Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިވޭ އަޑުތަކުގެ ތެދުދޮގު ބެލުން

އިވޭ އަޑުތަކުގެ ތެދުދޮގު ބެލުމަށް ރައީސް ގޮވާލެއްވުން - ރައީސަށް މިކަމުގައި މިސާލު ދެއްކުނީ ކިހާ ވަރަކަށް؟

2 ޖެނުއަރީ 2024 | އަންގާރަ 04:10

މައުލޫމާތު އޮޅުންފިލުވަން ބައެއް ވަޒީރުންނަށް ގުޅަން އުނދަގޫ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 ޖެނުއަރީ 2024 | އަންގާރަ 04:10
ރައީސް ޑރ. މުޙައްމަދު މުއިއްޒު، ޕީއެންސީގެ 'ފެށުން' ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ޕީއެންސީގެ 'ފެށުން' ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

އައު އަހަރު ފެށުނު އިރު ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި ލައްކަ ގިނަ ކަންކަން ފާހަގަކުރެއްވިއެވެ.

އެ ހިތާބުގައި ދެއްކެވި އެއް ވާހަކަފުޅަކީ މި ފެށުނު އައު އަހަރަކީ އިވޭ އަޑުތަކާއި ލިބޭ މައުލޫމާތުގެ ތެދުދޮގު ވަކިކުރާ އަހަރަކަށް ހެދުމަށް ދެއްވި އިރުޝާދެވެ. ޤައުމުގެ ތަރައްގީއަށްޓަކައި ވިސްނުންތެރިކަމާއި ހަމަޖެހުން ބޭނުންވާ ކަމަށް ވެސް މިދެންނެވި ހިތާބުގައި އެމަނިކުފާނު ވިދާޅުވިއެވެެ. ހަމައެހެންމެ މި ފެށުނު އައު އަހަރު ލިބޭ މައުލޫމާތުގެ ތެދުދޮގު ވަކިކުރާ އަހަރަކަށް ހެދުމަށާއި ނަފުސުގެ ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހެދުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

މި އިލްތިމާސްއަކު އޭގެ ޒާތަކު ގޯހެއް ނެތެވެ. ރައީސްގެ އެ އެދިވަޑައިގެންވުމުގައި ވެސް ގޯހެއް ނެތެވެ. އެކަމަކު ރައީސް އެ ދެއްވި އިރުޝާދަށް ޚުދު ރައީސަށް އަމަލުކުރެވުނީ ކިހާ މިންވަރަކަށްތޯ މިއީ ކޮށްލުން މުހިންމު ސުވާލެކެވެ. ޤައުމުގެ ވަލީއުލްއަމްރުގެ ހައިސިއްޔަތުން އެފަދަ އެދިވަޑައިގެންނެވުމެއް އޮތްކަން ހާމަކުރެއްވި އިރު އެކަމަށްޓަކައި އެމަނިކުފާނު ދެއްކެވި މިސާލަކީ ކޮބާތޯ ވެސް ބަލާލަން ޖެހޭ ނޫންތޯއެވެ؟

ރައީސްގެ އަމަލުފުޅުތަކަށް ބަލާލީމަ އެ ވިދާޅުވި އިވޭ އަޑުތަކާއި ލިބޭ މައުލޫމާތުގެ ތެދާއި ދޮގު ބެއްލެވުމުގައި ރައީސަށް އެކަށީގެންވާ މަސައްކަތެއް ކުރެވުނުކަމަކަށް ދެންނެވޭކަށް ނެތެވެ. އެންމެ ކައިރިން އިހަކަށް ދުވަހު މެންބަރުންތަކެއް އެމަނިކުފާނު ނިސްބަތްވާ ޕީއެންސީ އަށް ސޮއިކުރެއްވި ރަސްމިއްޔާތުގައި އެ ދެއްކެވި ވާހަކަފުޅުތަކައް ނިކަން ބަލާށެވެ. ވިދާޅުވި ވާހަކަފުޅަކީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގެ މެންބަރުންތަކެއް އިންޑިއާ ސަފީރާއި ބައްދަލުކުރެއްވި ވާހަކަފުޅެވެ. ރައީސް އެ ވާހަކަފުޅު ދެއްކެވުމުން އެ ވާހަކަ ޤަބޫލުކޮށްގެން ބައެއް ނޫސްވެރިން އެ ވާހަކަތައް ލިޔަން ފެށިއެވެ. އަނެއް ބަޔަކު އެ ވާހަކަ މީސްމީޑިއާގައި ފޮނިތޮށިކާފޫރު އިތުރުކޮށްގެން ދައްކާ ހަދައިފިއެވެ.

އެކަމުގެ ސަބަބުން އެމްޑީޕީގެ މެންބަރުންތަކަކަށް އެތައް ތުހުމަތުތަކެއް ވެސް ބަޔަކު ކޮށްފިއެވެ. އެކަމަކު ފަހުން އެނގުނުކަމަކީ ރައީސް އެ ދެއްކެވި ވާހަކަފުޅަކީ އެއްވެސް ހަގީގަތެއް ނެތް ބުހުތާން ދޮގު ވާހަކަތަކެއް ކަމެވެ. ކަން ހިނގި ގޮތައް ބަލާލި އިރު މި ވާހަކަ އަކީ މިއީ އެމަނިކުފާނު ނިސްބާތްވާ ޕާޓީގެ މަދު އެކްޓިވިސްޓުން ކޮޅަކު ފެތުރި ޔޯލަ ޚަބަރެކެވެ. އެކަމަކު ކަމުގެ ހަގީގަތް ބެއްލެވުމެއް ނެތި މުޅި ޤައުމުގެ ރައްޔިތުންނަށް ފެންނާނެހެން ވަގުތުން މަންޒަރުތައް ގެނެސްދިން ޖަލްސާއެއްގައި އެ ވާހަކަފުޅު ދެއްކެވުމުގެ ކުރިން ފެކްޓް ޗެކްކުރެއްވުން ރައީސް އަށް މުހިންމުވެ ވަޑައިގަތްތަނެއް ނުފެނުނެވެ. ފަހަރުގައި ތެދުދޮގު ބައްލަވަނީ ހަމައެކަނި ރުހޭ ބޭފުޅުންނާމެދު ޚަބަރެއް ލިބިވަޑައިގެންނެވުމުން ކަމަށް ވެސް ވެދާނެ އެވެ. މެންބަރުން އިންޑިއާ އެމްބެސެޑަރާ ބައްދަލުކުރެއްވިކަމަށް ރައީސް ދެއްކެވި ވާހަކަފުޅު ދޮގުކޮށް އިންޑިއާ އެމްބަސީން ވެސް ވަނީ އެ ޚަބަރަށް "ފޭކް ނިއުސް" ގެ ޓެގްދީފައެވެ. ކިހާ ބޮޑު ލަދެއްތޯއެވެ؟ ޤައުމުގެ ވަލީއުލްއަމުރަކަށް ހުންނަވާ ބޭފުޅަކު މިފަދަ ކަންކަން ކުރެއްވީމަ ދެން އާއްމުން ފާޑު ނުކިޔާ ނުތިބޭނެ ނޫންތޯއެވެ.

އަދި މިއީ މިފަދަ ކަންކަން ފެނުނު ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. ވެރިކަމަށް ވަޑައިގެންނެވީ ވެސް އެ ވިދާޅުވާ ތެދުދޮގު ކަށަވަރުނުވާ "ދޮގު" ވިއްކަވައިގެންނެވެ. ކެމްޕެއިން ކުރެއްވީ ދޮގު ދޮލަނގަކަށް ލައިގެން އެ ދޮގުތައް ބައްސަވައިގެންނެވެ. ހާހުން ހާހުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ވާހަކައެވެ. އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ތިބި ވާހަކައެވެ. ރާއްޖޭގެ ކަނޑު ވިއްކާލި ކަމުގެ ވާހަކައެވެ. މިހެން ގޮސް މިކަހަލަ ސާބިތު ނުހިފޭ ކިތަންމެ ވާހަކައެކެވެ. މިފަދަ ކިތަންމެ ކަމެއް އެ ވިދާޅުވާ ތެދާއި ދޮގު ކަށަވަރުނުވާއިރު ވެސް ސިޔާސީ މަންފާއަށް ޓަކައި ދައްކަވައިފިއެވެ. އެފަދަ ދޮގު ވާހަކަތަކައް ހިތްވަރު ވެސް ދެއްވައިފިއެވެ. އެ ވާހަކަތަކުގެ ބޭނުން ސިޔާސީ ޕޯޑިއަމްތަކުގައި ހިފައިފިވެސްމެއެވެ.

ދެން އަނެއްކަމަކީ ތެދާއި ދޮގު ވަކިކުރަން އޮތް މަގު ހަނިކުރާ ހަނިކުރެއްވުމެވެ. މީޑިއާ އަށް ހުރަސް އެޅުމާއި މީޑިއާއާ އޮތް ބީރައްޓެހިކަން ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް މުއިއްޒު ދަނީ ދައްކަވަމުންނެވެ. ސަރުކާރުގެ ޕޮލިސީ ލެވެލްގައި ޖަވާބުދެވޭ އެތައް ބަޔަކު ތިއްބެއްކަމަކު ކަންކަމުގައި ސާފު ޖަވާބެއް ނުދެވެއެވެ. ހިންގާ މަޝްރޫޢުތަކުގެ މައުލޫމާތުތައް ކުރަނީ ސިއްރެވެ. މާލީ ހިސާބުތައް ހާމައެއް ނުކުރައްވައެވެ. ބިޑްކުރުމަކާއި ނުލާ ހިންގާ ކަންކަމާއި، ސަރުކާރުގެ ތެރެއިން ހިނގާ ނޭއްގާނީ ކަންކަމާ މެދު ސުވާލުކުރުމަށް އޮތީ ހަނި ފުރުސަތެކެވެ. އެހެންވީމަ މި މަގުން ބެލި ނަމަވެސް މަނިކުފާނާއި މަނިކުފާނުގެ ސަރުކާރަށް ދެއްކެމުން ދަނީ ރަނގަޅު މިސާލެއް ނޫނެވެ.

ތެދާއި ދޮގު ވަކިކޮށް ޚަބަރުތައް ސައްހަކުރަން ފުރުސަތު ދެއްވާށެވެ. އެ އިލްތިމާސް ފުރިހަމަ ކުރެވޭނީ އޭރުންނެވެ. އަދި ޚުދު މަނިކުފާނު ވެސް އެ މިސާލު ދައްކަވާށެވެ. ދެން ވެސް ޕޯޑިއަމްއަށް އަރާ ވާހަކަފުޅު ދެއްކެވުމުގެ ކުރިން ރަނގަޅު މަސްދަރެއް މެދުވެރިކޮށް ފެކްޓް ޗެކްކުރައްވާށެވެ. ވަޒީރުންނަށް ނޫސްވެރިންނަށް ޖަވާބުދާރީވާން ބާރު އަޅުއްވާށެވެ. ތިޔަ ވިދާޅުވާ ތެދާއި ދޮގު ސާފުވާނީ އޭރުން ނޫންތޯއެވެ؟

ޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
03 ޑިސެމްބަރު 2025

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު

03 ޑިސެމްބަރު 2025
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް