Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިންނަށް ފައިސާ ދޫކުރުން

އަމީރުގެ ރައްދު ޝިޔާމަށް: ސަރުކާރު ނިމުނުއިރު މަސްވެރިންނަށް ނުދެވި ހުރީ 185 މިލިއަން ރުފިޔާ، މިއަށްވުރެ މާ ދަތީގައިވެސް ފައިސާ ދޫކުރި

ތަފްސީލުގައިވާ ގޮތުން 1،460 ދޯންޏަކަށް ނުދައްކައި ހުރީ 184،254،116 މިލިއަން ރުފިޔާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2024 | ހޮނިހިރު 01:40
ކުރީގެފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ކުރީގެފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

16 ނޮވެމްބަރު 2023 ވީ ދުވަހުގެ ނިޔަލަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި މިފްކޯއިން މަސްވެރިންނަށް ދައްކަންޖެހޭ އަދަދަކީ 185 މިލިއަން ރުފިޔާކަމަށް ވިދާޅުވެ އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މިސަރުކާރުގެ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައިފިއެވެ.

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތްކަމަށެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މިހާތަނަށް މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއެކު 276 މިލިއަނަށްވުރެ ބޮޑުއަދަދެއް މަސްވެރިންނަށް ޚަލާސްކުރެވިއްޖެކަމަށާއި ނަމަވެސް މިދުވަސްވަތަކީ މަސްވެރިކަން ރަނގަޅު ދުވަސްކޮޅަކަށްވެފައި ކޮންމެ ދުވަހެއްގެވެސް އިތުރުވާ އަދަދާއެކު މަސްވެރިންނަށް ނުދެވި މިވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތަކުން އެނގޭކަމަށެވެ.

ސަރުކާރު އަދި މިފްކޯއިންދަނީ ރައީސުލްޖުމްޙޫރިއްޔާގެ އެދިވަޑައިގަތުމަށް ސަވަރިން ގެރެންޓީދީގެންވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމާ މާލީ ޑިސިޕްލިން ގެންގުޅުނުގޮތުން އެތެރެއިން އަދި ބޭރުންވެސް ފެސިލިޓީއެއް ހޯދުމުގައި ގޮންޖެހުން ހުރިކަންވެސް ފާހަގަކުރައްވާކަމަށާއި ޔަގީން ކުރަނީ ލަސްތަކެއްނުވެ މިހާރު ހުރި ބެކްލޮގް އެއްކޮށްފިލުވާލެވި ބަރާބަރަށް މަސްވެރިންނަށް ފައިސާ ދެވިގެން ދިއުންކަމަށް މިނިސްޓަރ ގެ ޕޯސްޓްގައި ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރުގެ މި ޕޯސްޓަށް ރައްދުދެއްވާ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ފިޝަރީޒް މިނިސްޓަރ ހައްދަވަނީ އިތުރުފުޅެއްކަމަށެވެ. ސަރުކާރު ނިމުނުއިރު މިފްކޯއިން މަސްވެރިންނަށް ދައްކަންޖެހޭ ފައިސާގެ ތަފްސީލު ހާމަކުރައްވަމުން އަމީރު ވިދާޅުވީ ސަޕްލެމެންޓްރީ ބަޖެޓް ފާސްވުމާއެކު އެސަރުކާރުގައި ފައިސާދޫކުރުމުގެ އިންތިޒާމްތައް ހަމަޖެއްސިކަމަށެވެ. އަދި މިފްކޯއަށް މަސްވެރިންނަށް ފައިސާ ދިނުމަށް 100 މިލިއަން ރުފިޔާ އައު ސަރުކާރަށް ހަމަޖައްސާފައިވާނެކަމަށާއި ކުރީ ސަރުކާރުގައި އާންމުކޮށް ކޮންމެ ހަފްތާއަކު ފައިސާދޫކުރަމުންދިޔަކަމަށެވެ.

އަމީރު އިތުރަށް ވިދާޅުވީ މަސްވެރިންނަށް ފައިސާދިނުމަށްވުރެ، އެހެން އިސްރާފްތައް މުހިއްމުވުމުން ފައިސާނުދެވޭނެކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި މިއަށްވުރެ މާ ދަތި ދުވަސްތަކުގަވެސް ފައިސާދޫކުރަމުން ގެންދިޔަ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރުގެ ޕޯސްޓްގައި މިދިޔަ އޮކްޓޫބަރު މަހުގެ 16ން ފެށިގެން ނޮވެންބަރު 15 ނިޔަލަށް މަސްވެރިންނަށް ފައިސާނުދެވި ހުރި މިންވަރު ހާމަވާ ތަފްސީލު ހާމަކޮށްފައިވާއިރު އެ ތަފްސީލުގައިވާ ގޮތުން 1،460 ދޯންޏަކަށް ނުދައްކައި ހުރީ 184،254،116 މިލިއަން ރުފިޔާއެވެ.

މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދެއްކުމަށް މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް އަނބުރާ ދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުމިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަހުމަދު ޝިޔާމް މިފްކޯ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

15 އޮކްޓޯބަރު 2025
މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

30 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު