީޗްތަ"؟

14 މާރިޗު 2024 | ބުރާސްފަތި 07:00

ޤައުމަށް ޣައްދާރުވާކަމަށް ބުނެ ދައްކާ ވާހަކަތަކުން، ނުރުހުމާއި ހަމަނުޖެހުމަށް މަގުފަހިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 މާރިޗު 2024 | ބުރާސްފަތި 07:00
ރައީސް

ރައީސް

ފުރަތަމަ ދުވަހުން ފެށިގެން މަނިކުފާނު ކުރައްސަަވާ ތަސްވީރަކީ ގައުމިއްޔަތުގެ ތަސްވީރެވެ. ޤައުމު ދެކެ ލޯބިވާ ވާހަކަ އާއި ޤައުމަށް ޢައްދާރު ނުވާނެ ވާހަކައެވެ. މި ނޫނަސް ޖަޒުބާތުގަ ޖެހޭ ކަހަލަ ޤައުމީ ވާހަކަ އެއް ވެއްޖެއްޔާ އެ ވާހަކަ އެއް ދައްކަވައެވެ. ޤައުމު ދެކެ ބަޔަކު ލޯބި ނުވާ ވާހަކަ އާއި ތިމަން މަނިކުފާނު އެދިވަޑައިގަންނަވާހާ ގޮތަކަށް ޢަމަލު ނުކުރައްވާ ބޭފުޅަކީ އެއީ ޤައުމަށް ޣައްދާރުވާ ބޭފުޅެއް ކަމަށް ސިފަކުރައްވާ ފަހަރުވެސް މަދެެއް ނޫނެވެ. މިހެން މި ރާގަށް މަނިކުފާނު ދައްކަވާ ވާހަކަތައް އަޑު އަހާލީމަ ބައެއް ފަހަރު ހިތަށް އަރައެވެ. އެއީ ހަމަ ހަގީގަތުގައި ވެސް ވަތަނީ ވެގެން ދައްކާ ވާހަކައެއް ވާބައެވެ. ނޫނީ ގައުމުގެ ވާހަކައިގެ ނިވާފަތްގަނޑުގައި ހޭޓް ސްޕީޗް ނުވަތަ ނަފްރަތު އުފެދޭ ގޮތަށް ވާހަކަދައްކަވަނީ ނޫން ބާވައެވެ؟

ހޭޓް ސްޕީޗަކީ ދަށްކޮށްލުމާއި، ނަފްރަތު އުފެއްދުމާއި ވަކި ގްރޫޕެއް ހަސަބެއް ނަސަބެއް ނުވަތަ ވަކި ބަޔަކަށް ޚާއްސަކޮށްގެން ނަފްރަތު އުފެދޭ ގޮތަށް ދައްކަވާ ވާހަކަތަކެވެ. އެހެންކަމަށް ވާއިރު ރާއްޖެ އަކީ ކުލަޔަކުން ދީނަކުން ނުވަތަ ނަސްލީ ގޮތަކުން ތަފާތެއް ހުރި ބަޔަކު ތިބި ތަނެއް ނޫނެވެ. އެހެންކަމުން އެ މޭރުމުން ވާހަކަދެއްކުމުގެ ފުރުސަތެއް ނެތެވެ. އެހެންނަމަވެސް ރައީސް ޤައުމިއްޔަތުގެ ނަމުގައި ދައްކާ ބައެއް ވާހަކަތަކުން ރާއްޖޭގެ ރައްޔިތުންގެ ހިތުގައި ވަކި ޤައުމަކަށް ނިސްބަތްކޮށް ނަފްރަތާއި ނުރުހުން ވެރި ވުމުގެ ފުރުސަތު އެބަ އޮތެވެ. ވަކި ޤައުމަކަށް ނިސްބަތްކޮށް ކުޑައިމީސްކުރުމާއި، ހަނގާކުރުމުގެ އަމަލުތައް ފާޅުގައި ސަރުކާރުގެ އޮފިޝަލުން ހިންގާ އިރު އެކަމާއި މެދު "އުފް"ވެސް ވިދާޅެއް ނުވެއެވެ. ނުވިތާކަށް އެފަދަ ކަންކަމަށް ދެއްވަނީ ހިތްވަރެވެ.

ތެދެކެވެ. އަމިއްލަ ޤައުމާއި އަމިއްލަ ވަތަނުގެ ހިމާޔަތުގައި ކޮންމެ މީހަކުމެ ނުކުންނަން ވާނެއެވެ. ކޮންމެ މީހަކުވެސް ބަލަން ވާނީ އަމިއްލަ ޤައުމަށްޓަކާ ތިމާ އަށް ކޮށްދެވުނު ކަމެއް ކޮށްދެވޭތޯއެވެ. މި ބާވަތުގެ ވާހަކަތަކަކީ ކޮންމެ ދިވެއްސެއްގެ ވެސް ލެޔާއި ޖޯޝާއި ގުޅިފައި ހުރި ޖަޒުބާތީ ވާހަކަތަކެވެ. އެހެންކަމުން ގައުމިއްޔަތުގެ ނަމުގައި އަވަށްޓެރިންނާއި ސަރަހައްދީ ބައިވެރިންނާއި ޖެހޭ ގޮތަށް ވާހަކަދެއްކުމަކީ އެއީ ދޭދޭ ގުޅުމަށް ހިޔަނި އެޅޭނެ ކަމެއްކަން ޔަގީނެވެ. އެކަމުގެ ސަބަބުން ވަކި ބަޔަކަށް އަމާޒުކޮށް ނަފްރަތާއި ރުޅިވެރިކަން އުފެދެން މަގުފަހިވެއެވެ. ދޭސީންނާއި ބިދޭސީން މަސްހުނިވެފައިވާ އާބާދީ އެއް ދިރިއުޅޭ މި ޤައުމުގައި މިފަދަ ނަފްރަތުގެ އަލިފާންގަނޑެއް ރޯވެއްޖެ ނަމަ އޭގައި ޖެހި އަނދާނެ ދިވެހިންވެސް މަދެއް ނުވާނެއެވެ.

ހަމައެހެންމެ ވަކި ޕާޓީއަކަށް ނިސްބަތްވާ މީހުންނަކީ ލާދީނީ ބައެއް ކަމަށް ނުވަތަ ޤައުމަށް ޣައްދާރުން ކަމަށް ދޭހަވާ ގޮތަށް މަނިކުފާނު ދައްކަވާ ވާހަކަ އަކީ ވެސް ހަމަ އެފަދަ ވާހަކައެކެވެ. އެފަދަ ވާހަކަތައް ސަރުކާރުގެ އިސް ވެރިން ދެއްކުމުގެ ނަތީޖާ އަކީ ޤައުމީ ބަހުސްއަކަށްދާ ކެނޑިޑޭޓް ގަޔަށް ކަޅުތެޔޮޖެހުމެވެ. ވަކި ޕާޓީ އެއްގެ މީހަކަށް ވީތީ މަގުމަތިން ސައިކަލުގައި ދަނިކޮށް ދިމާކޮށްލުމެވެ. ހަރުގެ ތަކުގައި ރޯކޮށްލުމެވެ. މިފަދަ ކިތަންމެ ކިތަންމެ ހަމަނުޖެހުމެއް އުފެދެނީ ޖަޒުބާތުގައި ވިސްނައިނުލާ ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކުގެ ސަބަބުންނެވެ. އެހެންވީމަ ވާހަކަތައް ދައްކަވާ އިރު މިއަށް ވުރެ ޒިންމާދާރުވާން ޖެހެއެވެ.

ޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
03 ޑިސެމްބަރު 2025

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު

03 ޑިސެމްބަރު 2025
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް