Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އެންމެދުވަސްވީ ކުއްތާ

ދުނިޔޭގެ އެންމެ ދުވަސްވީ ކުއްތާއަކީ އޮޅުވާލުމެއް! ގިނިސް ވޯލްޑް ރެކޯޑްސްއިން ތަހުގީގު ކުރަންފަށައިފި

ގިނިސް ވޯލްޑް ރެކޯޑްސްއިން ވަނީ ބޯބީގެ ލަގަބު ސަސްޕެންޑްކޮށްފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2024 | ބުދަ 17:36
ބޮބީ، އެންމެ ދުވަސްވީ ކުއްތާގެ ގިނިސް ވޯލްޑް ރެކޯޑް ސެޓްފިކެޓާއެކު

ބޮބީ، އެންމެ ދުވަސްވީ ކުއްތާގެ ގިނިސް ވޯލްޑް ރެކޯޑް ސެޓްފިކެޓާއެކު

ބޮބީ، ނުވަތަ ދުނިޔޭގެ އެންމެ ދުވަސްވީ ކުއްތާ މިދިޔަ އަހަރު އެސޮރުގެ 31 ވަނަ އުފަން ދުވަސް ފާހަގަކުރިއިރު މުޅި ދުނިޔެ ވަނީ އެސޮރާއެކު އުފާފާޅުކޮށްފައެވެ. އަދި  އޮކްޓޫބަރު މަހު އެސޮރު މަރުވުމުން މުޅި ދުނިޔެ ހިތާމަކުރިއެވެ.

އެކަމަކު މިހާރު އެސޮރުގެ ރެކޯޑް ބްރޭކިންގ ޓައިޓަލްއާމެދު ވަނީ ސުވާލު އުފެދިފައެވެ.

ބޮބީ މަރުވުމާއެކު، އެސޮރުގެ އުމުރާމެދު ވެޓުންނާއި އެހެނިހެން ތަޖުރިބާކާރުން ޝައްކު އުފެދުމާއެކު ގިނިސް ވޯލްޑް ރެކޯޑްސްއިން ވަނީ އެ މައްސަލަ ބަލަން ފަށާފައެވެ.

ރިވިއު ކުރިއަށްދާއިރު، ބޮބީގެ ޓައިޓަލް ސަސްޕެންޑްކޮށް، ދުނިޔޭގެ އެންމެ ދުވަސްވީ ދިރިހުރި ކުއްތާއާއި، މިހާތަނަށް އެންމެ ދުވަސްވީ ކުއްތާގެ ލަގަބަށް ކުރިމަތިލުމުގެ ފުރުސަތު ވަގުތީގޮތުން ވަނީ މެދުކަނޑާލާފައެވެ.

ގިނިސް ވޯލްޑް ރެކޯޑްސްއިން އަންގާރަ ދުވަހު އެސޯސިއޭޓެޑް ޕްރެސްއަށް އީމެއިލް މެދުވެރިކޮށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އެމީހުންގެ ރިވިއު ކުރިއަށްދާއިރު، ދިރިހުރި އެންމެ ދުވަސްވީ ކުއްތާގެ ރެކޯޑް ޓައިޓަލްތައް ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާކަމަށެވެ.

ދުނިޔޭގައި އޮތް އެންމެ ދުވަސްވީ ކުއްތާގެ އުމުރާމެދު ސުވާލު އުފެދެނީ ކީއްވެ؟

ބޮބީއަކީ ޕޯޗުގީޒު ނަސްލުގެ ޖަނަވާރުގެ ބެލެނިވެރި ކުއްތާއެއް ކަމަށްވާ ޕިއުރްބްރޭޑް ރަފީރޯ ޑޯ އެލެންޓެޖޯއަށް ނިސްބަތްވާ ޖަނަވާރެކެވެ. މިއީ އާންމުކޮށް 12 އަހަރާ 14 އަހަރާ ދެމެދުގެ މުއްދަތަކަށް ދުނިޔޭގައި ތިބޭ ބާވަތެކެވެ. ބޮބީ ފަދަ، ބަރު މިފަދަ ކުއްތާ ގިނަ ފަހަރަށް މި އުމުރަށް ދިއުމުގެ ކުރިން މަރުވެއެވެ.

ގިނިސް ވޯލްޑް ރެކޯޑްސްއިން ބުނީ، ކުއްތާގެ އުމުރާމެދު ސުވާލު އުފައްދައި ބައެއް ވެޓުންގެ ކޯސްޕޮންޑެންސް ލިބިފައިވާކަމަށާއި، ވެޓުންނާއި އެހެނިހެން ޕްރޮފެޝަނަލުންގެ ޕަބްލިކް ކޮމެންޓްރީއަށް ސަމާލުކަން ދީފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ދަ ގާޑިއަން" އިން ބުނިގޮތުގައި، ބޮބީގެ އުމުރުގެ ވާހަކަ ބިނާވެފައިވަނީ ވެރިމީހާގެ ބަހެއްގެ މައްޗަށެވެ. ޖެނެޓިކް ޓެސްޓުތަކުން އެސޮރުގެ ސީދާ އުމުރު ކަށަވަރު ކުރެވޭ ގޮތެއް ނުވިއެވެ.

ޓެކް އެންޑް ކަލްޗަރ މަޖައްލާ "ވަޔަރޑް" އިން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ތަހުގީގެއް ފަށާފައިވާއިރު، ޕެޓްސް ރަޖިސްޓްރީ ކުރުމަށް ޕޯޗުގަލް ސަރުކާރުގެ ޑޭޓާބޭސްއަށް ބޮބީގެ އުމުރު ކަށަވަރުކުރުމަށް ގުޅާފައި ނުވާކަން ވަނީ ފާހަގަކުރެވިފައެވެ.

މީގެ ކުރިން މި ރެކޯޑް އޮތީ އުމުރުން 29 އަހަރާއި ފަސް މަހުގައި 1939 ވަނަ އަހަރު މަރުވި އޮސްޓްރޭލިއާގެ ކުއްތާއެއް ކަމަށްވާ ބްލޫއީ އަތުގައެވެ.

ބޮބީގެ ވެރިފަރާތުން ބުނަނީ އެއީ ދޮގު ތުހުމަތުތަކެއް ކަމަށް!

ބޯބީ އެސޮރުގެ މުޅި އުމުރު ހޭދަކުރީ ޕޯޗުގަލްގެ ހުޅަނގުގައި އޮންނަ ލެއިރިއާގެ ރޫރަލް ވިލެޖް ކަމަށްވާ ކޮންކުއެރޯސްގައެވެ.

އެސޮރު އުފަންވެފައިވާ ކަމަށް ބެލެވިފައިވަނީ 1992 ވަނަ އަހަރު، އެމީހުން ލަކުޑި ރައްކާކޮށްފައި ހުރި ގުދަނެއްގައެވެ.

އެސޮރުގެ ވެރިޔާ ލިއޮނެލް ކޮސްޓާ ބުނާގޮތުގައި ވެޓުން ބޮބީގެ ލެގަސީއަށް މަލާމާތް ކުރަން މަސައްކަތްކުރަނީ، އިންސާނުންގެ މަސް ކެއުމަކީ މުސްކުޅިވުމުގެ އެއް ސިއްރެއްގެ ގޮތުގައި ސިފަކޮށްފައިވާތީއެވެ.

ގިނިސް ވޯލްޑް ރެކޯޑްސްއިން މި ރިވިއު ކުރިއަށްގެންދާއިރު ބޮބީގެ ޓައިޓަލް މިހާރު އޮތީ ހުއްޓިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަބޫލުކުރިއަސް ނުކުރިއަސް ޕްރިޔަންކާއަކީ ދުނިޔޭގެ އެއްވަނަ: ސުނީތާ

ގަބޫލުކުރިއަސް ނުކުރިއަސް ޕްރިޔަންކާއަކީ ދުނިޔޭގެ އެއްވަނަ: ސުނީތާ

27 ޑިސެމްބަރު 2017
ދުނިޔޭގެ އެންމެ އަގު ބޮޑު ހައި-ހީލްގެ އަގަކީ އެގާރާ މިލިއަން ޕައުންޑް!

ދުނިޔޭގެ އެންމެ އަގު ބޮޑު ހައި-ހީލްގެ އަގަކީ އެގާރާ މިލިއަން ޕައުންޑް!

04 ނޮވެމްބަރު 2017
ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު އީމާން މަރުވެއްޖެ

ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު އީމާން މަރުވެއްޖެ

25 ސެޕްޓެމްބަރު 2017
ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ

ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ

02 މެއި 2017
ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

16 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު