Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާއާ ހަވާލުވާން ފްލިކް ޝައުޤުވެރިވޭ

ސްޕެއިންގެ މީޑިއާ ތަކުގަައި ބުނެފައިވާ ގޮތުން، މިވަގުތު އެއްވެސް ވަޒީފާއެއް ނެތި ހުރި ފްލިކްގެ ޝައުޤުވެރިކަން ބާސެލޯނާ އަށް އެބަ އޮތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ފެބުރުއަރީ 2024 | ބުރާސްފަތި 01:46
ބަޔާން މިއުނިކް އަދި ޖަރުމަނު ޤައުމީ ޓީމުގެ ކުރީގެ ކޯޗު ހަންސީ ފްލިކް

ބަޔާން މިއުނިކް އަދި ޖަރުމަނު ޤައުމީ ޓީމުގެ ކުރީގެ ކޯޗު ހަންސީ ފްލިކް

ސްޕެއިންގެ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވާން، ޖަރުމަނުގެ ހަންސީ ފްލިކް ޝައުޤުވެރިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ބާސެލޯނާގެ ކޯޗުކަމުގައި މިހާރު ހުރި އެ ޓީމުގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ވަނީ، މި ސީޒަނަށް ފަހު އެ ކުލަބު ދޫކޮށްލަން ނިންމައިފަ އެވެ. އެއާއެކު ބާސެލޯނާ އިން އަންނަނީ އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ބާސެލޯނާ އިން ގެންނަން ބޭނުންވާ ކޯޗުންގެ ލިސްޓުގައި އުމުރުން 53 އަހަރުގެ ފްލިކް ހިމެނޭ ކަމަށް މީގެ ކުރިން ސްޕެއިންގެ މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް، އެކަމާ ގުޅިގެން ބާސެލޯނާ އިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ސްޕެއިންގެ މީޑިއާ ތަކުގަައި ބުނެފައިވާ ގޮތުން، މިވަގުތު އެއްވެސް ވަޒީފާއެއް ނެތި ހުރި ފްލިކްގެ ޝައުޤުވެރިކަން ބާސެލޯނާ އަށް އެބަ އޮތެވެ. އަދި ޒަވީގެ ބަދަލުގައި ބާސެލޯނާ އިން އެހެން ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ފްލިކް ހުރީ އެކަމަށް ތައްޔާރަށް ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ. އެކަމާ ގުޅޭ ގޮތުން ބާސެލޯނާ އާއެކު އިތުރު މަޝްވަރާތައް ކުރިއަށް ގެންދަން އޭނާ ބޭނުންވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ފްލިކް އެންމެ ފަހުން ހުރީ ޖަރުމަނު ޤައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުގަ އެވެ. އެ މަގާމަށް އޭނާ ހަމަޖެއްސީ 2021 ވަނަ އަހަރު އެވެ. ނަމަވެސް، 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގައި ޖަރުމަނަށް ނަތީޖާ ނުނެރެވި، އޭގެ ފަހުން ވެސް ޖަރުމަނުގެ ނަތީޖާތައް ދަށްވުމުން 2023 ވަނަ އަހަރު ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ފަހުން ފްލިކް ހުރީ އެއްވެސް ވަޒީފާއެއް ނެތި އެވެ.

މީގެ ކުރިން ޖަރުމަނުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި ފްލިކް ވަނީ، ޖަރުމަނުގެ ގަދަ ބާރު ބަޔާން މިއުނިކަށް ވެސް އިރުޝާދު ދީފަ އެވެ. އެންމެ ފުރަަތަމަ 2019 ވަނަ އަހަރު އޭނާ ހަވާލުވީ އެ ކުލަބުގެ އެސިސްޓެންޓު ކޯޗުގެ މަގާމާ އެވެ. އޭގެ ފަހުން، ހަމަ އެ އަހަރު އޭނާ ވަނީ ކޯޗުގެ މަގާމަށް ވެސް ހަމަޖައްސައިފަ އެވެ. ފްލިކްގެ އިރުޝާދުގެ ދަށުން ބަޔާނުން ވަނީ ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ކުލަބު ވަނީ ޖަރުމަނު ލީގު، ޖަރުމަނު ކަޕް، ޖަރުމަނު ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

23 އޯގަސްޓު 2020

ޕީއެސްޖީ ވެގެން ގޭމް ޕްލޭން ބަދަލެއް ނުކުރާނަން: ފްލިކް

23 އޯގަސްޓު 2020
ޕީއެސްޖީ ވެގެން ގޭމް ޕްލޭން ބަދަލެއް ނުކުރާނަން: ފްލިކް
04 އެޕްރީލު 2020

ބަޔާންގެ ކޯޗު ހަންސީ ފްލިކްގެ އެއްބަސްވުން އާކޮށްފި

04 އެޕްރީލު 2020
ބަޔާންގެ ކޯޗު ހަންސީ ފްލިކްގެ އެއްބަސްވުން އާކޮށްފި
29 މާރިޗު 2020

ބާސެލޯނާގެ ކޯޗުކަމާއި ހަވާލުވާން ތައްޔާރު: ޒަވީ

29 މާރިޗު 2020
ބާސެލޯނާގެ ކޯޗުކަމާއި ހަވާލުވާން ތައްޔާރު: ޒަވީ
23 މެއި 2019

ދީމާގެ ތަމްރީން ހަރަދުތަކާ ހަވާލުވާން ޔޫތު މިނިސްޓްރީން ނިންމައިފި

23 މެއި 2019
ދީމާގެ ތަމްރީން ހަރަދުތަކާ ހަވާލުވާން ޔޫތު މިނިސްޓްރީން ނިންމައިފި
01 މެއި 2019

ބާސެލޯނާއާއި ލިވަޕޫލްގެ ވަރުގަދަ ކުރިމަތިލުން މިރޭ!

01 މެއި 2019
ބާސެލޯނާއާއި ލިވަޕޫލްގެ ވަރުގަދަ ކުރިމަތިލުން މިރޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު