Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ ތަފާސްހިސާބުތައް

3 ވަނަ ކުއާޓަރުގައި ފުލުހަށް 3120 މައްސަލަ، ގިނައީ ވައްކަމުގެ މައްސަލަތައް!

މާލެއިން 2854 މައްސަލަ ހުށަހެޅި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2023 | އާދީއްތަ 07:36
ފުލުހުން ބޭނުން ކުރާ ޓޭޒަރ ގަން ދައްކާލަނީ

ފުލުހުން ބޭނުން ކުރާ ޓޭޒަރ ގަން ދައްކާލަނީ

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް 3120 މައްސަލަ ހުށަހެޅި ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާއްމު ކުރި ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައީ މާލެއިން ހުށަހެޅި މައްސަލަތަކެވެ. އެގޮތުން، ޖުމްލަ މުޅި ރާއްޖެއިން 3120 މައްސަލަ ހުށަހަޅާފައިވާއިރު މާލެއިން އެކަނި 2854 މައްސަލަ ވަނީ ހުށަހަޅައިފައެވެ. ކުޅުދުއްފުށި ސިޓީން 56 މައްސަލަ ހުށަހެޅިއިރު ފުވައްމުލައް ސިޓީން 78 އަދި އައްޑޫ ސިޓީން ވަނީ 154 މައްސަލަ ހުށަހަޅައިފައެވެ. ބާކީ 715 މައްސަލައަކީ ރާއްޖޭގެ އެހެން ހުރިހާ ރަށެއް ހިމެނޭހެން ހުށަހަޅާފައިވާ މައްސަލަތަކެވެ.

Advertisement - newsAdvertisement

ތިންވަނަ ކުއާޓަރުގައި ފުލުހަށް އެންމެ ގިނައިން ހުށަހަޅައިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ 1012 މައްސަލަ ހުށަހަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަގުމަތީގެ އެކްސިޑެންޓުތަކުގެ 606 މައްސަލަ އާއި ޑްރަގުގެ 412 މައްސަލަ އަދި ޚިޔާނާތްތެރިވުމުގެ 244 މައްސަލަ ވަނީ ހުށަހަޅައިފައެވެ.

ވައްކަމާއި ފޭރުމުގެ ގިނަ މައްސަލަތައް ވެސް ހުށަހަޅާފައިވަނީ މާލެއިންނެވެ. މި މުއްދަތުގައި މާލެއިން 919 ވައްކަމާއި ފޭރުމުގެ މައްސަލަ ހުށަހަޅާފައިވާއިރު އައްޑޫ ސިޓީން 34 މައްސަލަ، ފުވައްމުލައް ސިޓީން 17 މައްސަލަ، ކުޅުދުއްފުށި ސިޓީން 12 މައްސަލަ އަދި އެހެނިހެން ރަށްތަކުން 139 މައްސަލަ ވަނީ ހުށަހަޅައިފައެވެ. މުޅި ރާއްޖެއިން މި މައްސަލަތަކުގައި ފަސް އަނެހްނުންނާއި 271 ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ތިންވަނަ ކުއާޓަރުގައި ގެވެށި އަނިޔާއާ ގުޅުންހުރި 46 މައްސަލައެއް ވަނީ ތަހުގީގުކޮށްފައެވެ. މި މައްސަލަތަކުގެ ތެރޭގައި ރޭޕު ކުރުމާއި ކުޑަކުދިނަށް ޖިންސީ ގޯނާ ކުރުމާއި ހަށިވިއްކުމާއި ޖިންސީ ފުރައްސާރަ ކުރުންފަދަ މައްސަލަތައް ހިމެނެއެވެ. މި މައްސަލަތަކުގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ތިން މީހުން ކަމަށާއި އެއް މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުންގެ ރިޕޯޓުން ދައްކައެވެ.

ފުލުހުން ވަނީ އެ އިދާރާއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މި މުއްދަތުގައި ޖުމްލަ 2862 މައްސަލައެއް ތަހުގީގުކޮށް ނިންމާފައެވެ. އަދި 213 މައްސަލައެއްގައި ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު