Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީނާ ވޯލްޑް ޗެމްޕިއަންޝިޕް

ހަތަރުސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ގައުމީ ރެކޯރޑް މުބާލް އާކޮށްފި

ޤައުމީރެކޯޑް މުބާލް އައުކޮށްފައިވަނީ 05:48.11 އިން ރޭސް ނިންމައިގެން

ލީވާން އަލީ
ލީވާން އަލީ | 31 ޖުލައި 2017 | ހޯމަ 07:51
 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އާކުރި މުބާލް އައްޒާމް އިބްރާހިމް

400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އާކުރި މުބާލް އައްޒާމް އިބްރާހިމް

ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ކުރިޔަށްދާ 17 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި، 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުބާލް އައްޒާމް އިބްރާހިމް އައުކޮށްފިއެވެ.

މިއިވެންޓްގެ ޤައުމީރެކޯޑް މުބާލް އައުކޮށްފައިވަނީ 05:48.11 އިން ރޭސް ނިންމައިގެންނެވެ. މިއީ 25.46 ސިކުންތުގެ ކުރިއެރުމެކެވެ.

400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓް ދިވެހި ފެތުންތެރިއެއް އެންމެ އަވަހަށް ނިންމާފައި ވަނީ 2015 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި ނުވަ ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައެވެ. އެއީ 06:13.57 އިން ރޭސް ނިންމައިގެންނެވެ.

މިމަހު 14 ވަނަ ދުވަހު ބުޑަޕެސްޓްގައި ފެށި 17 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސް ގައި ރާއްޖެ ތަމްސީލު ކުރަނީ މުބާލް އައްޒާމް އިބުރާހީމް އާއި، އިސްމާއީލް މުއުތަސިމް އަދުނާން އާއި އައިމިނަތު ޝަޖަން އަދި އައިޝަތު ސާޖިނާ އެވެ. ކޯޗުގެ ގޮތުގައި އިބްރާޙީމް މޫސާ އަދި ފިޒިއޮތެރަޕިސްޓެއްގެ ގޮތުގައި ފިޓް ފޮރ ލައިފް ގެ ފަރާތުން މުޙައްމަދު ފަޔާޒު ޢަލީ ރިޒާ (ފިއްޓެ) ވަނީ ބައިވެރިވެފައެވެ. އަދި ޓީމުގެ މެނޭޖަރެއްގެ ގޮތުގައި އެސޯސިއޭޝަނުގެ ރައީސް، މުހައްމަދު ޢަބްދުއްސައްތާރު ވަނީ ބައިވެރިވެފައެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2019

50 ކިލޯމީޓަރު ހިނގުމުން ލިއު ހޮންގް ވޯލްރިކޯރޑް ހަދައިފި

12 މާރިޗު 2019
50 ކިލޯމީޓަރު ހިނގުމުން ލިއު ހޮންގް ވޯލްރިކޯރޑް ހަދައިފި
01 ފެބުރުއަރީ 2019

ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބ. އަތޮޅުގައި 43 ކިލޯމީޓަރުގެ ފެތުމެއް!.

01 ފެބުރުއަރީ 2019
ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބ. އަތޮޅުގައި 43 ކިލޯމީޓަރުގެ ފެތުމެއް!.
06 އޯގަސްޓު 2017

ބޯލްޓާ ވާދަކޮށް ދުނިޔޭގެ 100 މީޓަރު ދުވުމުން އެއްވަނަ ގެޓްލިން އަށް

06 އޯގަސްޓު 2017
ބޯލްޓާ ވާދަކޮށް ދުނިޔޭގެ 100 މީޓަރު ދުވުމުން އެއްވަނަ ގެޓްލިން އަށް
17 ޖުލައި 2017

މެލޭޝިއަން އޯޕަން އެތްލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން އެއްވަނަ ސާއިދް ހޯދައިފި

17 ޖުލައި 2017
މެލޭޝިއަން އޯޕަން އެތްލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން އެއްވަނަ ސާއިދް ހޯދައިފި
08 ޖުލައި 2017

ސާއިދު އަށް އަނިޔާވެ 200 މީޓަރު ދުވުމުގައި ބައިވެރިވެވޭގޮތެއް ނުވި!

08 ޖުލައި 2017
ސާއިދު އަށް އަނިޔާވެ 200 މީޓަރު ދުވުމުގައި ބައިވެރިވެވޭގޮތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު