Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކަނޑުގެ ދިރުން

ކަނޑުގެ ދިރުންތައް ޕްލާސްޓިކްގެ ޝިކާރައަކަށް!

ވެލާ، ކަހަނބު މަރުވެގެންދަނީ ޕްލާސްޓިކް ކެވިގެން ކަމަށް ގިނަ މާހިރުން ބުނޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2018 | އަންގާރަ 12:40
މާލޭގެ ފަޅު ތެރެއަށް އަޅާފައި ހުރި ކުނިތަކެއް---

މާލޭގެ ފަޅު ތެރެއަށް އަޅާފައި ހުރި ކުނިތަކެއް---

އިންސާނުންގެ ބޭނުންތަކަށް އުފައްދާ ޕްލާސްޓިކް މޫދަށް އުކާލުމުގެ ސަބަބުން ކަނޑުގެ އެތަކެއް ދިރުންތަކަށް ދަނީ ގެއްލުން ވަމުންނެވެ. ކަނޑުގެ އެތެކެއް ދިރުންތަކެއް މި ޕްލާސްޓިކް ޝިކާރަޔަކަށް ވެ މަރުވަމުން ދެއެވެ. ސަބަބަކީ ކަނޑުގެ ދިރުންތަކަށް ނޭނގި ނަމަވެސް މި ޕްލާސްޓިކް ކޮތަޅު، ފުޅި ފަދަ ތަކެތި ކާއެއްޗެހި ކަމަށް ހީކޮށް ކެވުމުގެ ސަބަބުންނެވެ.

ޕްލާސްޓިކަކީ އޭގެ ޒާތުގައި ފަނާވެ ނެތި ދިޔުމަށް އެތައް ސަތޭކެ އަހަރުތަކެއް ނަގާ އެއްޗެކެވެ. އެހެންކަމުން މިގޮތަށް މޫދަށް އުކާލެވޭ ޕްލާސްޓިކް ކަނޑުގެ އަޑީގަޔާއި އަދި މަތީގައި ހުރުމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް މިކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރެއެވެ.

ޅަ ވެލައެއްގެ ބަނޑުން ނަގާފައިވާ ޕްލާސްޓިކް

މި ފޮޓޯގައި ރީއްޗަށް އަތުރާލެވިފައި އެވާ އެކި ކުލަ ކުލައިގެ ޕްލާސްޓިކް އެތިކޮޅުތަކަކީ މީހަކު ރީއްޗަކަށް އަތުރާލައިފައިވާ އެއްޗެހިތަކެއް ނޫނެވެ. މި ޕްލާސްޓިކް އެތިކޮޅުތަކަކީ މަރުވެފައިވާ ޅަ ވެލައެއްގެ ބަނޑުން ނަގާފައިވާ ތަކެއްޗެވެ.

ތިމާވެށި ހިމާޔަތް ކުރުމުގައި ހަރަކާއްތެރިވާ ބަޔަކު ވަނީ އާޖެންޓީނާގެ އައްސޭރިފަށުން މަރުވެފައި ވަނިކޮށް ފެނިފައިވާ މި ވެލާ އެހާ ޅަ އުމުރުގައި މަރުވާން މެދުވެރިވި ސަބަބު ބެލުމަށް ދިރާސާއެއް ކޮށްފައެވެ. އަދި މިހާ ބައިވަރު ޕްލާސްޓިކް އެތިކޮޅުތައް ވެލާގެ ބަނޑުން ފެނުމުން އެ މީހުން ވެސް ތިބީ އަޖައިބު ވެފައެވެ. އަދި އެ މީހުން ބުނާ ގޮތުގައި އިންސާނުންގެ ބޭނުންތަކަށް އުފައްދާ މި ޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރިމަތިވެފައިވާ ނުރައްކާއާ މެދު އަހަރުމެން އިންސާނުންގެ ހޭލުންތެރިކަން ނެތް މިންވަރު މިކަމުން ދޭހަވެއެވެ. އަދި ހަމައެކަނި ޕްލާސްޓިކްގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު މިހާރު ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ބަލައި ހައްލު ހޯދަން ޖެހިފައިވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ވެލަޔަކީ އާންމުކޮށް މިގޮތަށް ޖެލީފިޝް ނުވަތަ އެހެން ބާވަތެއްގެ ކާނާ ކަމަށް ހީކޮށް ޕްލާސްޓިކް ގިނަ އަދަދަކަށް ކައި އުޅޭ އެއްޗެކެވެ. މިގޮތަށް ޕްލާސްޓިކް ކެވުމުން ވެލާގެ ކާ އެއްޗެހި ހަޖަމް ކުރުމުގެ ނިޒާމާއި ބޮޑުކަމު ދިޔުމުގެ ނިޒާމު ބެދި، ވަރުދެރަވެ އެންމެ ފަހުން މަރުވާން މެދުވެރިވެއެވެ. ވެލަޔަކީ އުމުރު ދިގު އެއްޗެއް ނަމަވެސް ފަހަކަށް އައިސް ޕްލާސްޓިކްގެ ޝިކާރައަކަށްވެ ވެލާ މަރުވުން ދަނީ އިތުރުވަމުންނެވެ.

ބްރެޒިލްގެ ރިއޯ ގްރޭންޑް ސްޓޭޓްގެ ގޮޑުދޮޝުން މަރުވެފައި ވަނިކޮށް ފެނިފައިވާ 92 ވެލާގެ ތެރެއިން 50 ވެލާގެ ބަނޑުން ޕްލާސްޓިކްގެ ބާވަތްތައް ވަނީ ފެނިފައެވެ. އެހެންކަމުން ކަނޑުގެ ދިރުންތަކަށް މިކަމުގެ ސަބަބުން ލިބެމުން ދާ ގެއްލުން ވަރަށް ވެސް ބޮޑެވެ. ނަމަވެސް މިކަން ހައްލު ކޮށްދޭން ތިބި ބަޔަކީ ވެސް ހަމަ އަހަރުމެން އިންސާނުންނެވެ.

އަހަރެއްގެ މައްޗަށް 260 މިލިއަން ޓަނުގެ ޕްލާސްޓިކް އުފައްދައެވެ. އަދި ބޭނުން ކޮށްފަ މޫދަށް އުކާލުމުގެ ސަބަބުން ކަނޑުގެ އޮއިވަރުގއި ޖެހި މި ތަކެތި ކުދިކުދިވެ ކަނޑުގެ އަޑިއަށާއި، މަތީގައި ދައުރުވުމުގެ ސަބަބުން މަސްމަހާ މެހި ކާނާ ކަމަށް ހީކޮށް މި ޕްލާސްޓިކް އެތިކޮޅުތަށް ކައިހަދައެވެ. އަދި މިކަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ.

ކަނޑުގެ ހުރިހާ ދިރުންތައް ޕްލާސްޓިކްގެ ޝިކާރަޔަކަށް ވެފައިވާއިރު ރާއްޖޭއިން ވެސް މިކަމާ މެދު މިއަދު ވަނީ ވިސްނަން ޖެހިފައެވެ. ރާއްޖޭގެ އެކި ރަށްރަށުގެ ގޮނޑު ދަށުންނާއި ކަނޑުމަތިން ވެލާ، ކަހަނބުގެ އިތުރުން މަސްމަހާމެހި މަރުވެފައިވާ ތަން ފެންނަ ފެނުން މިވަނީ އާންމު ކަމަކަށް ވެފައެވެ. އެހެންކަމުން މިއީ ޕްލާސްޓިކްގެ ސަބަބުން ވާކަމެއް ކަމަށް ވުން ގާތެވެ.

ރާއްޖޭގެ ވެރިރަށް މާލެއަށް އެކަނި ބަލާލި ކަމުގައި ވިޔަސް މާލޭގެ ފަޅު ތެރޭގައި ވެސް ގިނަ ޕްލާސްޓިކް ކޮތަޅާއި، ކުނީގެ ބާވަތްތައް ހުރެއެވެ. ދޭތެރެ ދޭތެއިން އެކި ޖަމިއްޔާ ޖަމާއަތްތަކުން ނުކުމެ ސާފު ކުރި ނަމަވެސް މިއީ މިކަމުގެ ހައްލެއް ނޫނެވެ. އެހެނީ އަހަރުމެންގެ އަމަލުތައް ވެސް ބަދަލުކުރަން ޖެހެއެވެ. ކަނޑަށް ކުނި އެޅުން ހުއްޓަން ޖެހެއެވެ. ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން ޖެހެއެވެ. އަހަރުމެންގެ އަމިއްލަ އަތުން އަހަރުމެންގެ އަމިއްލަ ވެށި ހަލާކުވެގެންދަނީއެވެ. އެހެން ކަމަށްވާއިރު، އަންނަ އޮތް ޖީލަށް މިވެށި ރައްކާތެރިކަމާ އެކު ފޯރުކޮށްދެވޭނެ ކަމާ މެދު ސުވާލު އުފެދައެވެ.

ކޮންމެ އަހަރެއްގެ ޖޫން 5 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ތިމާވެށި ދުވަސް ކަމަށްވާއިރު، މި އަހަރުގެ ތިމާވެށީގެ ދުވަހު ރާއްޖޭގެ ތިމާވެށީގެ ހަލާތާ ބެހޭ ގޮތުން 14 ޖަމިއްޔާއަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ސިޔާސަތުތައް ކަނޑައަޅާ އެކަށީގެންވާ ފެންވަރަކަށް ތަންފީޒުނުކުރެވޭ ކަމަށް އެ ޖަމިއްޔާތަކުން ބުނެއެވެ.

ޓްރާންސް ޕޭރަންސީ މޯލްޑިވްސްގެ ސީނިއާރ ޕްރޮޖެކްޓް ކޯޑިނޭޓަރު ޝާޒިޔާ އަލީ ވިދާޅުވީ ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ގައުމެއް ކަމަށާއި، ރާއްޖޭގެ އިގްތިސާދު ބިނާވެފައި ވަނީ ފަރުތަކުގެ މައްޗަށް ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކުން ފެންނަނީ ތިމާވެށި ހަލާކުވެގެންދާ މަންޒަރު ކަމަށެވެ. ޝާޒިޔާ ވިދާޅުވީ ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު 2017 ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގެ ފަތުރުވެރި ކަމަށް އެންމެ ނުރައްކާބޮޑު އެއްކަމަކީ ޕްލާސްޓިކު ފުޅި އާއި ޕްލާސްޓިކު ކޮތަޅު އަދި އެހެނިހެން ޕްލާސްޓިކު އިތުރުވެ ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި މޫދު ތަގައްޔަރުވުން ކަމަށެވެ. އަދި ޕްލާސްޓިކު ފުޅި އުފެއްދުމުގައި ފަތުރުވެރިކަމުގެ ދާއިރާގައި އިސްވެ ހަރަކާތްތެރިވާ ބައެއް ފަރާތްތަކުގެ ޝާމިލުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޝާޒިޔާ ވާނީ ފާހަގަކުރައްވާފައެވެ.

ޓްރާންސް ޕޭރަންސީ މޯލްޑިވްސްގެ ސީނިއާރ ޕްރޮޖެކްޓް ކޯޑިނޭޓަރު ޝާޒިޔާ

މޫދަށް އެއްލައިލާ ޕްލާސްޓިކް ސަބަބުން ރާއްޖޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާއިރު، ކަނޑުގެ ބައެއް ދިރުންތައް މިވަނީ ނެތިދާން ފަށާފައެވެ. އެހެންކަމަށްވާއިރު، ރާއްޖޭއިން މިކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. ތިމާވެށި ރައްކާތެރިކުރުމަށް ކޮންމެ މީހަކު ވެސް ފަރުދީ ފެންވަރުގައި މަސައްކަތް ކުރަންޖެހެއެވެ. ކަނޑަށް ކުނި އަޅާ ފަރާތްތަކާ މެދު ފިޔަވަޅު އެޅެން އެބަޖެހެއެވެ. އަދި ތަރައްގީއަށް ހިންގާ މަޝްރޫއުތައް ތިމާވެއްޓާ ރައްޓެހި މަޝްރޫއުތަކަކަށް ހެދުމަށް މިއަދު ދިވެހިން އަޑު އުފުލަންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑުގެ ދިރުންތައް ސަލާމަތްކޮށްދިން ''ހީރޯ'' އެއް!

ކަނޑުގެ ދިރުންތައް ސަލާމަތްކޮށްދިން ''ހީރޯ'' އެއް!

30 އޮކްޓޯބަރު 2021
''ހަކުރު ބަލީގެ ޝިކާރައަކަށް އެންމެ އެގާރަ މަހުގެ ތުއްތު ކުއްޖެއް''

''ހަކުރު ބަލީގެ ޝިކާރައަކަށް އެންމެ އެގާރަ މަހުގެ ތުއްތު ކުއްޖެއް''

15 އޯގަސްޓު 2021
ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވަނީ އަގީދާ ބަލިކަށި ވެގެނެއް ނޫން، އެއީ ހަމަ ކޮންމެ މީހަކުވެސް ތަހައްމަލު ކުރަން ޖެހިދާނެ ކަމެއް!

ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވަނީ އަގީދާ ބަލިކަށި ވެގެނެއް ނޫން، އެއީ ހަމަ ކޮންމެ މީހަކުވެސް ތަހައްމަލު ކުރަން ޖެހިދާނެ ކަމެއް!

10 އޮކްޓޯބަރު 2020
މޮރިޝަސްގެ ފަރަށް ތެޔޮ ބޯޓެއް އުރި، ފަރުތަކާއި ކަނޑުގެ ދިރުންތައް ނުރައްކަލެއްގެ ތެރޭގައި

މޮރިޝަސްގެ ފަރަށް ތެޔޮ ބޯޓެއް އުރި، ފަރުތަކާއި ކަނޑުގެ ދިރުންތައް ނުރައްކަލެއްގެ ތެރޭގައި

16 އޯގަސްޓު 2020
ބުލީގެ ޝިކާރައަކަށްވި މި ކުއްޖާ ގިސްލަމުން މަންމަ ކައިރީގައި ބުނީ އަމިއްލައަށް މަރުވާން ވަޅިއެއް ދިނުމަށް!

ބުލީގެ ޝިކާރައަކަށްވި މި ކުއްޖާ ގިސްލަމުން މަންމަ ކައިރީގައި ބުނީ އަމިއްލައަށް މަރުވާން ވަޅިއެއް ދިނުމަށް!

20 ފެބުރުއަރީ 2020

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު