Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެތުލެޓިކޯ މެޑްރިޑު

ކޮރެއާ، އެތުލެޓިކޯގައި މަޑުކުރުމުގެ ފުރުސަތު ބޮޑު

މަޝްވަރާތަކުން ދެ ކުލަބަށް އެއްވެސް ކަހަލަ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ނުބެލެވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2024 | ހޮނިހިރު 02:52
އެތުލެޓިކޯ އަށް ކުޅެމުން އަންނަ އެންހެލް ކޮރެއާ

އެތުލެޓިކޯ އަށް ކުޅެމުން އަންނަ އެންހެލް ކޮރެއާ

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް، އެންހެލް ކޮރެއާ، އެ ކުލަބުގައި މަޑުކުރުމުގެ ފުރުސަތު ބޮޑު ކަމަށް ސްޕެއިންގެ މީޑިއާ ތަކުން ރިޕޯޓުކޮށްފި އެވެ.

ރެއާ، އެތުލެޓިކޯ އަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އެންމެ ފަހުން އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، ސައުދީ ޕްރޯ ލީގުން ވަނީ ކޮރެއާ އަށް ހުށަހެޅުމެއް ލިބިފައި ކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ކޮރެއާ އަށް ލިބިފަައި ވަނީ ސައުދީ ލީގުގެ އަލް އިއްތިހާދުގެ ހުށަހެޅުމެކެވެ. ނަމަވެސް، އޭނާ އެ ކުލަބަށް ބަދަލުވުމަކީ ދުރު ކަމެއް ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ސަބަބަކީ، އަލް އިއްތިހާދުން އެތުލެޓިކޯއާ އެކު ކުރިއަށް ގެންދާ މަޝްވަރާތަކުން، ރަނގަޅު ގޮތެއް ނިމެނޭ ކަމަށް ނުބެލެވޭތީ އެވެ. އެގޮތުން ދެ ކުލަބުން ވެސް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ބޮޑު ތަފާތެއް ހުރި ކަމަށް ވަނީ ބުނެފަ އެވެ. އެހެންކަމުން، އެ މަޝްވަރާތަކުން ދެ ކުލަބަށް އެއްވެސް ކަހަލަ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ނުބެލެވެ އެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެތުލެޓިކޯ އިން އެ ކުލަބުގެ ނިންމުމެއް ނިންމާނެ ކަމަށް ވެސް މީޑިއާ ތަކުން ބުނެ އެވެ.

މީޑިއާ ތަކުގައި އެހެން ރިޕޯޓުކޮށްފައި ވަނިކޮށް، އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމޯން ވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. ސިމޯން ބުނީ، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ކޮރެއާ އެތުލެޓިކޯގައި މަޑު ކުރާނެ އެވެ. އަދި އެއީ ކޮރެއާ އަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ސިމޯން ބުންޏެވެ. ނަމަވެސް، އޭނާ ވަނީ ކުރިން ބުނެފައިވާ ވާހަކަ ތަކުރާރު ކޮށްފަ އެވެ. އެއީ ކުޅުންތެރިޔަކު އެމީހެއްގެ ކުރިމަގާމެދު ވަކި ގޮތެއް ނިންމައިފި ނަމަ، އޭނާ އަށް އިޙުތިރާމް ކުރާނެ ވާހަކަ އެވެ.

ކޮރެއާ ވަނީ މިހާތަނަށް އެތުލެޓިކޯ އަށް ކުޅެދިން 399 މެޗުގައި 74 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ސްޕެނިޝް ލީގު، ޔުއެފާ ޔޫރޮޕާ ލީގު އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. އޭގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ވެސް އޭނާ ވަނީ އެ ޓީމާއެކު ކުޅެފަ އެވެ. އެތުލެޓިކޯގައި ސިމޯން އެންމެ އިސްކަން ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.

މީގެ އިތުރުން ކޮރެއާ އަންނަނީ 2015 ވަނަ އަހަރުން ފެށިގެން އާޖެންޓީނާގެ ޤައުމީ ޓީމުގައި ވެސް ކުޅެމުންނެވެ. މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް 24 މެޗު ކުޅެދީ، ތިން ލަނޑު ޖަހައިފަ އެވެ. އާޖެންޓީނާ އާއެކު އޭނާ ވަނީ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް އަދި ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު