Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިފްކޯގެ ގެއްލުން

މިފްކޯ ބައިވެރިވެގެން އުފެއްދި ކުންފުނީގެ މަގުސަދު ހާސިލުނުވެ 2011ން 2016ށް 44.5 މިލިއަން ރުފިޔާގެ ގެއްލުން

އެމްއެމްޕީ އުފެއްދި މަގުސަދު ހާސިލްވާގޮތަށާއި އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ކުންފުނި މެނޭޖްކޮށް ހިންގާފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2023 | ބުދަ 04:47
މިފްކޯއާއި ބައިވެރިވެގެން އުފެއްދި ކުންފުނިން އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވޭ

މިފްކޯއާއި ބައިވެރިވެގެން އުފެއްދި ކުންފުނިން އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވޭ

މިފްކޯ ބައިވެރިވެގެން މެރިން މޯލްޑިވްސް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް (އެމްއެމްޕީ) އުފެއްދި މަގުސަދު ހާސިލްނުވެ އެ ކުންފުންޏަށް 44.5 މިލިއަން ރުފިޔާގެ ގެއްލުންވެއްޖެއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޗަރީސް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ބައިވެރިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެމްއެމްޕީ އުފައްދާފައިވަނީ ތައިލެންޑުގެ އެމްއެމްޕީ އިންޓަރނޭޝަނަލް ކޮމްޕެނީ ލިމިޓެޑް (އެމްއެމްޕީ އިންޓަރނޭޝަނަލް) އާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމުގައިވާ އައިއޯއެފް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އައިއޯއެފް) އަދި މިފްކޯ ގުޅިގެން ޖޮއިންޓް ވެންޗަރ ކުންފުންޏެއްގެ ގޮތުގައި 2011 ވަނަ އަހަރުއެވެ.

Advertisement - newsAdvertisement

މި ކުންފުނި ރަޖިސްޓްރީކުރުމަށްފަހު 1 އަހަރު ދުވަހުގެ ތެރޭގައި މިފްކޯގެ ހިއްސާގެ ތެރެއިން 25 އިންސައްތަ ހިއްސާ އާންމުކޮށް ވިއްކުމަށް ހަަޖެހިފައިވާކަން، އެ ކުންފުނި އުފެއްދުމުގެ ހުއްދަ ދީފައިވާކަން އެންގުމުގެ ގޮތުން 29 އޮގަސްޓް 2011 ފޮނުވި ރައީސް އޮފީހުގެ ސިޓީގައި ބަޔާންކޮށްފައިވާ ކަމަަށެވެ.

މިފްކޯ ބައިވެރިވެގެން އެމްއެމްޕީ އުފެއްދި މަގުސަދުގެ ތެރޭގައި، ދިވެހިރާއްޖޭގެ މާކެޓަށާއި ބޭރުގެ މާކެޓްތަކަށް މަސް ވިއްކުމާއި، ރިސޯޓް އައިލެންޑް އޮޕަރޭޓް ކުރުމާއި، ފަތުރުވެރިކަމުގެ ވިޔަފާރި ކުރުން އަދި ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރުން ހިމެނެއެވެ. މީގެ އިތުރަށް ކުންފުނީގެ ބިޒްނަސް ޕްލޭންގައި ކުންފުނިން ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ދުވާލަކު 5 ޓަނުގެ ކަނޑުމަސް ބަންދުކުރާ ކާރުހާނާއަކާއި 10 ޓަނުގެ ޓޫނާ ލޮއިންސް އުފެއްދޭވަރުގެ ކާރުހާނާއެއް ބިނާކުރުމާއި، ކަނޑު ބޯޓުތައް މަރާމާތުކުރާ މަރުކަޒެއް ގާއިމްކުރުމާއި، އެއްފަހަރާ 1300 މެޓްރިކް ޓަނުގެ ތެޔޮ ރައްކާކުރެވޭ ވަސީލަތްތައް ގާއިމްކުރުމާއި މަހުގެ ބާވަތްތައް ޓެސްޓްކުރުމަށް ލެބޯޓަރީއެއް އުފެއްދުމާއި ދުވާލަކު 150 ޓަނުގެ އައިސް އާއި 100 ޓަނުގެ ފެން އުފައްދާ ވިއްކުމާއި އަދި 1200 ޓަނުގެ ފެން ރައްކާކުރެވޭވަރުގެ ވަސީލަތްތައް ގާއިމްކުރުން ހިމެނެއެވެ.

އެމްއެމްޕީގެ ބިޒްނަސް ޕްލޭނުގައި އެމްއެމްޕީ ހިންގަންފަށާ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ ތެރޭގައި މަސް ވިއްކައިގެން 85.2 މިލިއަން ޑޮލަރު ނުވަތަ 1.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ވެސް ލަފާކޮށްފައިވެއެވެ.

ނަމަވެސް، އެމްއެމްޕީ އުފެއްދި މަގުސަދު ހާސިލްވާގޮތަށާއި އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ކުންފުނި މެނޭޖްކޮށް ހިންގާފައި ނުވުމުން 2011 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ޖުމްލަ 44.5 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެއެވެ. މީގެ އިތުރަށް އެމްއެމްޕީ ހިންގުމަށް މިފްކޯއިން ހަރަދުކުރަމުން ގޮސްފައިވާއިރު އެމްއެމްޕީ އިން މިފްކޯއަށް ދައްކަންޖެހޭ 13 މިލިއަން ރުފިޔާ މިފްކޯއަށް އަނބުރާ ލިބިފައިނުވާކަމަށް ވެސް އޮޑިޓުގައި ބުނެފައިވެއެވެ.

އެމްއެމްޕީ ހިންގައިގެން ކުންފުންޏަށް ގެއްލުންވުމަށް މެދުވެރިވެފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެމްއެމްޕީ ހިންގުމަށް ބޭނުންވާ ފައިސާ ހިއްސާދާރުންގެ ފަރާުން ނުލިބުމާއި، އެމްއެމްޕީގެ ބޯޑު ބައްދަލުވުންތައް ގަވާއިދުން ނުބޭއްވުމާއި، ބިޒްނަސް ޕްލޭނުގައި ކުރަން ކަނޑައެޅި ކަންކަން ކޮށްފައި ނުވުމާއި އަދި ހިއްސާދާރެއްގެ ހައިސިއްޔަތުންނާއި އެންމެ ގިނައިން ކުންފުންޏަށް ހޭދަކޮށްފައިވާ ފަރާތެއްގެ ހައިސިއްޔަތުން އަޅަންޖެހޭ ފިޔަވަޅުތައް މިފްކޯއިން އަޅާފައި ނުވުން ކަމަށް ބުނެފައިވެއެވެ.

މިފްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

15 އޮކްޓޯބަރު 2025
މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

30 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު