Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

އީގަލްސް ޓީމަށް މޯހަންގެ އޮތީ ތައުރީފް

ލީގު ޗެމްޕިއަންކަން ހޯދީ މާޒިޔާ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 20 ޑިސެމްބަރު 2023 | ބުދަ 05:29
އީގަލްސްގެ ކޯޗު މޯހަން

އީގަލްސްގެ ކޯޗު މޯހަން

ފަހު މެޗުގައި މާޒިޔާ އަތުން ބަލިވެ, ލީގު ނުލިބުނަސް އީގަލްސްގެ ކުޅުންތެރިންނާއި މުޅި ޓީމަށް ތައުރީފާއި ޝުކުރު ނޫން އެއްޗެއް ނެތްކަމަށް ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން) ބުނެފިއެވެ.

އިހުސާން އަބުދުލްޣަނީ (ސާންތި) ސިއްހީ ސަބަބަކާ ގުޅިގެން ޓީމާ ވަކިވާން ޖެހުމުން އީގަލްސްއާ ހަވާލުވި ކޯޗު މޯހަން ބުނީ ބުނެނުދެވޭނެ އުނދަގޫ އެތައް ހާލަތެއްގެ ތެރެއިންވެސް އީގަލްސް ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ރަނގަޅު އެޓިޓިއުޑެއް ކަމަށެވެ. ކްލަބް އޮތް ހާލަތަށް ބަލާއިރު ކުޅުންތެރިން ކުރި މަސައްކަތާމެދު ވަރަށް, ވަރަށް ފަޚުރުވެރި ވާކަމަށް މޯހަން ބުންޏެވެ. އުނދަގޫ ހާލަތުގައިވެސް ބަރާބަރަށް ޕްރެކްޓިސް އަށް އައިސް, މޮޅުވާން ކުޅުންތެރިން މުޅި ލީގުގައިވެސް މަސައްކަތް ކުރިކަން މޯހަން ފާހަގަކުރިއެވެ.

ގައުމީ ޓީމްގެ ތޭރަ ސާދަ ކުޅުންތެރިންނާއި, ބިދޭސީ ކުޅުންތެރިންނާއެކު ވަރަށް ވަރުގަދަކޮށް މާޒިޔާއާ ދެކޮޅަށް ފަހު މެޗަށް ނުކުތީވެސް މޮޅުވެ ލީގު ހޯދަން ކަމަށާއި, އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ކުޅުންތެރިން ކުރިކަމަށް މޯހަން ބުންޏެވެ. އެގޮތުން ބޭނުންވި އެޓޭކިންގ ގޭމް ކުޅެ, ފުރުޞަތުތައްވެސް ހޯދިކަން ފާހަގަކުރިއެވެ.

މޯހަން ބުނީ ލީގުގައި އީގަލްސް އަށް ފައިޓްކުރެވިއްޖެ ކަމަށެވެ. މުޅި ލީގުގައި ވެސް އޭނާގެ ޓީމުން ވަރަށް އެޓޭކިންގ ފުޓްބޯޅައެއް ކުޅުނުކަންވެސް މޯހަން ފާހަގަކުރިއެވެ. ލީގުގައި އީގަލްސް ބަލިވީ ހަމައެކަނި ފަހު މެޗުންނެވެ. އެމެޗުންވެސް ބަލިވީ 1-0 ނެވެ. އެއީވެސް ޕެނަލްޓީ އަކުން މާޒިޔާއިން ޖެހި ލަނޑެކެވެ.

މުހައްމަދު ޝިޔާޒް (މޯހަން)

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
11 އޮކްޓޯބަރު 2022

މޯހަން: ކުޅިވަރުގެ އާއިލާއަކުން ވިދާލި އިލްމީ މޮޅު ކޯޗެއް

11 އޮކްޓޯބަރު 2022
މޯހަން: ކުޅިވަރުގެ އާއިލާއަކުން ވިދާލި އިލްމީ މޮޅު ކޯޗެއް
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު