Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާލެ އަށް ކުރި ވިއްސާރަ

މާލެއަށް ކުރި ވިއްސާރައިގައި ގެއްލުންވި 164 ގެއަށް ލިބުނު ގެއްލުންތައް ދެނެގަންނަނީ

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ، ފ. ނިލަންދޫ، ކ.ގުރައިދޫ، ލ.ގަން އަދި ފޮނަދޫ އަދި ކ. ގުރައިދޫގެ ގެތަކަށް ވިއްސާރައިގައި ގެއްލުން ލިބިފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2024 | ހޯމަ 13:09
އެންޑީއެމްއޭ އިން މޫސުމާއި ގުޅިގެން މާލެ އަށް ލިބުނު ގެއްލުންތައް ދެނެގަންނަން މަސައްކަތްކުރަމުން ދަނީ

އެންޑީއެމްއޭ އިން މޫސުމާއި ގުޅިގެން މާލެ އަށް ލިބުނު ގެއްލުންތައް ދެނެގަންނަން މަސައްކަތްކުރަމުން ދަނީ

އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި ގެއްލުންވި 164 ގެއަށް ލިބިފައިވާ ގެންލުންތައް ވަޒަންކުރުމަށް އެސެސްމަންޓް ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުން ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އެންޑީއެމްއޭއިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނިގޮތުގައި ގެއްލުންތައް ވަޒަން ކުރުމަށް އެން.ޑީ.އެމް.އޭ އާއި އެކު ފުލުހުންނާއި، ސިފައިން، ވެމްކޯ، އަދި މޯލްޑިވިއަން ރެޑްކްރެސެންޓުން ވަނީ ބައިވެރިވެފައެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހު ކުރި ވިއްސާރަ އާއި ގުޅިގެން އާދިއްތަ ދުވަހުގެ ރޭގެ ނިޔަލަށް 140 ގެއަކަށް ގެއްލުންވެ 11 ގެއަކުން 54 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ. އެގޮތުން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ މާލެއަށް ހޮނިހިރު ދުވަހުގެ ރޭގެ މެންދަމުން ފެށިގެން ވެހެމުން އައި ވާރޭގައި އާދީއްތަ ދުވަހުގެ މެންދުރާ ހަމައަށް 140 ގެއަކަށް އެކިވަރުގެ ގެއްލުން ލިބުނު ކަމަށެވެ.

މި ވިއްސާރަ އާއި ގުޅިގެން މާލޭގެ ގެތަކަށް ފެންވަނުމާއި، ބިމު އަޑިން ފެން އެރުމާއި، ފެން ލީކުވެފައި ހުރިކަން، ކަމާއި ގުޅުން ހުރި އިދާރާތަކުން ފާހަގަކުރެއެވެ. ގެތަކަށް ލިބުނު ގެއްލުން ދެނެގަނެ ގެއްލުން ލިބުނު ގެތަކުގައި ދިރިއުޅެމުން ދިޔަ ފަރާތްތައް އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކަމާއި ބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އެ މަސައްކަތް ކުރަމުން ދަނީ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި ރެޑް ކްރެސެންޓާއި ފުލުހުންނާއި ސިފައިން އަދި އެޗްޕީއޭއާއި ސިޓީ ކައުންސިލް ގުޅިގެންނެވެ. އަދި ބައެއް ކުންފުނިތަކުން ދަނީ މި މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އާދިއްތަ ދުވަހު ލިބުނު ގެއްލުންތަކުގެ ތެރޭގައި 12 ގެއަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ. އާދިއްތަ ދުވަހު 63 މީހަކު އެހެން ރައްކާތެރި ތަންތަންނަށް ބަދަލުކުރި ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ. އެގޮތުން 28 ކޮޓަރި ހޯދާ ބަދަލުކުރުމުގެ މަސައްކަތްކޮށްފައިވެއެވެ. އެ މަސައްކަތް ކުރީ އެމްޓީސީސީގެ ބަސްތައް ބޭނުންކޮށްގެންނެވެ.

މި ވިއްސާރަ އާއި ގުޅިގެން ލިބުނު ގެއްލުންތަކުގެ ތަފްސީލީ ރިޕޯޓެއް 2 ދުވަހުގެ ތެރޭގައި އެކުލަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވަނީ މި ހަފްތާގެ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައެވެ. އަދި ވިއްސާރަ އަލިވިހާ އަވަހަށް ތަންތަނަށް ގޮސް ހިފާ ގެންގުޅޭ ތަކެތި އަދި ސްޓަރކްޗަރއަށް ލިބިފައިވާ ގެންލުން ބަލާފައި ސަރުކާރުން އެކަމާއި ގުޅޭ އެހީ ފޯރުކޮށްދޭނެ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެހެން ހިސާބުތަކަށް ވެސް ވަނީ ގެއްލުންވެފައެވެ. އެގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ އިތުރުން ގެއްލުން ލިބުނުކަމުގެ ރިޕޯޓުތައް ލިބިފައިވާ ރަށްތަކުގެ ތެރޭގައި ފ. ނިލަންދޫ، ކ.ގުރައިދޫ، ލ.ގަން އަދި ފޮނަދޫ އަދި ކ. ގުރައިދޫ ހިމެނެއެވެ.

އެންޑީއެމްއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

އަންގާރަ ދުވަހު ކުރި ވިއްސާރައިގައި ހެނބަދުއަށް ބޮޑެތި ގެއްލުން ތަކެއް

އަންގާރަ ދުވަހު ކުރި ވިއްސާރައިގައި ހެނބަދުއަށް ބޮޑެތި ގެއްލުން ތަކެއް

17 ޑިސެމްބަރު 2024
އަލިފާނުގެ ހާދިސާއާއި ގުޅިގެން 50 މީހުން އެހީތެރިކަމަށް އެދިފައިވޭ - އެންޑީއެމްއޭ

އަލިފާނުގެ ހާދިސާއާއި ގުޅިގެން 50 މީހުން އެހީތެރިކަމަށް އެދިފައިވޭ - އެންޑީއެމްއޭ

12 ޑިސެމްބަރު 2024
ކުރިއަށް އޮތް 5 ދުވަހު ވައި ވަރަށް ގަދަ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

ކުރިއަށް އޮތް 5 ދުވަހު ވައި ވަރަށް ގަދަ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

06 އޮކްޓޯބަރު 2024
މޫސުން ގޯސްވެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

މޫސުން ގޯސްވެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

21 މެއި 2024
މިހާރު ކުރަމުންދާ ވިއްސާރަ - ވ، ދ، ފ އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ ބައެއް ގޭގެއަށް ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވޭ

މިހާރު ކުރަމުންދާ ވިއްސާރަ - ވ، ދ، ފ އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ ބައެއް ގޭގެއަށް ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވޭ

19 މެއި 2024

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު