Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މުއިއްޒު ރަސްގެފާނު

"ބޮޑު ރަސްގެފާނު، މުއިއްޒު"- މުއިއްޒާ ރަސްކަމާ އޮތީ ކޮން ގުޅުމެއް؟

މުއިއްޒު އިސްވެ ތަރައްގީކުރެއްވި ގިނަ ތަންތަނަށް ރަސްކަމާ ގުޅުންހުރި ނަންތައް ދެއްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2023 | ބުރާސްފަތި 14:07
މަސީން، ރައީސް މުއިއްޒަށް ބޮޑު ރަސްގެފާނުގެ ލަގަބު އަރުވަނީ

މަސީން، ރައީސް މުއިއްޒަށް ބޮޑު ރަސްގެފާނުގެ ލަގަބު އަރުވަނީ

މިއަދު ދިވެހިން މި ދެކޭ ޒަމާނީ ޑިމޮކްރަސީ ފެނުމުގެ ކުރިން، އަދި ރައީސްކަމުގެ ދައުރު ގެނެސްދިން ޖުމްހޫރިއްޔަތު ފެށުމުގެ ކުރިން ދިވެހިރާއްޖޭގައި ވެރިކަންކުރަމުން އައީ ރަސްރަސްކަލުންނެވެ. ދިވެހިންގެ މައްޗަށް ކަންކަމުގައި ބަސްވިދާޅުވަމުން އައީ، އެއިރަކު ރަސްކަމުގެ ސިންގާސަނާގައި ރެނދަލިކުރައްވާ ބޭފުޅެކެވެ. ގައުމުގެ ހުރިހާ ކަމެއްގައި އިސްބަސް އިއްވަވާ ބޭފުޅަކީ މި ދެންނެވި ރަސްގެފާނެވެ. ޝަރުއީ، އިޖުތިމާއީ އަދި ސިޔާސީ ކަންކަމުގައި ވެސް ރަސްގެފާނުގެ ބަސްފުޅަކީ ފަހުބަހެވެ. ކަން މިހެން ހުރިއިރު މިއަދު ދިވެހިން މިވަނީ އެ ދުވަސް މާޒީކޮށްފައެވެ.

މިއަދު ދިވެހިންގެ ވެރިއަކަށް ހުންނަވާނެ ބޭފުޅަކު ނިންމަނީ ދިވެހިންނެވެ. މިއަދު ރާއްޖޭގައި އޮތީ ރައްޔިތުންގެ ވެރިކަމެކެވެ. ކޮންމެއަކަސް، ރަސްރަސްކަލުންގެ ވެރިކަމާއި ރައްޔިތުން ހޮވާ ރައްޔިތުންގެ ވެރިޔަކު މެދުވެރިވެގެން ހިނގާ ރައްޔިތުންގެ ވެރިކަން މިއީ ވަރަށް ތަފާތު ދެ ވެރިކަމެކެވެ. ތާރީޚަށް ބަލާނަމަ، ރާއްޖޭގައި 812 އަހަރު ވަންދެން ދިވެހިން ވަނީ ރަސްކަން ތަޖުރިބާކޮށްފައެވެ. އެ މާޒީ ބަދަލުކޮށްލެއްވީ، 1953 ވަނަ އަހަރު ސުމުއްވުލް އަމީރު މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނެވެ. އެއީ ރާއްޖޭގެ ރައްޔިތުންގެ މައްޗަށް ހިންގާންވީ ރަސްގެފާނުގެ ވެރިކަމެއްތޯ ނުވަތަ ރައްޔިތުންގެ ވެރިކަމެއްތޯ ބެލުމަށް ނަގާފައިވާ ވޯޓާއެކުގައެވެ. އޭރު ރައްޔިތުން ނިންމި ނިންމުމަކީ، ރައްޔިތުންގެ ބާރު ރައްޔިތުންނަށް ދިނުމެވެ. ރައްޔިތުން ނިންމީ އެ ރައްޔިތުންގެ މައްޗަށް ހިންގާންވީ ރައްޔިތުންގެ ވެރިކަމެއްކަމުގައެވެ.

އޭގެ ފަހުން ރާއްޖޭގެ ރައްޔިތުން ކަނޑައެޅި ވެރިއެއްގެގޮތުގައި 1 ޖެނުއަރީ 1953ގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ވެރިޔަކީ މުހައްމަދު އަމީން ދީދީއެވެ. އޭރު ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ކޮށްދެއްވީ ރައްޔިތުންގެ ވެރިކަމެކެވެ. ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ވަނީ ރަސްކަމުގެ ކޮއިލުތަކާއި ރަސްކަމުގެ ހައިބަތު ދައްކުވައިދޭ ބިނާތައްވެސް ބަދަލުކުރައްވާފައެވެ. އެމަނިކުފާނު ގެންދެވީ، އެ ތަންތަނަކީ ރައްޔިތުންގެ ތަންތަން ކަމުގައި ހައްދަވަމުންނެވެ.

ކަންދިމާކުރި ގޮތަކީ ރަސްކަމުގެ ލައްޒަތާއި ބާރުވެރިކަން ބޭނުންވާ، ބާރުވެރި ފަރާތްތަކަކުން ރާވައިގެން އަމީން ދީދީގެ ވެރިކަން ބަދަލުކުރުމެވެ. ވެރިކަމުގެ އެންމެ 244 ދުވަސް ފަހުން އަމީންދީދީގެ ވެރިކަން ބަދަލުކުރިއެވެ. ވެލާނާގޭ އިބްރާހީމް ދީދީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މަދު ދުވަސްކޮޅެއްގެތެރޭގައި އަނެއްކާވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްގެފާނުގެ ވެރިކަމަކަށް ދީލާލިއެވެ. ދެން ރަސްކަމާ ހަވާލުވެވަޑައިގަތީ މުހައްމަދު ފަރީދު ދީދީއެވެ.

މުޙައްމަދު ފަރީދުދީދީގެ ރަސްކަމުގެ 4 އަހަރަށްފަހު އަނެއްކާވެސް ރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް އުފަންވެގެން ދިޔައެވެ. 1968 ވަނަ އަހަރު އެ ވެރިކަން އައިއިރު، މި ފަހަރު ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވަޑައިގެންނެވި ބޭފުޅަކީ ސުމުއްވުލް އަމީރު އިބްރާހީމް ނާސިރެވެ. އޭގެފަހުން މިއަދާ ހަމައަށް ރާއްޖޭގައި ދިވެހިން ދެކެމުންދަނީ ރައްޔިތުންގެ ބަސް ހިނގާ، ދިވެހީންގެ ވެރިކަމެކެވެ.

އެ ވެރިކަމުގައި ރައްޔިތުން ތަމްސީލްކުރާ މަންދޫބުން ބަދަލުވެއެވެ. ކޮންމެ ފަސް އަހަރަކުން ބަދަލުވަމުން އައެވެ. މިއަދު މިދެކޭ ޒަމާނީ ޑިމޮކްރަސީގެ ދަތުރު ފެށިފަހުން 2012 ވަނަ އަހަރު ފިޔަވައި ރާއްޖޭގައި ވެރިކަންކުރި ހުރިހާ ރައީސުން ހޮވީ ރައްޔިތުންނެވެ. އޭރު ސިޔާސީ ހާލަތު އޮތްގޮތުން ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމުން ވެރިކަމާ ހަވާލުވެވަޑައިގަތީ ނައިބު ރައީސްކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަނެވެ.

2012 ވަނަ އަހަރު، އޭރު އޮތް ވެރިކަން މަގުމަތިން ބަދަލުކޮށްލުމުގެ ފަހަތުގައި އޮތީ އޭރު މަގުމަތީގައި ހިންގި ސީދާ ހަރަކާތްތަކެވެ. ކޮންމެއަކަސް ޑރ. ވަހީދުގެ ވެރިކަމުގައި ހައުސިންގ މިނިސްޓަރުކަމަށް އައްޔަންކުރެއްވި ބޭފުޅަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ފެބުރުއަރީ 2012އިން ފެށިގެން ނޮވެންބަރ 2018އަށް އެ މިނިސްޓްރީގެ ވަޒީރުކަން ކުރައްވާފައިވާ ޑރ. މުއިއްޒަކީ ރާއްޖޭގައި އެންމެ ގިނަ ދުވަހު ވަޒީރުކަމުގެ މަގާމު ފުރުއްވި އެއް ބޭފުޅަކަށް ވާނެއެވެ.

ހިތަށް އަރާފާނެއެވެ. މުއިއްޒުގެ ވާހަކަ ދައްކަން މިހާ ދިގުކޮށް ރަސްކަމުގެ ވާހަކަ މި ދައްކަނީ ކީއްވެބާއެވެ؟ ޑރ. މުއިއްޒާ ރަސްކަމާ އޮތީ ކޮން ގުޅުމެއްތޯއެވެ؟ އެމަނީކުފާނަކީ ރަސްކަމަށް ލޯބިކުރައްވާ ބޭފުޅަކީތޯއެވެ؟ މި ދެ ސުވާލުގެ ޖަވާބުގައި ދެންނެވޭނީ "ނޭނގޭ"ކަމަށެވެ. މި އިހަކަށްދުވަހު މަސީގެ "ބޮޑު ރަސްގެފާނު ލަގަބު" ރައީސް މުއިއްޒަށް އަރުވާފައިވާކަން ދިވެހިންނަށް އެނގޭނެއެވެ.

ބޮޑު ރަސްގެފާނުގެ ލަގަބު މުއިއްޒަށް އެރުވިއިރު، ރަސްކަމާއި، ރަސްކަމުގެ ވާހަކައާއި، ރަސްކަމުގެ ނަންނަމާއި، "ރަސް" މި ބަހަކީވެސް ފެންނަ ފެނުމަށް މުއިއްޒު ނިކަން ހިތްޕުޅާވާ ވާހަކަތަކެކެވެ. މިހެން މިދަންނަވަން ޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. މިނިސްޓަރު ކަމުގައާއި އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހޭދަވީ މަދު ދުވަސްކޮޅުގައި އެކަން އެއޮތީ ފެންނާށެވެ.

ވަޒީރުކަމުގައި ހުންނަވައިގެން ތަރައްގީކުރެއްވި ތަންތަނަށް އެންމެ ފުރަތަމަ ބަލައިލަމާހެއްޔެވެ. އެމަނިކުފާނުގެ ވަޒީރުކަމުގައި ކުރައްވާފައިވާ އެންމެ ބޮޑު އެއް މަސައްކަތެއް ކަމަށް ވިދާޅުވާ ވާހަކައަކީ ސަލްޓަންޕާކު ޒަމާނީ ފެންވަރަށް ތަރައްގީކުރުމެވެ. އެ ވާހަކައަކީ އަދި އަދަށް ދާންދެން އެ ވާހަކައެއް ދައްކަވާ ވާހަކައެކެވެ. ކަން މިހެން އޮތްއިރު، ސަލްޓަން ޕާކުގެ ނަން ބަދަލުކުރައްވައި އެތަނަށް ދެއްވި ނަން އެނގޭނޫންހެއްޔެވެ. އެތަނަށް ކިޔުއްވީ "ރަސްރަނި ބަގީޗާ"އެވެ. އެއީ އިއްތިފާގަަކަށް ވެދާނެއެވެ. ރަސްރަނި މި ނަމާ މުއިއްޒާ އެއްވެސް ގުޅުމެއް ނެތުމަކީވެސް އެކަށީގެންވާކަމެކެވެ.

އެހެނަސް އޭރު މާލޭ ހުޅަނގު ފަރާތުގައި ތަރައްގީކޮށްފައިވާ އާޓިފިޝަލް ބީޗަށްވެސް ދެއްވީ ހަމަ އެފަދަ ނަމެކެވެ. އެތަނަށް ކިޔުއްވި ނަމަކީ"ރަސް ފަންނު"އެވެ. މީގެ އިތުރުން މާލޭ ކާނިވަލު ސަރަހައްދުގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކަށް ކިޔާފައިވަނީ "އިސްކަންދަރު މައިޒާން"އެވެ. އިސްކަންދަރު މި ބަހަކީ ރާއްޖޭގައި ރަސްކަންކުރެއްވި އިސްކަންދަރު ރަސްގެފާނަށް ނިސްބަތްކުރާ ބަހެކެވެ. ފެންނަން އޮތް ހަގީގަތް ދައްކުވައިދޭ ކަމަކީ، މި ހުރިހާ ނަމަކާ ރަސްކަމާ ގުޅުވައިދޭކަމެވެ. މި ނަންތަކަކީ ހައްތަހާވެސް ރަސްކަމާ ގުޅުވިދާނެ، ނުވަތަ ރަސްކަމާ ގުޅުންހުރި ނަންތަކެވެ. އިއްތިފާގެއް ކަމަށް މިފަހަރުވެސް ބަލަމާހެއްޔެވެ.

ދެން ވެރިކަމުގައި ހޭދަކުރެއްވި މަހެއްހާ ދުވަހަށް ބަލައިލާނަމެވެ. މާ ވަރުތަކެއް ދައްކަވާފައި، އެހެރަ ހިއްކަވަން ފެއްޓެވި ފުށިދިއްގަރު ފަޅުގެ ވާހަކައަށް ބަލައިލާނަމެވެ.

އެތަނަށް މިހާރު އެ ކިޔުއްވަނީ "ރަސް މާލެ"އެވެ. އެހެންވީމަ މަސީން އެ މަނިކުފާނަށް "ބޮޑުރަސްގެ ފާނު ލަގަބު" ނާރުވާ ވަރެއް ނޫންތާއެވެ. އެހާ ރަސްކަމަށް ލޯބިކުރައްވާ، އެ ލަގަބަށް ލޯބިކުރައްވާ ބޭފުޅަކު ރުއްސަން ދޭން އެންމެ ރަނގަޅު އެއް މަގާމަކީ މިއެވެ.

މިދެންނެވި ކަންކަމުގެ މައްޗަށާއި އަދި އެމަނިކުފާނުގެ އެހެނިހެން އަމަލުފުޅުތަށް ހުންނަ ގޮތަށް ބަލާނަމަ، އެމަނިކުފާނަކީ ރަސްކަމުގެ ހައިބަތާއި ބާރުވެރިކަން ހޯއްދަވަން ޝައުގުވެރިވެވަޑައިގަންނަވާ ނުވަތަ ރަސްކަމުގެ ބާރުވެރިކަމާއި ޝާނާއި ޝައުކަތު ބޭނުންފުޅުވާ ބޭފުޅެއް ކަމަށް ބުނާ މީހުން މަދެއްނޫނެވެ. އެހެން ނުބުނާ ވަރެއް ނޫނެވެ. އަމަލުފުޅުތައް ބަހައްޓަވާ ގޮތަށް ބަލާއިރު ތަހައްމަލްކުރެއްވުމެއް ނެތެެވެ. މަޝްވަރާއާ ދުރެވެ. ހާމަކަން ކުޑައެވެ. އަމިއްލަފުޅަށް ފެނިވަޑައިގަންނަވާ ގޮތަކީ އެންމެ ހެޔޮ، އެންމެ ރަނގަޅު ގޮތެވެ. އެހެންވީމަ އެމަނިކުފާނަށް ދައުލަތުގެ ތިންބާރުގެ ތެރެއިން ގާނޫނު ހެދުމުގެ ބާރުގެ ކޮންޓްރޯލް ލިބިވަޑައިގެންފިނަމަ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމުގެ ނިޒާމަކަށް ބަދަލުކުރެއްވުމަކީ ވަރަށް ގާތް ކަމެއްކަމުގައި ދެކެމެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު