Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބައިނަލްއަޤުވާމީ ޢަދުލު އިންސާފުގެ ނިޒާމު

ބައިނަލްއަޤުވާމީ ޢަދުލު އިންސާފުގެ ނިޒާމަށް ތާރީޚީ ދުވަހެއް: އިސްރާއީލާ ދެކޮޅު އަޑުއެހުންތަކެއް އައިސީޖޭގައި ފުރަތަމަ ފަހަރަށް!

އިސްރާއީލު ގޮވައިގެން އައިސީޖޭއަށް ވަންނަން ކެރުނު ހަމައެކަނި ޤައުމަކީ ދެކުނު އެފްރިކާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2024 | ބުރާސްފަތި 08:43
އައިސީޖޭގައި ފުރަތަމަ ފަހަރަށް އައިސީޖޭގައި

އައިސީޖޭގައި ފުރަތަމަ ފަހަރަށް އައިސީޖޭގައި

ނިމިގެން މިދާ ހަފުތާއަކީ ބައިނަލްއަޤުވާމީ ޢަދުލު އިންސާފުގެ ނިޒާމުގައި ހުރި ފެންވަރެއް އަންގައިދޭ އެންމެ ވަރުގަދަ އިމްތިޙާނު ފަށާ ހަފުތާއެވެ. އާނއެކެވެ. ނިރުބަވެރި، އިސްތިޢުމާރީ ޔަހޫދީ އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައިގެ ޢާންމު އަޑު އެހުންތައް، ބައިނަލްއަޤުވާމީ ޢަދުލު އިންސާފުގެ ކޯޓު (އައިސީޖޭ) ގައި ފަށާ ހަފުތާއެވެ. އޮކްޓޯބަރ 7 ވަނަ ދުވަހުން ފަށައިގެން ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ގުޅިގެން، އިސްރާއީލު ގޮވައިގެ އައިސީޖޭއަށް ވަންނަން ކެރުނު ހަމަ އެކަނި ޤައުމަކީ ދެކުނު އެފްރިކާއެވެ. ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލަ ކޯޓަށް ބަލައިގަނެ، ޢާންމު އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައި ވަނީ ޖެނުއަރީ 11 އަދި 12 ވަނަ ދުވަހަށެވެ.

އައިސީޖޭއަކީ ދުނިޔޭގެ ކޯޓުގެ ނަމުންވެސް އެ ކޯޓަކަށް ނަން ދެވޭ ކޯޓެކެވެ. އައިސީޖޭއަކީ އެކުވެރި ދަޢުލަތްތައް ނުވަތަ އދގެ ޤާނޫނީ އެންމެ މަތީ ބާރެވެ. 1945 ވަނަ އަހަރު އުފެއްދި އައިސީޖޭގެ މައިގަނޑު މަޤްޞަދަކީ ދޭދޭ ދަޢުލަތްތަކުގެ މެދުގައި އުފެދޭ އެކި މައްސަލަތައް ޙައްލު ކުރުމެވެ. އައިސީޖޭއަކީ ފަހަރެއްގައިވެސް ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު ނުވަތަ އައިސީސީއެއް ނޫނެވެ. 2 ކޯޓުވެސް ހިންގަމުން ދަނީ ނެދަރލަންޑްސްގެ ސިޓީއެއް ކަމަށް ވާ ދަ ހޭގްގައެވެ. އައިސީސީއަކީ ވަކިވަކި ފަރުދުންނާ ދެކޮޅަށް އުފުލާ ހަނގުރާމައިގެ ޖަރީމާތައް ތަޙުޤީޤު ކުރާ ކޯޓެކެވެ. އައިސީޖޭއާއި އައިސީސީއާ އޮޅުން އަރާފާނެ ކަމަށް ކުރު ޚުލާސާއެއް ބަޔާންކޮށްލީއެވެ.

15 މެންބަރުންގެ މައްޗަށް އެކުލެވޭ އައިސީޖޭގެ ފަނޑިޔާރުންގެ ޕެނަލަކީ، އިސްރާއީލުގެ މައްސަލައާ ގުޅިގެން ދެފަރާތުން ހުށަހަޅާ އިތުރު ފަނޑިޔާރަކާއެކު އިތުރަށް ފުޅާވާނެ ޕެނަލެކެވެ. މި ޕެނަލަކީ ސަރަޙައްދީ އިމުގެ ދެބަސްވުންތަކާއި، އދގެ އެހެނިހެން މުޢާހަދާތަކުން ލާޒިމުކުރާ ކަންކަމާ ދަޢުލަތްތަކުން ޚިލާފުވެގެން ހުށަހަޅާ މައްސަލަތައް ބަލާ ޕެނަލެވެ.

ދެކުނު އެފްރިކާއާއި އިސްރާއީލަކީ ވެސް 1948 ވަނަ އަހަރު އެކުލަވާލި ޤަތުލުޢާންމާ ބެހޭ މުޢާހަދާގައި ސޮއިކޮށްފައިވާ ބައެކެވެ. އެހެންކަމުން އެ މުޢާހަދާގެ ދަށުން، މައްސަލަ ބެލުމުގެ ފުރިހަމަ އިޙްތިޞާސީ ބާރު، އައިސީޖޭއަށް ލިބިގެންވެއެވެ. މައްސަލަ ދައުރުވަނީ އިސްރާއީލުން އިސްތިޢުމާރުކޮށްފައި ފަލަސްޠީނުގެ ބިންތަކުގައި ކަމަށް ވީ ނަމަވެސް، ފަލަސްޠީނުގެ ރަސްމީ ދައުރެއް މިކަމުގައި ނޯންނާނެއެވެ. ސަބަބަކީ، އދގެ މެންބަރު ދަޢުލަތެއް ކަމުގައި ފަލަސްޠީނު ނުވުމެވެ.

1948 ވަނަ އަހަރު އެކުލަވާލި ޤަތުލުޢާންމާ ބެހޭ މުޢާހަދާގައި ސޮއިކޮށްފައި ވާ އެންމެހާ މެންބަރުންގެ މައްޗަށް ލާޒިމުކުރާ ކަމެއް އޮވެއެވެ. އެއީ އެއްވެސް ޙާލެއްގައި ޤަތުލުޢާންމެއް ނުހިންގުމެވެ. އަދި ޤަތުލުޢާންމެއް ހިންގަފާނެ ހުރިހާ ކަމެއް ހުއްޓުވާ، ޤަތުލުޢާންމު ހިންގާ މުޖުރިމުންނަށް ޙައްޤު ޢަދަބު ދިނުމަށް ވެސް މުޢަހަދާ ލާޒިމު ކުރެއެވެ. މުޢާހަދާގައި ޤަތުލުޢާންމު މާނަ ކޮށްފައި ވަނީ، ވަކި ޤައުމެއް، އަޞްލެއް، ނަޞްލެއް ނުވަތަ ދީނީ ޖަމާޢަތެއް އެކީ އެކަށް، ނުވަތަ އެ ޖަމާޢަތުން ބައެއް ވިއަސް ނެތިކޮށްލުމުގެ ނިޔަތުގައި ހިންގާ ޖަރީމާގެ ގޮތުގައެވެ.

ޖެނޮސައިޑް ކޮންވެންޝަންއަކީ، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހިންގި އަނިޔާވެރިކަން ހުއްޓުވުމުގެ މަޤްޞަދުގައި އދގެ އާންމު މަޖިލީހުން ފާސްކުރި، އިންސާނީ ޙައްޤުތަކާ ބެހޭ ފުރަތަމަ މުޢާހަދާއެވެ.

އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލަ، 84 ޞަފްޙާއަށް ދެމިގެންދެއެވެ. އެ ދަޢުވާގެ ޚުލާސާއަކަށް ބަލާއިރު، ޣައްޒާގައި ފަލަސްޠީނު މީހުން މަރާ، ޣައްޒާގެ ރަށްވެހިންނަށް ޖިސްމާނީ އަދި ނަފުސާނީ އަނިޔާ ދިނުމަށްޓަކައި އިސްރާއީލުން ރާވައިގެން ހިންގަމުންދާ ޖަރީމާތަކަކީ، ޤަތުލުޢާންމެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތާ ދެކޮޅަށް ކަމަށް ބުނެ އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް 3 މަހަށް ދިގުލާ ގޮސްފައި ވާ އިރު، ޣައްޒާއަށް ބޭނުންވާ ޛަރޫރީ ކާބޯތަކެއްޗާއި، ފެނާއި، ބޭހާއި، ތެލާއި، ބޯހިޔާވަހިކަމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިޒްރޭލު ފެއިލްވެފައި ވާ ކަމަށްވެސް ދެކުނު އެފްރިކާގެ ދަޢުވާގައި ބަޔާންކޮށްފައިވެއެވެ. މެދުކެނޑުމެއްނެތި ދެމުން ގެންދާ ބޮމުގެ ޙަމަލާތަކުގެ ސަބަބުން މުޅި ޣައްޒާ ސުންނާފަތިކޮށްފައި ވާ ކަމަށާއި، ފަލަސްޠީނުގެ 1.9 މިލިއަން މީހުންގެ ގެދޮރު ގެއްލި، 23000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުވާލިކަން، ޣައްޒާގެ ޞިއްޙަތާ ބެހޭ އިދާރާތަކާ ޙަވާލާދީ، އެ ކަންވެސް ދަޢުވާގައި ވަނީ ފާހަގަ ކޮށްފައެވެ.

މި ހުރިހާ ޢަމަލަކީ ވެސް ޤަތުލުޢާންމެއް ހުއްޓުވަން އިސްރާއީލު ފެއިލްވެފައި ވާ ކަމާއި، ނުވިތާކަށް ޖެނޮސައިޑް ކޮންވެންޝަންގެ ރޫޙާ ޚިލާފަށް، ޚުދު އިސްރާއީލުން ޤަތުލުޢާންމު ހިންގާ ކަމުގެ ސާފު ހެކި ދެނިވި ޢަމަލުތަކެއް ކަމަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައިގެ ބަޔާނުގައިވެއެވެ. އިސްރާއީލުގެ އޮފިޝަލުން ހިންގަމުންދާ ޤަތުލުޢާންމުގެ ޖަރީމާ ހުއްޓުވަން އިސްރާއީލު ފެއިލްވެފައި ވާ ކަމަށް ދެކުނު އެފްރިކާއިން ބުނެއެވެ. އަދި އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް ކުއްލި ޙާލަތުގެ ފިޔަވަޅުތަކެއް އެޅުމަށް ވެސް ދެކުނު އެފްރިކާއިން ވަނީ އައިސީޖޭއަށް ގޮވާލާފައެވެ.

ޔަހޫދީ އިސްރާއީލުގެ ރައީސްގެ މަޤާމުގައި ހުރި އައިޒަކް ހަޓްޒޮގް ބުނާ ގޮތުގައި، އިސްރާއީލާ ދެކޮޅަށް އައިސީޖޭއަށް ވައްދާފައި އޮތް މައްސަލައަކީ "އަނިޔާވެރި އަދި މުޑުދާރު" އެއްޗެކެވެ. ޣައްޒާއަށް ދޭ ޙަމަލާތަކުގައި ޢާންމުންނަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ކުރެވެން އޮތް ހާ ކަމެއް އިސްރާއީލުން ކުރާ ކަމަށް ބުނެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި ޣައްޒާއަށް ދެމުން ދާ ޙަމަލާތަކަކީ މިދިޔަ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު، ޙަމާސް ޖަމާޢަތުން އިސްރާއީލަށް ކުއްލި ޙަމަލާއެއް ދީ، 1200 މީހުން މަރާ، 240 މީހަކު ރަހީނު ކުރި ކުރުމާ ގުޅިގެން ދެމުންދާ ޙަމަލާތަކެކެވެ.

އައިސީޖޭގައި ކުރިއަށް ގެންދާ މައްސަލައަށް އިސްރާއީލުން ހާޒިރު ވާނެ ކަމަށާއި، ބައިނަލްއަޤުވާމީ އިންސާނިއްޔަތުކަމުގެ ޤާނޫނުގެ ދަށުން އިސްރާއީލަށް ލިބިދޭ އަމިއްލަ ނަފުސުގެ ދިފާޢަށް ތެދުވުމުގެ ޙައްޤުގެ ބޭނުން ހިފާ، އިސްރާއީލުން ވެސް 'ފަޚްރާ އެކީ' ވަކާލާތު ކުރަމުން ދާނެ ކަމަށް ހަޓްޒޮގް ވަނީ ބުނެފައެވެ.

ނިރުބަވެރި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދާނީ ޖެނުއަރީ 11 އަދި 12 ވަނަ ދުވަހުއެވެ. ދެކުނު އެފްރިކާއާއި އިސްރާއީލަށް ވެސް އެމީހުންގެ ބަޔާންތައް ދިނުމަށް 2 ދުވަސް މަތިން 2 ގަޑިއިރުގެ ވަގުތެއް ލިބޭނެއެވެ. އެއީ ކުއްލި ޙާލަތުގައި އަޅާ ފިޔަވަޅުތަކާ އެއްކޮޅަށް، ނުވަތަ ދެކޮޅަށް ވަކާލާތު ކުރުމަށް ދެވޭ ފުރުޞަތެކެވެ. މަންޒަރު ދުށް މީހުންގެ ބަޔާންތައް ނަގާ، ސުވާލުކޮށް ކްރޮސް-އެގްޒިމިނޭޝަންގެ އެއްވެސް ކަމެއް ނުހިނގާނެއެވެ. މި އަޑުއެހުންތަކުގައި މުޅިންހެން ހުންނާނީ ދެކުނު އެފްރިކާއާއި އިސްރާއީލުގެ އޮފިޝަލުންނާއި އެމީހުންގެ ބައިނަލްއަޤުވާމީ ވަކީލުންގެ ޓީމުތަކުން ގެންނަ ގާނޫނީ ޙުއްޖަތްތަކެކެވެ.

ކުއްލި ޙާލަތުގައި ފިޔަވަޅު އެޅުމަށް އެދުމަކީ، ޙައްލަކާ ހިސާބަށް ދިއުމަށް އެތައް އަހަރެއް ނަގާނެ މައްސަލައެއްގެ ޙައްލާ ދިމާއަށް އަޅާ ފުރަތަމަ ފިޔަވަޅެވެ. ކުރިން ކިޔައި އުޅުނު ގޮތުން ނަމަ، ވަގުތީ ފިޔަވަޅުތަކަކީ ކޯޓުން މައްސަލަ ބަލަމުން ދާ އިރު، އެ މައްސަލައެއް ގޯސް ނުވާނެ ގޮތަށް ހިފެހެއްޓުމުގެ އަމުރެއްގެ ގޮތުގައި އަޅާ ފިޔަވަޅުތަކެކެވެ.

އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް ވައްދާފައިވާ ޤަތުލުޢާންމުގެ ދަޢުވާގައި އެ ކޯޓުން ގޮތެއް ނިންމާނީ ލިބިފައި ވާ ހެކިތަކަށް ރަނގަޅަށް ރިޢާޔަތް ކުރުމަށް ފަހުގައެވެ. އެކަމަށް އަހަރުތަކެއް ހޭދަ ވާނެ ކަމަށް ބެލެވެއެވެ.

މި ހަފުތާގައި ކުރިއަށް ގެންދާ އަޑު އެހުންތަކުން ނުކުންނާނެ ކަމަށް ބެލެވޭ ހަމަ އެކަނި ނަތީޖާއަކީ ކުއްލި ޙާލަތުގެ ފިޔަވަޅުތަކެކެވެ. އައިސީޖޭގެ ފަނޑިޔާރުން ގިނަ ފަހަރަށް މިފަދަ ފިޔަވަޅުތައް އަޅާއިރު، ޢާންމުކޮށް ގޮވާލަނީ، ޤާނޫނީ ދެބަސްވުންތައް ބޮޑުވެދާނެ ހުރިހާ ޢަމަލަކުން، މައްސަލާގައި ހިމެނޭ ފަރާތްތަކުން ދުރުހެލިވުމަށެވެ.

ކުއްލި ޙާލަތުގެ ވަގުތީ ފިޔަވަޅުތަކެއް އެޅުމަށް ކޯޓުން ނިންމަން ޖެހޭ ހަމަ އެކަނި ކަމަކީ، ފުރަތަމަ ނަޒަރުން ބަލާއިރު، އެ ކޯޓުގެ އިހްތިސާސް އޮންނާނެތޯއާއި، ޝަކުވާ ކުރެވޭ ޢަމަލުތަކަކީ، ނަސްލު ނައްތާލުމުގެ މުއާހަދާ ނުވަތަ ޖެނޮސައިޑް ކޮންވެންޝަންގެ ގިއުގަނޑުގެ ތެރޭގައި އެ މައްސަލައެއް ހިމެނޭތޯއެވެ. އެއިން ނިންމާ އެއްވެސް ފިޔަވަޅަކީ ކޮންމެހެން ޝަކުވާ ހުށަހަޅާ ފަރާތުން އެދިފައިވާ ފިޔަވަޅަކަށް ކޮންމެހެންނެއް ނުވާނެއެވެ.

ދެކުނު އެފްރިކާއިން ވަނީ އިސްރާއީލުން ޣައްޒާގައި ހިންގާ އަސްކަރީ ހަރަކާތްތައް ހުއްޓުމަކަށް ގެނެސް، ނަސްލު ނައްތާލުމުގެ ޤާތުލުޢާންމުގެ ހުރިހާ ހުރިހާ ޢަމަލެއް ހުއްޓުވާ، ޤަތުލުޢާންމު ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާ، އެކަމުގެ ރިޕޯޓްތައް ޤަވައިދުން އައިސީޖޭއަށް ދެމުން ދިއުމަށް އިސްރާއީލުގެ މައްޗަށް ލާޒިމު ކުރުމަށް އެ ކޯޓުގައި އެދިފައެވެ.

ކުއްލި ޙާލަތުގައި އަޅާ ފިޔަވަޅުތަކާ މެދު އައިސީޖޭއިން ނިންމާ ގޮތެއް ޢާންމު ކުރުމަށް، ހަފުތާތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

އައިސީޖޭއިން ނިންމާ ނިންމުމަކީ އިސްތިޢުނާފު ނުކުރެވޭ ގޮތަށް އިއްވާ އެންމެ ފަހު ބަހެވެ. ނަމަވެސް، އެ އިއްވާ ޙުކުމެއް ނުވަތަ ލާޒިމު ކުރާ ކަމެއް ތަންފީޒު ކުރެވޭނެ އެއްވެސް ގޮތެއް ނޯވެއެވެ. އައިސީޖޭއިން ނިންމާ ނިންމުމެއްގެ ސަބަބުން ހަމަ ޔަޤީނުންވެސް ބައިނަލްއަޤުވާމީ މައިދާނުގައި އިސްރާއީލުގެ އަގު ވަރަށް ވެއްޓިގެން ދާނެ ކަމަށް ޤަބޫލު ކުރެވެއެވެ. މިކަން ވެގެން ދާނީ ޤާނޫނީ ދާއިރާގައި އެފަދަ ނިންމުމެއް ނިންމާ ފުރަތަމަ ފަހަރަށެވެ.

އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ޤަތުލުޢާންމުތަކުގެ ދިފާޢުގައި އަބަދުމެހެން ތެދުވެ ހުންނަނީ މުޅި ދުނިޔެއަށް އަތް ގަދަ ކުރަމުން ދާ އެމެރިކާއާއި، އެމެރިކާއަށް އެއްބާރުލުން ދޭ ބައިވެރިންނެވެ.

އިޒްރޭލްދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު