Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
މީހުން
ޝާޔާ ޒާހިރު

ގުރުއާން މުބާރާތުން ހޯދި ފުރިހަމަ ނަތީޖާ އާއި އެކު މަންމަގެ ލޭފަވެތި ހުވަފެނުގައި ކުލަ ޖައްސާދިން ޝާޔާގެ ވާހަކަ

މުބާރާތުން ދެވަނަ ލިބުމުން ޝާޔާއަށް 150000 (އެއްލައްކަ ފަންސާސް ހާސް) މިޞްރު ޕައުންޑް އިނާމެއްގެ ގޮތުގައިވަނީ ލިބިފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2023 | ހޮނިހިރު 01:03
ޝާޔާ ޒާހިރު

ޝާޔާ ޒާހިރު

މިއީ އުމުރުން 14 އަހަރުގެ ފާތިމަތު ޝާޔާ ޒާހިރުގެ ހުނަރުވެރިކަމުގެ ވާހަކައެވެ. ޝާޔާގެ ނަމޫނާ ދަތުރުގެ ވާހަކަ ފަށާހިތްވަނީ އޭނާގެ ހުނަރުވެރިކަމުގެ ހުޅުކޮޅުގެ ފެށުމާއި ހަމައިންނެވެ. އޭނާގެ އެންމެ ޅަފަތުގެ ހަނދާންތަކާއި ހިސާބުންނެވެ. މާލެ އަށް އުފަން ޝާޔާ އަކީ އޭނާގެ ދައްތަމެންނަށް ގުރުއާން ދަސްކޮށްދިނުމަށްޓަކާ ފިލާލިޔެދޭ އިރު އަބަދުވެސް އޭނާގެ މަންމަ، ސޮފިއްޔާގެ ކައިރީގައި އިންނަން ބޭނުންވާ ކުއްޖެކެވެ. އޭނާގެ ބޮޑަށް ތިބި ދެ އަންހެން ކުދިންނަށް ގުރުއާން ކިޔަވާދިނުމަށް މަންމަ ހޭދަކުރާ ވަގުތުކޮޅަކީ ޝާޔާ އަށް ވެސް މުހިންމު ވަގުތުކޮޅެކެވެ. އޭރު ޝާޔާގެ އުމުރަކީ އެންމެ 3 އަހަރެވެ. ޝާޔާ އަށް އަމިއްލަ އަށް ޤުރުއާން ކިޔަވަން އެނގުނު ހިސާބުން އޭނާގެ މަންމަ އަށް ފާހަގަވީ ކަމަކީ ގުރުއާން ކިޔެވުމަށް ޝާޔާގެ ހިތުގައި އޮތް ޚާއްސަ ޝައުގުވެރި ކަމެވެ. ގުރުއާން ދަސްކުރުމަށް ކުޑަ ކުޑަ ޝާޔާ ހުންނަ މައުސޫމް ފޯރިއެވެ. ފިލާ ދޮވުމުގެ ކުރިން ސޫރަތްތައް ދަސްކުރުމަކީ ޝާޔާ އަށް ލިބުނު އުފަލެކެވެ. ކުދި ސޫރަތްތަކުން ފެށިގެން ބޮޑެތި ސޫރަތްތަކާއި ހަމައަށް ލިޔެގެން އަޖުމަ ބަލާލުމުން ގުރުއާން ދަސްކުރުމުގެ ލަޔާގަތު ޝާޔާގެ ކިބައިގައި ހުރިކަން އޭނާގެ މަންމައަށް ގަބޫލުކުރެވުނެވެ.

ތިން ކުދިން ތިބި އާއިލާ އަކަށް ނިސްބަތްވާ ޝާޔާގެ ހިތުގައި ކީރިތި ޤުރުއާނަށް އޮތް ޝައުގުވެރިކަން ދެނެގަންނާކަށް އޭނާގެ މަންމަ އަށް މާގިނަ ވަގުތެއް ނުނަގައެވެ. ކުޑަ ދަރިފުޅު ތޫނުފިލިކަމާއި އެކު ޤުރުއާން ދަސްކުރަމުން ދިޔަ މަންޒަރު ފެނުން ވެގެންދިޔައީ އެ މަންމަ އަށް ލިބުނު އުންމީދަކަށެވެ. ﷲގެ ރަހުމަތްފުޅާއި އެކު ޝާޔާ އަކީ ޤުރުއާނަށް ލޯބިކުރާ ޤުރުއާން ދަސްކުރުމަށް ސަމާލުކަން ދޭ ކުއްޖެއްކަން ވަރަށް ކުޑަ އިރު އޭނާގެ މަންމަ އަށް ފާހަގަވެއްޖެއެވެ.

ހާފިޒްކަމާއި ހަމައަށް ޝާޔާ ކުރި ދަތުރުގެ ބިންގަލަކީ އޭނާގެ ލޮބުވެތި މަންމައެވެ. ޤުރުއާން ދަސްކުރުމަށް ފުރަތަމަ ފިޔަވަޅު އަޅާ ދިނުމަށް އެ މަންމަ އަދާ ކުރީ ނަމޫނާ ދައުރެކެވެ. ލޯބިވާ ދަރިފުޅުގެ ހިތުގައި ޤުރުއާނަށް އޮތް ޝައުގުވެރިކަން އެގޮތުގައި ޤާއިމްވެފައި ބޭއްވުމަށްޓަކާ ކުޑަ އިރު ފިލާ ލިޔެދީގެންނާއި އެހެނިހެން ގޮތްގޮތުން، ޤުރުއާން ފަރިތަކޮށް ކިޔަވަން އޭނާ އަށް ދަސްކޮށްދިނުމަށް އެހީވެދިނެވެ.

ޤުރުއާނާއި ބެހޭ މަރުކަޒަށް ގޮސްގެން ޤުރުއާން ހިތުދަސްކުރުމަށްޓަކާ ޝާޔާ އާއި އޭނާގެ މައިންބަފައިންނަށް ކޮންމެވެސް ވަރެއްގެ އިންތިޒާރެއް ކުރަން ޖެހުނެވެ. ސަބަބަކީ އޭރު ޝާޔާ އަށް އުމުރުން 7 އަހަރު ނުފުރުމެވެ. 7 އަހަރު ފުރުމާއި ހަމައަށް އޭނާގެ މުދައްރިބަކީ އޭނާގެ މަންމައެވެ. އެއަށް ފަހު ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެ ޝާޔާ ކުރި ބުރަ އަދި މިންނެތް މަސައްކަތުން  އުމުރުން 9 އަހަރުގައި އޭނާ ވަނީ މުޅި ޤުރްއާން ހިތު ދަސްކޮށްފައެވެ. ގުރުއާން މުރާޖަޢާ ކުރުމުގެ މަސައްކަތް ކޮށް، އިމްތިޙާނު ކޮމިޓީއަށް ކިޔާދީ ނިންމާލި އިރު ޝާޔާގެ އުމުރަކީ 10 އަހަރެވެ.  

އޭގެ ފަސް އަހަރު ފަހުން މިއަދު ޝާޔާ އަކީ މުޅި ޤައުމުގެ ފަޚުރެކެވެ.މިސްރުގައި ބޭއްވި 29 ވަނަ "އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން" މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން ފަޚްރުވެރި 2 ވަނަ ހާސިލްކޮށްފައިވާ ޝާޔާ ވަނީ މުޅި ރާއްޖެ އުފާ ކުރާ ފަދަ ދަރަޖައެއް ހޯދާފައެވެ.

ޤުރުއާނާއި ބެހޭ މަރުކަޒުން މިސްރުގައި އޮތް މުބަރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ޝާޔާގެ އިތުރުން އެހެން ބައެއް ދަރިވަރުން ވެސް ވަނީ އެކަމަށް އެދި ކުރިމަތިލާފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވާލި އެ ފުރުސަތުގެ ދަށުން "ރާއްޖެ" ތަމްސީލްކުރާ ދަރިވަރެއްގެ ގޮތުގައި ޝާޔާ ހަމަޖެހުނީ އެކަމަށްޓަކާ ބޭއްވި ޚާއްސަ އޮޑިޝަން އަކަށް ފަހުގައެވެ. ތުއްތު ޝާޔަގެ ވާހަކަތަކުން އެނގުނު ގޮތުގައި ޝާޔާ އެ މުބާރާތަށް ތައްޔާރުވީ އުންމީދާއި އެކުގައެވެ. އެކަމުގެ ހެއްކަކީ ސްކޫލާއި ގޭގައި ވެސް އެ މުބާރާތަށް ފަރިތަކުރުމަށް ވަރުބަލިކަމެއް ނެތި އޭނާ ކުރި މަސައްކަތެވެ. ކަންދިމާކުރި ގޮތުން މި މުބާރާތުން އޭނާ އަށް ޖާގަ ލިބުނުކަން އެނގުނު އިރު އޭނާ އައީ ޤައުމީ ޤުރުއާން މުބާރާތަށް ވެސް ތައްޔާރުވަމުންނެވެ. އިސްކަންދަރު ސްކޫލްގައި ތައުލީމް ހާސިލްކުރަމުންދާ ޝާޔާގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގައި އޭނާގެ ސްކޫލްގެ ފަރާތުން ލިބުނު ފުރިހަމަ މަދަދުވެރިކަން އޭނާގެ މަންމަ ފާހަގަކުރެއެވެ.

"އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން" މުބާރާތުގައި ޝާޔާ ބައިވެރިވެފައިވަނީ ޢަރަބިން ވާހަކަ ނުދައްކާ ޤައުމުތަކުގެ ތެރެއިން، މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ބައިންނެވެ. އެކި ޤައުމުތަކުގެ 47 ދަރިވަރުންނާ ވާދަކޮށްގެން ރާއްޖެ އަށް ރީތި ނަން ހޯދައިދެވުމަކީ ޝާޔާ ބުނާ ގޮތުން އެނާ އަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އެހެންނަމަވެސް ޝާޔާ އަށް އަދި މިއީ ފެށުމެކެވެ. މިހާރު ފަލާހު ޤުރުއާން މުބާރާތަށް ތައްޔާރުވަމުންދާ ޝާޔާގެ އުންމީދަކީ އޭނާ އަށް ބައިނަލްއަޤުވާމީ މުބާރާތަކުން ރާއްޖެ އަށް 1 ވަނަ ހާސިލްކޮށްދެވޭނެ ދުވަހެއް ފެނުމެވެ.

މީގެ އިތުރުން ޝާޔާގެ ތައުލީމީ ހަޔާތަށް ބަލާއިރު އޭނާ އަކީ ސައިންސް އަށް ވަރަށް ޝައުގުވެރިކަން ހުންނަ ދަރިވަރެކެވެ. އޭނާގެ އުންމީދަކީ ބޮޑުވެގެން މެޑިކަލް ޑޮކްޓަރަކަށްވުމެވެ. ހުސްވަގުތު ކުރެހުމަށް ހުސްކުރަން ލޯބިކުރާ ޝާޔާގެ ޝައުގުވެރިކަން އެ ދާއިރާ އަށް ވެސް އެބަހުއްޓެވެ.

ޝާޔާގެ ބައްޕަ މޫސާ ޒާހިރު ވެސް އެދެނީ ޝާޔާ އަށް މިހާރެކޭ އެއްފަދައިން އިތުރު ކާމިޔާބު ލިބުމެވެ. އަދި ޝާޔާގެ ހުވަފެން ކާމިޔާބުވެ އިތުރު ވަނަތައް ލިބުމުގެ ތައުފީގް ޝާޔާ އަށް މިންވަރުކުރެއްވުމެވެ. ޝާޔާ އަކީ އޭނާގެ މައިންބަފައިންގެ އިތުރުން މުޅި ޤައުމު އެ ދަރިއަކާއި މެދު ފަޚުރުވެރިވާ ފަދަ ނަމޫނާ ދަރިވަރެކެވެ. މާތްﷲ ޝާޔާގެ ހުވަފެންތައް ފުރިހަމަކުރުމުގެ ތައުފީގް މިންވަރުކުރައްވާށިއެވެ. އާމީން!

ކޮމެންޓް

އިތުރަށް ކިޔާލަން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

30 އެޕްރީލު 2024
އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

07 މެއި 2023

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު