Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީރުންނަށް ރުހުން ދިނުން

ސަރުކާރުގެ ވުޒާރާތަކުގެ މެންޑޭޓް ނުފޮނުވާތީ މައްސަލަ އެޖެންޑާއިން ނަގާ، ވަޒީރުންނަށް ރުހުން ދިނުން އަނބުރާ ކޮމިޓީއަށް

އެ މައްސަލަ ކޮމިޓީ އަށް ފޮނުވީ 200 ވަނަ މާއްދާ އާއި އެއްގޮތަށް އެ ރިޕޯޓް އެކުލަވާލުމަށްޓަކާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 ޑިސެމްބަރު 2023 | ހޯމަ 04:54
ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން

ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން

ސަރުކާރުން އަލަށް އުފެއްދި ވުޒާރާތަކުގެ މެންޑޭޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ފޮނުވާފައި ނުވާތީ، މަޖިލީހަށް ހުށަހެޅި ނިޒާމީ ނުކުތާ ބަލައިގަނެ، ސަރުކާރުގެ ވުޒާރާތަކުގެ މެންޑޭޓް ނުފޮނުވާތީ އެޖެންޑާއިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީ އަށް ފޮނުވައިފިއެވެ.

މަޖިލިސް ފެށުމާއި އެކު ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވަނީ ނިޒާމާއި ބެހޭ މައްސަލަ އެއް ނަންގަވާފައެވެ. އޭނާ އެ ނިޒާމީ ނުކުތާ ނެންގެވީ ހޯމަ ދުވަހުގެ އެޖެންޑާގައި ހިމަނާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ)ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާއި ގުޅޭގޮތުންނެވެ.

Advertisement - newsAdvertisement

އެ ނިޒާމީ ނުކުތާ ބަލައިގަންނަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ އެކަމާއި މެދު މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާއި އެކު މަޝްވަރާކުރެއްވުމަށް ފަހުގައެވެ. އެ މަޝްވަރާއަށްޓަކާ މަޖިލިސް ފަސް މިނިޓުގެ ބްރޭކަކަށް މެދުކަނޑާލިއެވެ. އެގޮތުން ކުރި މަޝްވަރާތަކަށް ފަހު ސަރުކާރުގެ ވުޒާރާތަކުގެ މެންޑޭޓް ނުފޮނުވާތީ އެޖެންޑާއިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އުނިކޮށްފައިވާކަމަށް އަސްލަމް އިޢުލާންކުރެއްވިއެވެ. އަދި އެ މައްސަލަ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ އަށް ވަނީ ފޮނުވާފައެވެ. އެ މައްސަލަ ކޮމިޓީ އަށް ފޮނުވީ 200 ވަނަ މާއްދާ އާއި އެއްގޮތަށް އެ ރިޕޯޓް އެކުލަވާލުމަށްޓަކައެވެ. މަޖިލީހުގެ ރައީސަށް އެ މައްސަލަ އެޖެންޑާއިން އުނި ނުކުރެވޭނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. އެހެންކަމުން އަސްލަމް ވަނީ އެޖެންޑާއިން އެ މައްސަލަ އުނިކުރީ ނޫން ކަމަށާއި އެ ރިޕޯޓް އިސްލާހުކުރުމަށް ކޮމިޓީ އަށް ފޮނުއްވީކަމަށް ވެސް ވިދާޅުވެފަވެ.

މަޖިލީހުގައި ހޯމަ ދުވަހު ހިސާން ވަނީ ވުޒާރާތަކުގެ މެންޑޭޓް ފާސްކުރަން ފޮނުވާފައި ނެތީސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ރިޕޯޓް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ފާސްކުރީ ގަވައިދާ ހިލާފަށް ކަމަށް ފާހަގަކުރައްވާފައެވެ. އެ މައްސަލަ އެޖެންޑާގައި ހިމަނާފައި ވަނީ މަޖިލީހުގެ ޤަވާއިދުގެ 200ވަނަ މާއްދާގެ ވ އަދި ރ، ކ އަދި އ ގައި ބަޔާންކުރާ ހަމަތަކާއި ޚިލާފަށް ކަމަށް ހިސާން ވިދާޅުވިއެވެ. އެހެންކަމުން މިހާރު ރިޕޯޓް އޮތީ އެ އުސޫލާއި ޚިލާފަށް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އަދި ރިޕޯޓްގައި ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު