Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުޅުމާލޭގެ ތަރައްގީ

ހުޅުމާލޭ ރައްޔިތުންގެ ޝަކުވާއަށް ހައްލެއް، އިންތިޚާބުކޮށްފިނަމަ ތަފާތު ފެންނާނެ: އާޒިމް

ހުޅުމާލޭގައި އެންމެ ފުރަތަމަ އާބާދުވި މީހުން ދިރިއުޅޭ ފްލެޓްތަކުގައި ލިފްޓެއް ނުހުރޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2024 | ހޮނިހިރު 09:39
އާޒިމް މާލޭގެ ގެއަކަށް ޒިޔާރަތްކުރައްވައި، އެ ގޭގެ މީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވަނީ

އާޒިމް މާލޭގެ ގެއަކަށް ޒިޔާރަތްކުރައްވައި، އެ ގޭގެ މީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވަނީ

ކުރިއަށް އޮތްތަނުގައި ތަފާތުކޮށް މަސައްކަތްކޮށް، މާލެ ސިޓީ ކައުންސިލްގެ ހަޔާތުގައި ދޭއްބައި އަހަރުން 10 އަހަރުގެ ތަރައްގީއާއި ކުރިއެރުން ފެންނާނެކަމަށް، އެމްޑީޕީގެ ކެންޑިޑޭޓް އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އާޒިމް ވަނީ، ހުޅުމާލޭގައި ހުރި މައްސަލަތަކާއި، ތަރައްގީއާ ގުޅޭގޮތުން ވަރަށް ބޮޑަށް ވާހަކަފުޅުދައްކަވާފައެވެ. އާޒިމް ވިދާޅުވީ މިހާތަނަށް އައިއިރު ވަރަށް ގިނަ އަދަދެއްގެ ހުޅުމާލޭ ރައްޔިތުންނާ ބައްދަލުކުރައްވައި، ޝަކުވާތައް އަޑުއައްސަވާފައި ވާކަމަށެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ ހުޅުމާލޭގައި އެންމެ ފުރަތަމަ އާބާދުވި މީހުން ދިރިއުޅޭ ފްލެޓްތަކުގައި ލިފްޓު ނުހުންނަ ކަމަށާއި، މިއަދު އެމީހުންނަށް ސިޑިން އަރައިފޭބުމަށް ދަތިވެފައިވާ ކަމަށެވެ. އަދި އުމުރުން ދުވަސްވުމާއެކު ގިނަ ބަޔަކު އެކަމަށް ހައްލު ހޯދައިދިނުމަށް އެދެމުންދާކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން އުސޫލާއި ގަވާއިދަށް ބެލުމަށްފަހު، ކަރަންޓު ގޮނޑި ނުވަތަ ލިފްޓެ ލެވޭނަމަ، އެކަން ކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ތަރައްގީކުރެވޭ ޕާކުތަކާ ގުޅޭގޮތުން އާޒިމް ވިދާޅުވީ، ޕާކުތައް ތަރައްގީކުރާނީ އެންމެނަށް ވެސް ފުރިހަމަގޮތުގައި ޕާކު ބޭނުންކުރެވޭ ގޮތަށް ކަމަށެވެ. އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، މާބަނޑު އަންހެނުންނާއި، ތުއްތުކުދިން ގެންގުޅޭ މީހުންނަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް ޕާކުތަކުން ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ. އަދި ވިދާޅުވީ ޕާކުތަކުގައި ފާޚާނާތައްވެސް ގާއިމްކުރައްވާނެ ކަމަށެވެ.

މިސްކިތްތަކުގެ ސާފުތާހިރުކަމަށް އިޝާރާތްކުރައްވައި އާޒިމް ވިދާޅުވީ، މިހާރު ގިނަ މިސްކިތްތަކުގެ ފާޚާނާތައް ސާފުތާހިރު ނޫންކަމަށާއި، ފާޚާނާތައް ބޭނުންނުކުރެވޭ ކަމަށެވެ. ނަމަވެސް މޭޔަރުކަމަށް އިންތިޚާބުކޮށްފިނަމަ މިސްކިތްތަކުގެ ފާޚާނާތައް މަރާމާތުކޮށް، ސާފުތާހިރު ތަންތަނަށް ހައްދަވާނެކަމަށާއި، މިސްކިތްތައް ބެލެހެއްޓުމަށް އިސްކަން ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ސިޓީ ކައުންސިލަށް އަހަރެއްގެ މައްޗަށް 85 މިލިއަން ވަންނަނަމަ، އެ އަދަދު ވަރަށް ބޮޑު އަދަދަކަށް ބަދަލުކުރައްވާނެ ކަމަށާއި، އިންވެސްޓްކުރަން އެނގިވަޑައިގަންނަވާ ކަމަށެވެ. މާލެސިޓީ ތަރައްގީކުރާނެ ޕްލޭންތައް އެބަހުރިކަމަށާއި، ވެހިކަލް ފީތަކުން ވެސް ގިނަ އަދަދެއްގެ ފައިސާ ވަންނަ ކަމަށެވެ. ނަމަވެސް ފާއިތުވެދިޔަ އަހަރުތަކުގައި މާލެސިޓީ ކައުންސިލަށް ވަންނަ ފައިސާއިން މާލޭގެ ތަރައްގީއަށް ކުރި މަސައްކަތެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީއަށް އިޝާރާތްކުރައްވައި އާޒިމް ވިދާޅުވީ، ފުރަތަމަ މަގާމާ ހަވާލުވެވަޑައިގަތްއިރު، އެމްޓީސީސީގައި ހުރީ 2 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ތިން އަހަރުގެ ތެރޭގައި 5 ބިލިއަން އެސެޓް ހައްދަވާފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ. އާޒިމް ވިދާޅުވީ މިހާރުވެސް އެގޮތަށް މަސައްކަތް ކުރެއްވޭނެކަމަށާއި، ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

އާޒިމް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓުން މެނިފެސްޓޯ ކޮޕީކުރާ ކަމަށާއި، މެނިފެސްޓޯ ކޮޕީކުރަނީވެސް އެ ތަސައްވުރު މާބޮޑަށް ރަނގަޅުވުމުން ކަމަށެވެ. ނަމަވެސް އެބޭފުޅުންނަށް ފުރުސަތު ލިބިވަޑައިގެން، ނަތީޖާ ދެއްކެވިފައި ނުވާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މޭޔަރު ކަމަށް އިންތިޚާބުކޮށްފިނަމަ ތަފާތު ފެންނާނެ ކަމަށާއި، ސިޓީ ކައުންސިލްގެ ހަޔާތުގައި ދެ އަހަރާއި ބައިން، 10 އަހަރުގެ ތަރައްގީއާއި ކުރިއެރުން ފެންނާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު