Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަކުދިންނަށް އަޅައިލުމާއި އޯގާތެރިވުން

ކުއްޖާގެ ކުރިމަތީގައި ދެމަފިރިން ދެބަސްވާނަމަ އެ ދެމީހުންނާ މެދު އަލާވާން ޖެހޭ ލޯތްބާއި ކުލުނާއި ގަދަރު ނެތިދާނެ: ޚުތުބާ

އެކަނިވެރިވެފައިވާ ނިކަމެތި ކުއްޖަކު ބަލައިބޮޑުކުރުމަށް ތިމާގެ ހިޔާވަަހިކަމުގެ ތެރެއަށް ގެނައުމަކީ ހެޔޮކަމާއި ސަވާބު ހުރިކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2023 | ހުކުރު 08:38
ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

ކުއްޖާގެ ކުރިމަތީގައި ދެމަފިރިން ދެބަސްވެ، އަނިޔާވެރިވާނަމަ އެ ކުއްޖާގެ ހިތުގައި އެ ދެމީހުންނާއި މެދު އަލާވާން ޖެހޭ ލޯތްބާއި ކުލުނާއި ގަދަރު ނެތިދާ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ކުޑަކުދިންނަށް އަޅައިލުމާއި އޯގާތެރިވުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ހެދިބޮޑުވަމުން އަންނަ ޖީލަށް ރަނގަޅު ތަރުބިއްޔަތު ދިނުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.

އެގޮތުން އެކަނިވެރިކަން އިހުސާސްކުރަންޖެހިފައިވާ ކުޑަކުދިންނަށް އެހީތެރިވުމާއި ޔަތީމުހާނާތަކާއި ހިޔާތަކުގެ ތެރެއިން އެކުދިން ނެރެ ހެޔޮލަފާ އާއިލާތަކުގެ ކުލުނުވެރިކަމާއި ލޯބީގެ ހިޔާވަހިކަމުގައި އެކުދިން ބޮޑެތިވުމަކީ ކުލުނުވެރިކަމުގެ ސިފަ ލިބިގެންވާ ސާލިހު ބައެއްގެ ގޮތުގައި އެކުދިން ބޮޑުވުމަށް އޮތް ފުރުސަތަކަށް ވާނެ ކަމަށެވެ. އަދި އެކަނިވެރިވެފައިވާ ނިކަމެތި ކުއްޖަކު ބަލައިބޮޑުކުރުމަށް ތިމާގެ ހިޔާވަަހިކަމުގެ ތެރެއަށް ގެނައުމަކީ ހެޔޮކަމާއި ސަވާބު ހުރިކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ނަމަވެސް މި މުޖުތަމައުއިން ކުޑަކުދިންނަށް ގޯނާކޮށް އެކުދިންނަށް ލިބެންޖެހޭ ހައްގުތަކަށް ހުރަސް އަޅާ ބަޔަކު މަދުން ވެސް ފެންނަ ކަމަށް ޚުތުބާގައި ވަނީ ބުނެފައިވެއެވެ. އެއީ މިއަދު ނަފްސާނީ ބައެއް ބަލިތަކުގެ ސަބަބުންނާއި ދިރިއުޅުމުގެ ގޮންޖެހުންތަކާއި ހަމަވިސްނުމުން އެއްކިބާކުރާ ތަކެތި ބޭނުންކުރުމުގެ ސަބަބުން ބައެއް މީހުންގެ ހިތްތަކުގައި އޯގާވެރިކަމުގެ އިހްސާސްތަކަށް އެއްވެސް ޖާގައެއް ނެތުމުންވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން އެންމެ ފުރަމަތަ ޝިކާރައަކަށްވަނީ އެމީހުންގެ ދަރިން ކަމަށެވެ.

ޚުތުބާގައި ބުނީ ކުޑަކުއްޖާގެ ބަދުނަސީބު ސަފްހާތަކުގެ ތެރޭގައި ދެމަފިރިންގެ ދެބަސްވުންތަކާއި ހިލާފުތައްވާ ކަމަށެވެ. ޝައިތާނާ މި ދެމީހުންގެ މެދަށް ފާވެ އޭނާ ދޭ ވަސްވާހުގެ ސަބަބުން އެކަކު އަނެކަކަށް އިހާނެތިކޮށް ހިތައި ހިތަށް އެރިހައި އެއްޗެހި ގޮވައި އަނިޔާކުރާއިރު މިކުޑަ ކުއްޖާ މި މަންޒަރުތައް ބަލަން ހުންނަ ކަމަށާއި، އެހިސާބުން އެ ކުއްޖާގެ ހިތުގައި އެ ދެމީހުންނާއި މެދު އަލާވާން ޖެހޭ ލޯތްބާއި ކުލުނާއި ގަދަރު ނެތިދާ ކަމަށެވެ. އަދި ފިރިމީހާ އޭނާގެ އަނބިމީހާ ދެކެ އަންނަ ރުޅިން ދަރިންނަށް ހަރަދު ނުދިނުމާއި އަނބިމީހާ އެނާގެ ފިރިމީހާ ދެކެ އަންނަ ރުޅިން ދަރީންނަށް އަޅައިނުލުމަކީ ވެސް މިއަދު ހިނގާ ކަންކަން ކަމަށާއި، މިއީ އިސްލާމްދީން ނަހީ ކުރައްވާފައިވާ ކަންކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މައިންބަފައިން ދަރިންނަށް ކުރާ ގޯނާތަކުގެ ތެރޭގައި ޖިންސީ ގޯނާވެސް ހިމެނޭ ކަމަށެވެ. މިއީ ހިތާމަ ކުރި ކަމެއް ކަމަށާއި، ބިރު ގަންނަންޖެހޭނެ ކަމެއް ކަމަށެވެ. ކާވެނި ހަރާމް މީހުންނާއި ޖިންސީ މުއާމަލާތް ހިންގުމަކީ މާތްﷲ ހަރާމްކުރައްވާފައިވާ ކަމެއް ކަމަށާއި، އެއީ ގަދަފަދަ ވެގެންވެގެންވާ އަޒާބު ކަނޑައެޅިފައިވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އުފަންދަރިންގެ އިތުރުން ޅީދަރިންނާއި، ދަނބިދަރިންނާއި، ދޮންދަރިންނަކީ ވެސް ހަމަ ދަރިންނެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ މާތްﷲ އެކަލާނގެ އަޅުންނަށް ގުނާ އަދަދު ނުކުރެވޭހާ ގިނަ ނިއުމަތްތައް ދެއްވި ކަމަށާއި، އިންސާނާގެ ނަފްސުން ފެންނަ ކޮންމެ ނިއުމަތަކީ ﷲގެ ދެއްވުމެއް ކަމަށެވެ. މާތްﷲ ބައެއް މީހުންނަށް ދެއްވާ ބައެއް ނިއުމަތްތައް އަނެއްބައި މީހުންނަށް ނުދެއްވާ ކަމަށާއި، މިއީ މާތް ﷲ މީސްތަކުން އިމްތިހާން ކުރެއްވުމަށްޓަކައި ދެއްވާ ދަރުމައެއް ކަމަށެވެ.

އަހަރުމެންގެ ދަރިންނަކީ އަހަރެމެންގެ ދުންޔަވީ ހަޔާތުގެ އުފާވެރިކަމާއި ޒީނަތްތެރިކަމުގެ ރަމްޒުކަން ފާހަގަކޮށް ޚުތުބާގައި ބުނީ ގައުމުގެ އެންމެހައި ކަންތައްތަކާ މާދަމާ ހަވާލުވާން ތިބި ބަޔަކީ އަހަރެމެންގެ ދަރީން ކަމަށާއި، މިއަދުގެ ކުޑަ ކުދިންނާއި ޒުވާނުން ކަމަށެވެ. އެހެންކަމުން ހެޔޮގޮތުގައި އެކުދިން ބަލައި ބޮޑުކޮށް އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް އަހަރުމެން ސަމާލުވާން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ މިއީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމެއް ކަމަށާއި، މިކަމަށްޓަކައި ކުޑަކުދިންނަށް އިސްލާމްދީނުގައި ގިނަގުނަ ހައްގުތައް ކަނޑައަޅާފައިވާ ކަމަށެވެ. މީގެ ތެރެއިން އެންމެ ބޮޑު އެއް ހައްގަކީ ހެޔޮލަފާ އާއިލާއެއްގެ ތެރެއަށް ކުއްޖާ އުފަންވެ ރަނގަޅު ތަރުބިއްޔަތެއް ލިބިދިނުމުގެ ހައްގު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ދަރިންނަށް ދެވޭ ތަރުބިއްޔަތުގެ ސަބަބުން ރިޒުގު ތަނަވަސްވެ މާތްﷲގެ ރަހްމަތާއި ސަވާބު އިތުރުކޮށްދެއްވާނެ ކަމަށާއި، ދަރިން ތަރުބިއްޔަތު ކުރުމުގައި ތިޔަބައިމީހުން އަދާކުރަންޖެހޭ ހައްގުތައް އަދާކުރުމުގައި ފަސްޖެހުމަކީ ހިޔާނާތެއް ކަމަށެވެ. އެއީ ސުވަރުގެއަށް ވަނުމަށް މަހްރޫމްވެދާނެ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ވަނީ ރަސޫލާ ސިރާތުން ފިލާވަޅު ލިބިގަނެ އެގޮތަށް އަމަލުކުރުމަށް ގޮވާލާފައެވެ. އަދި ކުޑަކުއްޖާ ކުށްތައް ރަނގަޅުކޮށް ދިނުމަށް މަސައްކަތް ކުރުމަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

ހުކުރު ޚުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު