Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ކުޅުންތެރިން ހިތްހަމަނުޖެހޭކަން އެނގޭ ދުވަހު، ޓީމު ދޫކޮށް ދާނަން: ޒަވީ

އޭނާ ބުނީ މިހާތަނަށް އައިއިރު އަބަދުވެސް ކުޅުންތެރިންގެ އެހީތެރިކަމާއި އެއްބާރުލުން އޭނާ އަށް ލިބެމުން އައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖެނުއަރީ 2024 | ބުރާސްފަތި 05:21
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކުޅުންތެރިން އޭނާއާ މެދު ހިތްހަމަނުޖެހޭކަން އެނގޭ ދުވަހު، ޓީމު ދޫކޮށް ދާނެ ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ކޮޕާ ޑެލް ރޭ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒަވީ މިހެން ބުނީ، އޭނާއާ މެދު ޓީމުގެ ކުޅުންތެރިން ހިތްހަމަނުޖެހޭ ކަމަށް މީޑިއާތަކުން ބުނެފައި ވަނިކޮށެވެ. ބާސެލޯނާގެ ކުޅުންތެރިންނާ ހަވާލާދީ އީއެސްޕީއެންގައި ބުނެފައި ވަނީ، ގިނަ ކުޅުންތެރިން ދެކެނީ ޒަވީ އަށް ޓީމު ކާމިޔާބީގެ މަގަށް ބަދަލުކޮށް ނުލެވޭ ކަމަށެވެ. އަދި ޒަވީއާ އެކު ކުރިއަށް ދާން ބައެއް ކުޅުންތެރިން ބޭނުންނުވާ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް އެއީ ކޮން ކުޅުންތެރިޔެއް ނުވަތަ ކުޅުންތެރިންނެއް ކަމެއް ބުނެފައެއް ނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޒަވީ ބުނީ، ބާސެލޯނާގައި އޭނާ މަސައްކަތް ކުރަނީ ހިތްހަމަޖެހުމާއެކު ކަމަށެވެ. އަދި މަސައްކަތް ކުރަނީ، ބާސެލޯނާ ކާމިޔާބާ ހަމައަށް ގެންދިޔުމަށް ކަމަށާއި އޭނާގެ ވަގުތާއި، ހުރިހާ ކަމެއް ހުސްކޮށްލަނީ އެކަމަށް ކަމުގައި ޒަވީ ބުންޏެވެ. އޭނާ ބުނީ، މިހާތަނަށް އައިއިރު އަބަދު ވެސް ކުޅުންތެރިންގެ އެހީތެރިކަމާއި، އެއްބާރުލުން އޭނާ އަށް ލިބެމުން އައި ކަމަށެވެ. މިހާރު ވެސް އެކަން އޮތީ އެގޮތުގައިކަން ފާހަގަކޮށް ޒަވީ ބުނީ، ކުޅުންތެރިން ތިބީ އޭނާއާއެކު ނޫންކަން އެނގޭ ދުވަހަކުން، ވަގުތުން ޓީމު ދޫކޮށް ދާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ، އަބަދު ވެސް ބާސެލޯނާ މަސައްކަތް ކުރަނީ ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން ކަމަށެވެ. މި ސީޒަންގައި ބާސެލޯނާގެ ލަނޑުދަނޑިތަކަށް ވާސިލްނުވެވިއްޖެ ނަމަ، އެންމެ ފުރަތަމަ ޒިންމާ ނަގާނެ މީހަކަށް އޭނާ ވާނެ ކަމުގައި ވެސް ޒަވީ ބުންޏެވެ. އޭނާ ބުނީ ބާސެލޯނާ އަށް އޮންނާނީ އަބަދު ވެސް ލޯބި ކަމަށާއި ކުޅުންތެރިޔެއްގެ ގޮތުގައި ހުރިއިރު އޮތް ލޯބި، މިހާރު ވެސް އޮތް ކަމަށެވެ.

ކޮޕާ ޑެލް ރޭ މުބާރާތުގެ މެޗާ ކުރިމަތިލާއިރު، އެ މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް ޒަވީ އަށް އޮވެ އެވެ. އޭނާ ބުނީ، ބާސެލޯނާ އަކީ މެޗަކުން ބަލިވި ނަމަވެސް، އަބަދު އެކަމުގައި ތާށިވެ ތިބޭ ޓީމެއް ނޫން ކަމަށެވެ. އޭނާ ބުނީ، ބައްޔަށް ފަހު ވެސް، ބާސެލޯނާ އިން މަސައްކަތް ކުރާނީ ކުރިއަށް ދާން ކަމުގައި އޭނާ ބުންޏެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު