Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޓީވެން ޖެރާޑް

ރޭންޖާސްގެ ކޯޗުގެ މަގާމާއި ހަވާލުވާން ޖެރާޑް އެއްބަސްވެއްޖެ!

30 އެޕްރީލު 2018 | ހޯމަ 01:34

ލިވަޕޫލްގެ 18 އަހަރުން ދަށުގެ ކުޅުންތެރިންގެ ޓީމުގެ ކޯޗުގެ މަގާމު ޖެރާޑް ވަނީ ދޫކޮށްލާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 30 އެޕްރީލު 2018 | ހޯމަ 01:34
ސްޓީވެން ޖެރާޑް

ސްޓީވެން ޖެރާޑް

ސްކޮޓްލޭންޑުގެ ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ ރޭންޖާސްގެ ކޯޗުގެ މަގާމާއި ހަވާލުވާން ލިވަޕޫލްގެ ލެޖެންޑް ސްޓީވެން ޖެރާޑް އެއްބަސްވެއްޖެ ކަމަށް މީޑިއާތަކުން ބުނެފިއެވެ.

ލިވަޕޫލްގެ 18 އަހަރުން ދަށުގެ ކުޅުންތެރިންގެ ޓީމުގެ ކޯޗުގެ މަގާމު ޖެރާޑް ދޫކޮށްލާފައިވާއިރު ކުރިޔަށް އޮތް ދުވަސްތަކުގައި އޭނާ ރޭންޖާސްގެ ކޯޗުގެ މަގާމާއި ހަވާލުވާނެ ކަމަށް ބެލެވެއެވެ. ހަމައެހެންމެ އޭނާގެ އެސިސްޓަންޓެއްގެ ގޮތުގައި މީގެކުރިން ލިވަޕޫލްއަށް ކުޅުނު ގެރީ މެކްލިސްޓަރ ހަމަޖެހިގެންދާނެ ކަމަށް ވެސް ބެލެވެއެވެ.

ޖެރާޑް ރޭންޖާސްގެ ކޯޗުގެ މަގާމާއި ހަވާލުވެއްޖެ ނަމަ އޭނާ ވާދަކުރަން ޖެހޭނީ މިވަގުތު ސެލްޓިކްއަށް އިރުޝާދު ދެމުން އަންނަ އޭނާގެ ކުރީގެ ކޯޗު ކަމަށްވާ ބްރެންޑަން ރޯޖާސްއާ ދެކޮޅަށެވެ. ރޭންޖާސް މިވަގުތު އަންނަނީ ތާވަލުގެ ދެވަނަ މަގާމު ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެ ޓީމަށް މި އަމާޒަށް ވާސިލްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ހިބަނިއަން އަދި އެބަޑީންއެވެ. ރޭންޖާސްއިން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ސެލްޓިކުނ ވަނީ އެ ޓީމާއި ދެކޮޅަށް އެންމެފަހުން ކުޅުނު 10 މެޗު ވެސް ކާމިޔާބުކޮށްފައެވެ.

ޖެރާޑް ހޯދުމަށް ރޭންޖާސްއިން އެންމެ ފުރަތަމަ ހުށަހެޅުން ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މި މަޝްވަރާތަކުން އެންމެ ބޮޑަށް ޖެރާޑް ޑިމާންޑް ކޮށްފައިވަނީ ރަނގަޅު ބަޖެޓެއް ހޯދުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަންނަ ސީޒަނުގައި ބާންލީގެ މިޑްފީލްޑަރު ސްކޮޓް އާފީލްޑް އަދި ހަލް ސިޓީގެ ގޯލްކީޕަރު އެލެން މެކްގްރެގޯގެ އިތުރުން މިލްވޯލްގެ ފޯވާޑް ގްރެގޮރީ ލީ ވެސް ފެނިގެންދާނީ ރޭންޖާސްއިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖެރާޑާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ޖެރާޑް އަކީ އަބަދުވެސް ލިވަޕޫލްގެ ލެޖެންޑެއްގެ ގޮތުގައި ބެލޭނެ ކުޅުންތެރިޔެއް ކަމަށާއި އޭނާ ކުރާ ކޮންމެ ކަމެއްގައި ވެސް ލިވަޕޫލްގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށެވެ. އޭނާ ބުނީ ޖެރާޑް އަކީ ކުޅުންތެރިޔެއްގެ ގޮތުގައި ވަރަށް ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ މީހެއް ކަމަށާއި އެކަމުގެ ފައިދާ އޭނާ ކޮންމެ ޓީމެއްގައި ހުރި ނަމަވެސް ފެންނާނެ ކަމަށެވެ. ކްލޮޕް ބުނީ އޭނާއަކީ ޓީމެއް ގެންގުޅޭ މީހެއް ނަމަ އަބަދުވެސް ޖެރާޑަށް އޭނާގެ ޓީމުން ފުރުސަތު އޮންނާނެ ކަމަށެވެ.

ޖެރާޑް ވަނީ ލިވަޕޫލްގެ 18 އަހަރުން ދަށުގެ ޓީމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2017

އާޖެންޓީނާގެ ކޯޗުގެ މަގާމު ބޭނުން: މެރަޑޯނާ

15 ނޮވެމްބަރު 2017
އާޖެންޓީނާގެ ކޯޗުގެ މަގާމު ބޭނުން: މެރަޑޯނާ
06 ނޮވެމްބަރު 2017

ވެސްޓް ހޭމްގެ ކޯޗުގެ މަގާމުން ސްލެވަން ބިލިޗް ވަކިކޮށްފި

06 ނޮވެމްބަރު 2017
ވެސްޓް ހޭމްގެ ކޯޗުގެ މަގާމުން ސްލެވަން ބިލިޗް ވަކިކޮށްފި
28 އޮކްޓޯބަރު 2017

މާޒިޔާ ކޯޗުގެ އެއްބަސްވުން ހަމަވާތީ، އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައިފި

28 އޮކްޓޯބަރު 2017
މާޒިޔާ ކޯޗުގެ އެއްބަސްވުން ހަމަވާތީ، އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައިފި
18 އޮކްޓޯބަރު 2017

ލެސްޓާ ސިޓީގެ ކޯޗުގެ މަގާމުން ކްރެއިގް ޝޭކްސްޕިއަރ ވަކިކޮށްފި

18 އޮކްޓޯބަރު 2017
ލެސްޓާ ސިޓީގެ ކޯޗުގެ މަގާމުން ކްރެއިގް ޝޭކްސްޕިއަރ ވަކިކޮށްފި
12 އޮކްޓޯބަރު 2017

ސްކޮޓްލެންޑްގެ ކޯޗުގެ މަގާމުން ސްޓްރެޗަން ވަކިވެއްޖެ

12 އޮކްޓޯބަރު 2017
ސްކޮޓްލެންޑްގެ ކޯޗުގެ މަގާމުން ސްޓްރެޗަން ވަކިވެއްޖެ
11 އޮކްޓޯބަރު 2017

ވޭލްސްގެ ކޯޗުގެ މަގާމުގައި ކޯލްމަން ދެމިހުރުމަށް ކުޅުންތެރިން ބޭނުންވޭ: ރިޕޯޓް

11 އޮކްޓޯބަރު 2017
ވޭލްސްގެ ކޯޗުގެ މަގާމުގައި ކޯލްމަން ދެމިހުރުމަށް ކުޅުންތެރިން ބޭނުންވޭ: ރިޕޯޓް
28 ސެޕްޓެމްބަރު 2017

ބަޔާން މިއުނިކްގެ ކޯޗުގެ މަޤާމުން އަންޗެލޯޓީ ވަކިކޮށްފި

28 ސެޕްޓެމްބަރު 2017
ބަޔާން މިއުނިކްގެ ކޯޗުގެ މަޤާމުން އަންޗެލޯޓީ ވަކިކޮށްފި
30 މެއި 2017

އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި

30 މެއި 2017
އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި
20 އެޕްރީލު 2017

ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ

20 އެޕްރީލު 2017
ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް