Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެޑިކަލް ޗެކަޕްގެ ޚިދުމަތް

ސިޔާސަތު އެކުލަވާލައި، މިއަދުން ފެށިގެން 50 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް ހަމަޖައްސައިފި

35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނާއި، 19 އަހަރުން ދަށުގެ ކުދިންނަށް 1 އޭޕްރީލްއިން ފެށިގެން ޚިދުމަތް ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2024 | ހޯމަ 08:40
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް ޚާއްސަ ސިޔާސަތެއް އެކުލަވާލައި 50 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގައި މިކަން ތަންފީޒު ކުރެއްވުމަށް ހިމަނުއްވާފައިވެއެވެ.

Advertisement - newsAdvertisement

މިމަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީި މި ޕްރޮގްރާމްގެ މަގުސަދަކީ ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގުފަހިކުރުމާއި، ދިވެހިރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ސަގާފަތެއް އަށަގެންނެވުމާއި، އަދި  ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް ބަދަލުގެނެސް ބަލިތަކުން ރައްކާތެރިވެތިބުމަށް ސަމާލުކަންދޭ ޖީލެއް ބިނާކުރުން ކަމަށެވެ.

މެޑިކަލް ޗެކަޕް ޚިދުމަތް ފޯރުކޮށްދިނުމާއި ގުޅޭގޮތުން އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ މެޑިކަލް ޗެކަޕް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރެވިފައިވަނީ ކަމާގުޅޭ ފަންނީ އެންމެހާ ފަރާތްތަކުގެ ލަފާ އަދި އިރުޝާދުގެ ދަށުން ކަމަށެވެ. އެގޮތުން އެކިއެކި އުމުރުފުރާތަކަށް ޚާއްސަކޮށް ޕެކޭޖްތައް އެކުލަވާލާފައިވަނީ ކަމާގުޅުންހުރި ޑޮކްޓަރުން އަދި ފަންނީ މާހިރުންގެ މަޝްވަރާއާ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

އެކިއެކި އުމުރުފުރާތަކަށް މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ތަންފީޒުކުރުމަށް ހަމަޖެހިފައިވާ ގޮތަކީ އުމުރުން 50 އަހަރުން މަތީ މީހުންނަށް 1 ޖަނަވަރީ 2024 އިން ފެށިގެން ޚިދުމަތް ލިބޭއިރު، 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނާއި، 19 އަހަރުން ދަށުގެ ކުދިންނަށް 1 އޭޕްރީލް 2024 އިން ފެށިގެން ޚިދުމަތް ލިބޭނެއެވެ. އަދި 19 އަހަރާއި 34 އަހަރާއި ދެމެދު މީހުންނަށް 1 ޖުލައި 2024 އިން ފެށިގެން ޚިދުމަތް ލިބޭނެ އެވެ.

މީގެ އިތުރުން އާސަންދައިން ބުނީ ސްކޫލް ސްކްރީނިންގ ޕްރޮގްރާމް މުރާޖަޢާކުރުމަށްފަހު ތަންފީޒުކުރާނެ ކަމަށެވެ.

މި ޚިދުމަތް ލިބިގަތުމަށް ޚިދުމަތް ހޯއްދުމަށް ބޭނުންވާ މަރުކަޒަކަށް (ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި، އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތައް އަދި މާލޭ ސިޓީގައި ނަމަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް އަށް) ގުޅައި މެޑިކަލް ޗެކަޕް އަށް އެދި ނަންނޯޓް ކުރުމަށް 1 ޖަނަވަރީ 2024 އިން ފެށިގެން ހުޅުވާލެވޭނެއެވެ.

އެޕޮއިންޓްމަންޓް ހަމަޖެހޭ ތާރީޚުގައި އެ މަރުކަޒަކަށް ދިއުމުން ޚިދުމަތް ލިބޭނެއެވެ.

މެޑިކަލް ޗެކްއަޕްއާސަންދަހީނާ ވަލީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން ރައީސް މުއިއްޒުއާ ކުރައްވާ ސުވާލު ކުރިން ހުށަހަޅަން ނުޖެހޭ ކަމަށް ހީނާ ވިދާޅުވެއްޖެ

ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން ރައީސް މުއިއްޒުއާ ކުރައްވާ ސުވާލު ކުރިން ހުށަހަޅަން ނުޖެހޭ ކަމަށް ހީނާ ވިދާޅުވެއްޖެ

28 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާ ގައި ބޮޑެތި ވަގުން އެއްތަން ކޮށްފައިވޭ، އެންމެ ފުރަތަމަ ފެނުނީ 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން ހީނާ: ކުރީގެ ރައީސް ޔާމީން

ޕީއެންސީ ޖަލްސާ ގައި ބޮޑެތި ވަގުން އެއްތަން ކޮށްފައިވޭ، އެންމެ ފުރަތަމަ ފެނުނީ 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން ހީނާ: ކުރީގެ ރައީސް ޔާމީން

21 ނޮވެމްބަރު 2025
މުއިއްޒުގެ 50 މިލިއަން ރުފިޔާގެ ބޮޑު ޖަލްސާ ހީނާގެ ޑްރާމާ އިން ބޮޑު ފްލޮޕަކަށް

މުއިއްޒުގެ 50 މިލިއަން ރުފިޔާގެ ބޮޑު ޖަލްސާ ހީނާގެ ޑްރާމާ އިން ބޮޑު ފްލޮޕަކަށް

19 ނޮވެމްބަރު 2025
އަންހެނަކަށް ވީތީ ބުލީ ކުރާ ކަމަށް ބުނި ހީނާ އިސްވެ ހުރެ އެތައް އަންހެނުންނަށް ބުލީ ކުރި ވަރު މަދެއް ނޫން!

އަންހެނަކަށް ވީތީ ބުލީ ކުރާ ކަމަށް ބުނި ހީނާ އިސްވެ ހުރެ އެތައް އަންހެނުންނަށް ބުލީ ކުރި ވަރު މަދެއް ނޫން!

15 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު