Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަތްކަނޑުގައި އިނގިރޭސީންގެ ދައުރު

ޔަމަނުގެ ހޫޘީންނަށް އަމާޒުކޮށްދޭ ރަތް ކަނޑުގެ ޙަމަލާތަކުގައި އިނގިރޭސިވިލާތުން އިސްދައުރެއް!

17 ޖެނުއަރީ 2024 | ބުދަ 02:18

އިނގިރޭސި ވިލާތުން ބުނީ ރަތް ކަނޑުގެ މި ފިޔަވަޅުގެ ޖަސްޓިފިކޭޝަނަކީ ދުނިޔޭގެ ވިޔަފާރީގެ ކަންކަން ހިމާޔަތް ކުރުން ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 17 ޖެނުއަރީ 2024 | ބުދަ 02:18
ޔަމަނުގެ ސަނާގައި އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން މަރާލި ހޫޘީ ހަނގުރާމަވެރިންގެ ހަނދާނުގައި ބޭއްވި އެއްވުމުގެ ބޭރުގައި ވެހިކަލެއްގައި ހަރުކޮށްފައިވާ މެޝިން ގަން ފުލުހުންގެ ސިފައިން ބަލަހައްޓަނީ

ޔަމަނުގެ ސަނާގައި އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން މަރާލި ހޫޘީ ހަނގުރާމަވެރިންގެ ހަނދާނުގައި ބޭއްވި އެއްވުމުގެ ބޭރުގައި ވެހިކަލެއްގައި ހަރުކޮށްފައިވާ މެޝިން ގަން ފުލުހުންގެ ސިފައިން ބަލަހައްޓަނީ

ޔަމަނުގެ ހޫޘީންގެ ފަރާތުން ބައިނަލްއަޤްވާމީ ޝިޕިންގއަށް އޮތް ނުރައްކާ ނައްތާލުމަށް މަސައްކަތްކުރާ މަލްޓިނޭޝަނަލް ނޭވަލް ފޯސްގެ ބައިވެރިއެއްގެ ހައިސިއްޔަތުން ދުނިޔޭގެ މައިދާނުގައި އިނގިރޭސި ވިލާތުން، އެޤައުމުގެ އަމިއްލަ އަސްކަރީ ބައިވެރިވުން ވަނީ އިތުރުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ ގްރާންޓް ޝެޕްސް ހޯމަ ދުވަހު ލެންކެސްޓާ ހައުސްއަށް ދެއްވި ތަގުރީރުގައި ވިދާޅުވީ ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް އިޖާބަދިނުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުން ދާނެކަމަށެވެ.

މިދިޔަ އޮކްޓޫބަރު މަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް ހަމަލާ ދިނުމާ ގުޅިގެން، ރޯޔަލް ނޭވީ ޓާސްކް ގްރޫޕަކާއި މެރިން އަދި ސަވައިލަންސް މަތިންދާ ބޯޓުތައް އިސްރާއީލަށް ފޮނުވި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ޔަމަނުގެ ހޫޘީން ހަމާސްއަށް ތާއީދުކޮށް ބައިނަލްއަގުވާމީ ޝިޕިންއަށް ހަމަލާދިނުމާ ގުޅިގެން އިނގިރޭސިވިލާތް ވަނީ ރަތް ކަނޑުގައި ހިންގާ މަލްޓިނޭޝަނަލް އޮޕަރޭޝަން ޕްރޮސްޕެރިޓީ ގާޑިއަންގެ އިސްނެގުމަށް އެމެރިކާއާ ގުޅިފައެވެ.

ހުކުރު ދުވަހު ހޫޘީން އެޗްއެމްއެސް ޑައިމަންޑާއި އެމެރިކާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކަށް 21 ޑްރޯން އާއި މިސައިލުން ހަމަލާ ދިނުމުން އެ ފޯސްއިން ހޫޘީންގެ އަސްކަރީ ތަންތަނަށް ވަނީ ހަމަލާދީފައެވެ.

އިނގިރޭސިވިލާތުން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަސްކަރީ ޕްރޮފައިލް އާއި ދިފާއީ ބަޖެޓު އަމިއްލަ ގައުމުގައި މަތިކުރަމުންނެވެ. ޝާޕްސް ވިދާޅުވީ މިއަހަރު މިހާރުވެސް 50 ބިލިއަން ޕައުންޑް (63 ބިލިއަން ޑޮލަރު) ގައި ހުރި ދިފާއީ ޚަރަދުވީހާވެސް އަވަހަކަށް ޖީޑީޕީގެ 2.5 އިންސައްތައަށް އަރާނެ ކަމަށާއި ނޭޓޯގެ އެހެން ބައިވެރިންވެސް އެގޮތަށް އަމަލުކުރުމަށް ގޮވާލައްވާ ކަމަށެވެ.

އިނގިރޭސި ވިލާތުން ބުނީ ރަތް ކަނޑުގެ މި ފިޔަވަޅުގެ ޖަސްޓިފިކޭޝަނަކީ ދުނިޔޭގެ ވިޔަފާރީގެ ކަންކަން ހިމާޔަތް ކުރުން ކަމަށެވެ. ދުނިޔޭގެ ކަނޑުގެ ޓްރެފިކްގެ ގާތްގަނޑަކަށް 15 އިންސައްތަ ދަތުރުކުރަނީ އިންޑިއާ ކަނޑު ރަތް ކަނޑުން ވަކިކުރާ ބާބް އަލް މަންޑޭބް ކަނޑުއޮޅިންނެވެ. އެ ހިސާބުން ސުއޭޒް ކެނަލް މެދުވެރިކޮށް ޔޫރަޕަށް ދެއެވެ.

އޭގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ކޮންޓެއިނާ އުޅަނދުތަކަށެވެ. އެ އުޅަނދުތަކުން ޗައިނާއިން އުފައްދާ އުފެއްދުންތައް ޔޫރަޕްގެ ބާޒާރަށް ގެނައުން ހިމެނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ކޮންޓެއިނާ އުޅަނދުފަހަރު އޮޕަރޭޓްކުރާ މޮލަރ-މާރސްކް އިން ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު އެފްރިކާގެ ވަށައިގެން އެއުޅަނދުތައް ޑައިވާޓް ކުރާކަމަށް ބުނުމުން، އެހެން ޝިޕަރުންވެސް އެގޮތަށް އަމަލުކުރަން ފެށިއެވެ. މި ޑައިވާޝަންގެ ސަބަބުން ގާތްގަނޑަކަށް 10 ދުވަހުގެ ޝިޕިން ޓައިމް އިތުރުވެ، ޚަރަދު ބޮޑުވެ، އަގުތައް އުފުލޭނެއެވެ. މާރްސްކް އިން މިގޮތަށް ނިންމީ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ހޫޘީން މާރސްކް ހަންގްޒޫއަށް ދިން ހަމަލާއާ ގުޅިގެންނެވެ.

ޔޫރަޕްގެ ރިފައިނަރީތަކަށް މެދުއިރުމަތީގެ ތެޔޮ ގެނައުމަށް ސުއޭޒް ބޭނުންކުރާތީ، އޭގެ އަސަރު ކުރި އަނެއް ބޮޑު ކެޓަގަރީގެ އުޅަނދުތަކަކީ ތެޔޮ ޓޭންކަރުތަކެވެ. ދުނިޔޭގެ ތެލުގެ ތިންބައިކުޅަ އެއްބައި އުފުލަނީ ގްރީސްގެ ހިއްސާ އޮންނަ އުޅަނދުތަކުންނެވެ.

ގްރީސްގެ ޓޭންކަރު އޮޕަރޭޓަރެއްގެ އެޑްވައިޒަރަކު އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ ގްރީސްގެ ޓޭންކަރު ވިޔަފާރިތަކުން ރަތް ކަނޑުގެ ހާލަތު ބަލަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

ހަމާސް ޖަމާއަތާއި ހޫޘީން ވެސް ތިބީ އީރާނުން ހަތިޔާރު އަޅައިގެންނެވެ. އީރާނުގެ ތިން ވަނަ ޕްރޮކްސީއެއް ކަމަށްވާ ލުބުނާނުގެ ހިޒްބުالله އިން ވެސް ވަނީ އިސްރާއީލަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އީރާނުގެ ސީދާ ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ. ހިޒްބުاللهގެ އަތުގައި އެއްލައްކަ ފަންސާސް ހާސް ރޮކެޓް ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ހޫޘޒިންގެ އަތުގައި ވެސް ބާރުގަދަ ހަތިޔާރު ހުރެދާނެއެވެ. އެމީހުން ހަމަލާދިނީ އެމެރިކާ އާއި އިނގިރޭސިވިލާތުން ދިން އަދަބީ ހަމަލާތަކުގެ ތިން ދުވަސް ފަހުން އެމެރިކާގެ ހިއްސާ އޮންނަ އުޅަނދަކަށެވެ.

ލަންޑަންގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޓްރެޓެޖިކް ސްޓަޑީޒް އިން ގަބޫލުކުރާ ގޮތުގައި އީރާނުން ހޫޘީންނަށް ސައްޔާދާއި ޤުދުސް އަށް 800 ކިލޯމީޓަރު (500 މޭލު) ރޭންޖުގެ މިސައިލާއި 500 ކިލޯ (300 މޭލު) ރޭންޖުގެ މިސައިލް 300 ކިލޯ (660 ޕައުންޑް) ގެ ވޯހެޑް ދީފައިވެއެވެ.

އައިއައިއެސްއެސްގެ ބްލޮގްގައި އައިއައިއެސްއެސްގެ ފަބިއަން ހިންޒް ލިޔުއްވާފައިވާ ގޮތުގައި ހޫޘީން ޝިޕިންއާ ދެކޮޅަށް ހިންގާ ކެމްޕޭނާއި އިސްރާލާއި ހަމާސް އާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިފައިވީ ނަމަވެސް އީރާނުން ހަތިޔާރު ފޯރުކޮށްދެމުން ދިޔައީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލާއި ހަމާސްގެ ހަމަނުޖެހުން އުފެދުމުގެ މާ ކުރިންނެވެ. އެހެން ނަމަވެސް އިނގިރޭސިވިލާތުން ވަނީ އެޑްވާންސް ޑިފެންސަކީ މުސްތަގުބަލުގައި އެހެން އެކްޓަރުން ކުރިމަތިވެދާނެ ހަމަނުޖެހުންތަކާ ދެކޮޅަށް އޮތް އެންމެ ރަނގަޅު ހުރަހެއް ކަމަށް ކަނޑައަޅައިފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2019

އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަން: ރާއްޖޭގެ އިޤްތިޞާދާއި ގުޅިލާމެހިފައި!

30 އޮކްޓޯބަރު 2019
އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަން: ރާއްޖޭގެ އިޤްތިޞާދާއި ގުޅިލާމެހިފައި!
07 ޖޫން 2019

ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތް ކުރި އިއްޒަތްތެރިން!

07 ޖޫން 2019
ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތް ކުރި އިއްޒަތްތެރިން!
17 ޑިސެމްބަރު 2018

ޕާކުތަކާއި ރީތި އިމާރަތްތަކުން ޒީނަތްތެރިވެފައިވާ ބިރުވެރި މާލެ

17 ޑިސެމްބަރު 2018
ޕާކުތަކާއި ރީތި އިމާރަތްތަކުން ޒީނަތްތެރިވެފައިވާ ބިރުވެރި މާލެ
26 ނޮވެމްބަރު 2018

މެދު ޒިޔާރަތް ކުނި ގޮނޑަކަށް، ހުކުރު މިސްކިތުގައި އިތުރު ތަނބުތަކެއް!

26 ނޮވެމްބަރު 2018
މެދު ޒިޔާރަތް ކުނި ގޮނޑަކަށް، ހުކުރު މިސްކިތުގައި އިތުރު ތަނބުތަކެއް!
23 އޮކްޓޯބަރު 2018

ކަނޑުގެ ދިރުންތައް ޕްލާސްޓިކްގެ ޝިކާރައަކަށް!

23 އޮކްޓޯބަރު 2018
ކަނޑުގެ ދިރުންތައް ޕްލާސްޓިކްގެ ޝިކާރައަކަށް!
13 މެއި 2018

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

13 މެއި 2018
ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
11 ޖެނުއަރީ 2018

އަލިތަކުރުފާނުގެ ޒިޔާރަތް: ހަށިކޮޅު ތަކަންދޫގައި، އިސްތަށިފުޅު ވަނީ ފުނަދޫގައި!

11 ޖެނުއަރީ 2018
އަލިތަކުރުފާނުގެ ޒިޔާރަތް: ހަށިކޮޅު ތަކަންދޫގައި، އިސްތަށިފުޅު ވަނީ ފުނަދޫގައި!
10 ޖެނުއަރީ 2018

ރަތް ކަނޑުގެ މަސްރަހް ހޫނު ވަނީ!

10 ޖެނުއަރީ 2018
ރަތް ކަނޑުގެ މަސްރަހް ހޫނު ވަނީ!
15 ޖޫން 2017

އަލި ރަސްގެފާނުގެ ޒިޔާރަތް "ނަޖިސް ވަޅުގަނޑަކަށް!"

15 ޖޫން 2017
އަލި ރަސްގެފާނުގެ ޒިޔާރަތް "ނަޖިސް ވަޅުގަނޑަކަށް!"
01 މާރިޗު 2017

ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ

01 މާރިޗު 2017
ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް