Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިޚާބަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު

އެންޑީއެމްއޭއިން އިންތިޚާބަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތުކޮށް އީސީއަށް މައްސަލަ ހުށަހަޅައިފި

ހާލުބެލުމުގެ ނަމުގައި މާލޭގެ 400 އެއްހާ ގޭގެއަށް ވަދެފުޅާ ދާއިރާއެއްގައި ކެންޕޭއިން ހަރަކާތްތެއް ހިންގުމަށް ރާވާކަމަށް މައުލޫމާތު ލިބޭ

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖެނުއަރީ 2024 | ހޮނިހިރު 08:53
ވޯޓުލުން ކުރިއަށްދަނީ

ވޯޓުލުން ކުރިއަށްދަނީ

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މާލޭސިޓީ މޭޔަރު އަދި މާލޭސިޓީ ކައުންސިލަރުންގެ ބައި-އިލެކްޝަންއަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތުކޮށް އިލެކްޝަން ކޮމިޝަން (އީސީ)އަށް މައްސަލަ ހުށަހަޅައިފިއެވެ.

ރާއްޖެއެމްވީއަށް ވަނީ މައްސަލަ ހުށަހެޅި ފޯމުގެ ކޮޕީއެއް ލިބިފައެވެ.

މައްސަލާގައި ބުނެފައިވަނީ އިއްޔެ މާލެއަށް ކުރި ވިއްސާރައާ ގުޅިގެން ކަމަށް ބުނެ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ސަރުކާރުގެ ފަރާތުން ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އިސްވެ އޮވެ ދުރާލާ ތައްޔާރުވެގެން ސަރުކާރުގެ 5 ކުންފުންޏެއްގެ އޮފިޝަލުން ހިމެނޭ ގޮތަށް ހާލު ބެލުމުގެ ނަމުގައި މާލޭގެ 400 އެއްހާ ގޭގެއަށް ވަދެ ފުޅާ ދާއިރާއެއްގައި ކެންޕޭއިން ހަރަކާތްތެއް ހިންގުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިއަދުގެ މިހަރަކާތަކީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރައްޔިތުންނާއި ބައްދަލުކޮށް ތަފާތު ކަންކަން ކޮށްދޭން ވައުދުވެ ހޯދާ ފުރުސަތެއްގެ ގޮތުގައި އަދި ސަރުކާރަށް ތާއީދުކޮށް ވޯލުމަށް މީހުން ނެރުމަށް ހިންގާ ހަރަކާތެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އެހެންކަމުން މިކަން ހިންގުމުގެކުރިން މިކަން ސަމާލުކަމަށް ގެނައުމަށާއި، މިކަން ފެށިއްޖެނަމަ ހުއްޓުވުމަށާއި، މިމައްސަލަ ބަލައިދިނުމަށް ވަނީ އެދިފައެވެ.

އެންޑީއެމްއޭއިން އިންތިޚާބަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތުކޮށް މައްސަލަ ހުށަހަޅާފައިވާއިރު، ސޯޝަލް ސެންޓަރގައި ސިޔާސީ ޕާޓީއަކުން ކޯލްސެންޓަރ ހިންގާ ކަމަށް ބުނެ ރަސްމީކޮށް އީސީ އަށް ވަނީ ޝަކުވާ ހުށަހަޅާފައެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެތަނުގައި ތިބީ އިދާރީ މުވައްޒަފުންތަކެއް ކަމަށް އެނގިފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަންއެންޑީއެމްއޭ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު