Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާދަމް ޝަރީފު އުމަރު

އާދަމް ޝަރީފަށް ރުހުން ދޭން ޖެހޭ ސަބަބެއް ނުފެނޭ: ފައްޔާޒު

ސަރުކާރުގެ ވާހަކަތައް ގެނެސްދޭ ނޫސްތައް ބްލޮކް ކުރަމުން "ކޭމް" އިން ގެންދަނީ ސީދާ އާދަމް ޝަރީފުގެ ވެސް ބައިވެރިވުމާއެކު ކަމަށް މައުލޫމާތު ލިބޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 22 ޑިސެމްބަރު 2023 | ހުކުރު 17:59
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު

ކުރީގެ ދިފާއީ ވަޒީރު އަދި މިހާރު ކައުންސިލުތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރަށް ރުހުން ދޭން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމައީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވީ އާދަމް ޝަރީފު ހުންނަވާ ކައުންސިލު ވުޒާރާގެ ދަށުން ހިންގަމުން އަންނަ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް ދަ މޯލްޑިވްސް (ކޭމް) އިން ރާއްޖޭގައި ހިންގާ ޚަބަރު ފަތުރާ ތިން ވެބްސައިޓެއް ބްލޮކް ކުރުމާ ގުޅިގެންނެވެ.

އެގޮތުން ސަރުކާރު ޖަވާބުދާރީކުރުވުމަށް ސަރުކާރުގެ ވާހަކަތައް ގެނެސްދޭން ރަޖިސްޓްރީކޮށްގެން ހިންގާ "ފުރަތަމަ.ކޮމް" އަދި ރަޖިސްޓްރީނުކޮށް ހިންގާ ދެ ނޫސް ވެބްސައިޓުކަމުގައިވާ "ދިޔަވަރު.ކޮމް" އަދި "ކުރުސީ.ކޮމް" ކޭމް އިން ވަނީ ބްލޮކްކޮށްފައެވެ.

މިކަމާ ގުޅިގެން އާންމުންނާއި ކުރީގެ ސަރުކާރުތަކުގެ އިސްވެރިންގެ އިތުރުން، ރާއްޖޭގެ އެހެނިހެން ޕާޓީތަކުގެ މެންބަރުން ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެހުރިހާ ކަމަކާ އެކު، ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން މަޖިލީހަށް ސިފައިން ވެއްދި އާދަމް ޝަރީފުގެ ވާހަކަ ދައްކަވަމުން ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާދަމް ޝަރީފަކީ ޑީފެންސްުގައި ހުންނެވިއިރު، މަޖިލީހުގެ ތާރީޚުގައި އަލަށް ސިފައިން ވައްދާ މެންބަރުންނަށް އަނިޔާކުރެއްވި ބޭފުޅެއް ކަމަށެވެ.

އަދި ފައްޔާޒު ވިދާޅުވީ މިހާރު އެބޭފުޅާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ފައްޓަވާފައިވާ ކަމަށާއި، ލާމަރުކަޒީ ނިޒާމު ވެސް ފުށިދިއްގަރަށް އެކަނި ބަދަލުކުރައްވާފައިވާ ކަމަށެވެ.

"ރުހުން ދޭން ޖެހޭ އެއްވެސް ސަބަބެއް ނުފެނޭ،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒު އެފަދައިން ވިދާޅުވި އިރު، ސަރުކާރުގެ ވާހަކަތައް ގެނެސްދޭ ނޫސްތައް ބްލޮކް ކުރަމުން "ކޭމް" އިން ގެންދަނީ ސީދާ އާދަމް ޝަރީފުގެ ވެސް ބައިވެރިވުމާއެކު ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމާ މެދު ކޮމެޓީން ގޮތެއް ނިންމުމަށް ހޮނިހިރު ދުވަހު ވަނީ ތާވަލްކޮށްފަ އެވެ. އެ މަސައްކަތްތައް ކުރިއަށް ދާއިރު ވެސް، ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީން މިހާރު ވެސް ނިންމާފައިވާކަމުގެ ވާހަކަތަކެއް ވެސް ދަނީ ދައުރުވަމުންނެވެ.

އާދަމް ޝަރީފު އުމަރުއެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލްކެބިނެޓްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
11 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓުގައި ބައިވެރިވެވޭ މީހުންގެ ލިސްޓު އާންމުކޮށްފި

11 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓުގައި ބައިވެރިވެވޭ މީހުންގެ ލިސްޓު އާންމުކޮށްފި
08 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ 25 ގައި

08 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ 25 ގައި
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި
11 ސެޕްޓެމްބަރު 2025

ބަޖެޓުން ޖުޑިޝަރީއަށް ވަކި އިންސައްތައެއް ކަނޑައަޅަން ނިންމީ މިނިވަންކަމާއެކު ޖުޑިޝަރީ ހިންގުމަށް މަގުފަހިކުރުމަށްޓަކައި: ރައީސް މުއިއްޒު

11 ސެޕްޓެމްބަރު 2025
ބަޖެޓުން ޖުޑިޝަރީއަށް ވަކި އިންސައްތައެއް ކަނޑައަޅަން ނިންމީ މިނިވަންކަމާއެކު ޖުޑިޝަރީ ހިންގުމަށް މަގުފަހިކުރުމަށްޓަކައި: ރައީސް މުއިއްޒު
11 ސެޕްޓެމްބަރު 2025

ސަރުކާރުގެ ކެބިނެޓް ވަޒީރަކަށް ވެސް އިސް ވެރިއަކަށް ވެސް މަލީ ހާލަތެއް ރަނގަޅަށް ނޭނގޭ - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ ކެބިނެޓް ވަޒީރަކަށް ވެސް އިސް ވެރިއަކަށް ވެސް މަލީ ހާލަތެއް ރަނގަޅަށް ނޭނގޭ - އަމީރު
05 ސެޕްޓެމްބަރު 2025

ކައުންސިލު އިދާރާތައް އަޅަން އާރުސީސީ އާ ހަވާލު ކުރީ ބައި ބިލިއަނަށް ވުރެ ބޮޑު އަދަދަކަށް

05 ސެޕްޓެމްބަރު 2025
ކައުންސިލު އިދާރާތައް އަޅަން އާރުސީސީ އާ ހަވާލު ކުރީ ބައި ބިލިއަނަށް ވުރެ ބޮޑު އަދަދަކަށް
07 އޯގަސްޓު 2025

މެމްބަރުންގެ ވާޖިބަށް ވަޒީރުން ހުރަސް އަޅާތީ، ރައީސް މުއިއްޒުގެ ސަމާލު ކަމަށް އެމްޑީޕީ ގެ 12 މެމްބަރުން ސޮއި ކޮށް ޝަކުވާ ފޮނުވައިފި

07 އޯގަސްޓު 2025
މެމްބަރުންގެ ވާޖިބަށް ވަޒީރުން ހުރަސް އަޅާތީ، ރައީސް މުއިއްޒުގެ ސަމާލު ކަމަށް އެމްޑީޕީ ގެ 12 މެމްބަރުން ސޮއި ކޮށް ޝަކުވާ ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު