Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ބަޔާންގެ ކޯޗު ހަންސީ ފްލިކްގެ އެއްބަސްވުން އާކޮށްފި

ހަންސީ ފްލިކްގެ އެއްބަސްވުން އާކޮށްފައިވަނީ 2023 ގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 އެޕްރީލު 2020 | ހޮނިހިރު 12:29
ބަޔާން މިއުނިކްގެ ކޯޗު ހަންސީ ފްލިކް

ބަޔާން މިއުނިކްގެ ކޯޗު ހަންސީ ފްލިކް

ޖަރުމަންގެ ބަޔާން މިއުނިކްގެ ވަގުތީ ކޯޗު ހަންސީ ފްލިކްގެ އެއްބަސްވުން އާކޮށްފި އެވެ.

މި ސީޒަނުގައި ހަންސީ ފްލިކް އެންމެ ފުރަތަމަ ބަޔާނާ ގުޅުނީ ކްރޮއޭޝިއާގެ ނިކޯ ކޮވަޗްގެ އެސިސްޓަންޓެއްގެ ގޮތުގައެވެ. އެކަމަކު މިދިޔަ އަހަރުގެ ނޮވެމްބަރު ކުރީކޮޅުގައި ބަޔާންގެ ކޯޗުކަމުން ނިކޯ ކޮވަޗް ވަކިކުރިއިރު، އޭގެ ފަހުން އެ ޓީމަށް އިރުޝާދުދެމުން އަންނަނީ ހަންސީ ފްލިކް އެވެ.

އެންމެ ފުރަތަމަ ބަޔާނުން ނިންމީ މި ސީޒަނުގެ ނިޔަލަށް އެ ޓީމުގެ ކޯޗަކަށް ފްލިކް ބަހައްޓާށެވެ. އެއަށްފަހު ސީޒަން ނިމުމުން އެ ޓީމަށް ކުރިން އިރުޝާދުދިން މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ ނުވަތަ ޓޮޓެންހަމަށް ކޯޗުކަން ކޮށްދިނީ މައުރީޒިއޯ ޕޮޗެޓީނޯ ގެންނަން ބަޔާނުން މަސައްކަތްކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކަމަކު ފްލިކްގެ އިރުޝާދުގެ ދަށުން ބަޔާނުން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، މިހާރު ވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ފްލިކްގެ އެއްބަސްވުން އާކޮށްފައެވެ. މިހާތަނަށް ފްލިކްގެ އިރުޝާދުގެ ދަށުން ބަޔާނުން 21 މެޗު ކުޅެފައިވާއިރު، 18 މެޗުން ވަނީ މޮޅުވެފައެވެ.

ބަޔާންގެ ޗެއާމަން ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވީ ފްލިކާ މެދު މުޅި ޓީމުވެސް ހިތްހަމަޖެހޭ ކަމަށާއި، އެހެންކަމުން ދިގު މުއްދަތަކަށް އޭނާ ޓީމުގައި ބަހައްޓަން ބޭނުންވާ ކަމަށެވެ.

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޖަރުމަން ލީގުވެސް މެދުކަނޑާލާފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި 55 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑަށް ލިބިފައިވަނީ 51 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު