Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސައްކަތްތެރިންނާ ގުޅުންހުރި ބިލުތައް

މަސައްކަތްތެރިންގެ ބިލާއެކު ސަރުކާރާ މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމުގެ ޤާނޫނީ ރައްކާތެރިކަން ލިބިދޭ: މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް

މި ދެ ބިލު ފާސްވެގެން ދިޔުމާއި ގުޅިގެން މަސައްކަތްތެރިންގެ ހައްގުތައް ގާނޫނީގޮތުން ރައްކާތެރިކަން ލިބިގެންދާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ޑިސެމްބަރު 2023 | އަންގާރަ 17:01
މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މަސައްކަތްތެރިންގެ ހައްޤުތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދެ ބިލުގެ ސަބަބުން މަސައްކަތްތެރިންނަށް ސަރުކާރާއި މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމުގެ ޤާނޫނީ ރައްކާތެރިކަން ލިބިގެންދާނެ ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ ރައީސް މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ މުހިންމު ދެ ބިލެއް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެއީ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލާއި، އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލެވެ.

މި ދެ ބިލު ފާސްވުމާއި ގުޅިގެން މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މައުރޫފް ވަނީ މި ދެ ބިލް ފާސްކުރުމަށް އެ ޔޫނިއަނުން ކުރި ބުރަ މަސައްކަތަށް އަލިއަޅުވާލާ ވާހަކަދައްކަވާފައެވެ. އިންޑަސްޓްރިއަލް ރިލޭޝަންސާއި ގުޅޭ ބިލެއް އެންމެ ފުރަތަމަ މަޖިލީހަށް ހުށައަޅައި މަސައްކަތް ފަށާފައިވަނީ 2013 ވަނަ އަހަރުއެވެ. ނަމަވެސް ދިމާވި އެކިއެކި ކަންކަމާއި ގުޅިގެން މި ބިލް ފާސްވުން ފަސްވެގެންދިޔަކަން ފާހަގަކުރެއްވިއެވެ.

މިގޮންޖެހުންތަކާއެކު މި ދެ ބިލު ފާސްވެގެން ދިޔުމާއި ގުޅިގެން މަސައްކަތްތެރިންގެ ހައްގުތައް ގާނޫނީގޮތުން ރައްކާތެރިކަން ލިބިގެންދާނެކަމަށެވެ.

މައުރޫފް ވިދާޅުވީ، ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވަމުންދާ މަސައްކަތްތެރިންގެ ޖަމިއްޔާތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީފާދޭ ފަރާތްތަކުން އެ ޖަމިއްޔާތައް އެއީ ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ މަސައްކަތުގައި ދިމާވާ ކަންކަން ހައްލު ކުރުމަށްޓަކައި ވާހަކަދައްކަން ޖެހޭ ފަރާތެއްކަމަށް ގަބޫލުނުކުރުންކަމަށެވެ.

ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު