Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސްގެ ބޯޑު

"ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް ބޯޑަށް އުޖޫރައެއް ނުލިބޭނެ، ބެޖެއް ލިބޭނެ"

ޔޫތު އެޑްވައިޒަރީ ބޯޑުގައި 15 މެންބަރުން ތިއްބަވާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 މާރިޗު 2024 | އަންގާރަ 08:54
ޔޫތު މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޔޫތު މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް ބޯޑަށް އުޖޫރަ އެއް ނުލިބޭނެ ކަމަށާއި ބެޖެއް ލިބޭނެ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢާރަފު ކުރައްވާފައިވާ "ޕްރެޒިޑެންޝަން ޔޫތު އެޑްވައިޒަރސް" ބޯޑުގެ މެންބަރަކަށްވުމުގެ ފުރުސަތު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ހުޅުވާލާފައެވެ. އެ ބޯޑުގެ ބޭނުމަކީ ޤައުމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، މަޝްވަރާއާއި ނިންމުންތައް ނިންމާއިރު ޒުވާނުން ދެކޭގޮތް ހާމަކުރުމުގެ ފުރުސަތު ދިނުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެ ފަދަ ބޯޑެއް ވުޖޫދަށް ގެންނަކަން ސަރުކާރުން އިއުލާން ކުރި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި ބޯޑު އެކުލަވާލަން މިހާރު ފޮނުވާފައިވާ ކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު ޔޫތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިބްރާހީމް ވަހީދު ވަނީ އެ ބޯޑާއި ގުޅޭ އިތުރު ތަފްސީލުތައް ހިއްސާކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ޔޫތު އެޑްވައިޒަރީ ބޯޑުގައި 15 މެންބަރުން ތިއްބަވާނެ ކަމަށެވެ. އެގޮތުން އެ ބޯޑުގައި ރައީސް އައްޔަންކުރައްވާ ދެ ބޭފުޅުން ތިއްބަވާނެ ކަމަށާއި ޔޫތު މިނިސްޓްރީން 4 ބޭފުޅުން، ޖަމިއްޔާތަކުން 1 ބޭފުޅެއް ވެސް ބޯޑަށް އައްޔަނުކުރައްވާނެ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސިޔާސީ ދާއިރާ އަށް ޒުވާނުން ނެރުމަށްޓަކައި އެ ދާއިރާ އިން އެއް ބޭފުޅެއް ބޯޑަށް އައްޔަންކުރައްވާނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ޒުވާނުން އިގްތިސާދުގައި ހަރަކާތްތެރިވުން އިތުރުވުމަށް 1 ބޭފުޅަކު، އަދި ސްޕޯޓްސް މިނިސްޓްރީގެ ލަފަޔާ އެކު އަންހެން އެތުލީޓަކާއި، ފިރިހެން އެތުލީޓެއް އައްޔަންކުރުމުގެ އިތުރުން ގައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ކައުންސިލްގެ ރައީސާއި އިސްލާމިކް ޔުނިވަރސިޓީގެ ސްޓޫޑެންޓް ކައުންސިލްގެ ރައީސް އަދި އަމިއްލަ ކޮލެޖެއްގެ ރައީސް އެ ބޯޑަށް އައްޔަންކުރައްވާނެ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ބޯޑުގައި ތިބުމަކީ ވަރަށް ބޮޑަށް ޝަރަފެއްގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ. އަދި އެ ބޯޑުގެ މެންބަރުންނަށް އެލަވެންސް އެއް ނުލިބުނު ނަމަވެސް ޕްރެޒިޑެންޝަލް ކައުންސިލްގައި ބައިވެރިވާ ފަރާތްތަކަށް ބެޖެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބޯޑުގައި ހިމެނޭ ނަމަ ދައުލަތުގެ ހަފްލާތަކަށް ދައުވަތު ލިބުމާއި، ބޭރު ޤައުމުތަކުގައި ރާއްޖެ ތަމްސީލްކުރުމަށް ފުރުސަތު ހޯދައިދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ބޯޑުގެ 1 ބައްދަލުވުން ރައީސް ޗެއަރކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2018

އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑަށް އިހްސާނާއި ޖަނާހް

07 ޖެނުއަރީ 2018
އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑަށް އިހްސާނާއި ޖަނާހް
14 ޑިސެމްބަރު 2017

އޭސީޕީ ޖަމްޝީދުގެ މަގާމު ދެ ދަރަޖަ ދަށްކޮށް، މަގާމަށް ގެނައި ބަދަލު ފުލުހުންގެ ނޯޓިސް ބޯޑަށް އަރުވައިފި

14 ޑިސެމްބަރު 2017
އޭސީޕީ ޖަމްޝީދުގެ މަގާމު ދެ ދަރަޖަ ދަށްކޮށް، މަގާމަށް ގެނައި ބަދަލު ފުލުހުންގެ ނޯޓިސް ބޯޑަށް އަރުވައިފި
01 އޮކްޓޯބަރު 2017

ސައުތު އޭޝިޔަން ޔޫތު ސަމިޓް ވަފުދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވައިފި

01 އޮކްޓޯބަރު 2017
ސައުތު އޭޝިޔަން ޔޫތު ސަމިޓް ވަފުދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވައިފި
10 އޯގަސްޓު 2017

ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ގޭގައި މަޑުކުރަން އަންގައިފި

10 އޯގަސްޓު 2017
ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ގޭގައި މަޑުކުރަން އަންގައިފި
20 ޖޫން 2017

މަޖިލީހުން ރުހުން ދިން ތިން ބޭފުޅުން އެލްޖީއޭގެ ބޯޑަށް އައްޔަން ކުރައްވައިފި

20 ޖޫން 2017
މަޖިލީހުން ރުހުން ދިން ތިން ބޭފުޅުން އެލްޖީއޭގެ ބޯޑަށް އައްޔަން ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު