Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު މުހައްމަދު ނާޒިމް

މުޅި ދުނިޔެ މި ސަރުކާރަށް މަލާމަތްކުރަން ފަށައިފި: ނާޒިމް

25 ޖުލައި 2017 | އަންގާރަ 02:49

މިއަދު މި ކުރީ ގޯނާ އާއި އަނިޔާ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 25 ޖުލައި 2017 | އަންގާރަ 02:49
 ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަދަ ބާރުން މަޖިލީހުން ނެރުމަކީ ގޮތް ހުސްވެގެން ހެދުނު ކޮހެއް ކަމަށާއި މުޅި ދުނިޔެ މިއަދު މި ސަރުކާރަށް މަލާމަތްކުރަން ފަށައިފި ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގެ ކަންކަމާ ގުޅިގެން ރާއްޖެޓީވީން ގެނެސްދިން ލައިވް ކަވަރޭޖްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މަޖިލީހުގެ އިދާރާއަށް ޤާނޫނާއި ޤަވާއިދާ ޙިލާފަށް ވަތް ފުލުހުންނާއި ސިފައިން އަމިއްލައަށް ވެސް މިއަދު ލަދުގަންނާނެ ކަމަށާއި މިއީ އެބޭފުޅުން ވެސް އުއްމީދުކޮށްގެން ތިބި ކަމެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ގާނޫނު އަސާސީގައި ބުނާ ގޮތުން މަޖިލިސް އިދާރާ ބެލެހެއްޓުމަކީ ފުލުހުން ކުރަން ޖެހޭކަމެއް ނޫން ކަމަށް ފާހަގަކުރައްވަމުން ފުލުހުން ކުރަން ނުޖެހޭ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް އެއްވެސް މީހަކު ގަބޫލު ވެސް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލިސް މާނަ ކުރަނީ ބޭރު ހަތަރު ފާރުގެ ގޮތުގައި ނޫން ކަމަށާއި މަޖިލީހުގެ މެންބަރުން ވެސް އޭގެ ތެރޭގައި ހިމެނޭއިރު މަޖިލީހުގައި މަސައްކަތްކުރައް ވަނީ ރައްޔިތުންގެ މަންދޫބުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންނަށް މި ކުރި ގޯނާ އާއި އަނިޔާއަކީ ބަލައިގެނެވޭނޭ ކަމެއް ނޫން. އެބޭފުޅުން އަމިއްލައަށް ޖެހުނު މަޅީގައި ދެން އެޅޭނީ ހުސް ޅަ އެއްޗެހި، މާދަން ވެސް އަޅުގަނޑުމެންނަށް އެތަނަށް ވަދެވޭނެ،" ނާޒިމް ތަކުރާރުކޮށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޤާނޫނުތަކަށް ސަރުކާރުން ކިތަންމެ ވަރަކަށް ބަދަލު ގެނައި ކަމަށްވީ ނަމަވެސް ރައްޔިތުންގެ ސިކުނޑީގައި ހުރި ވިސްނުން ބަދަލުކޮށް ނުލެވޭނެ ކަމަށެވެ.

މަޖިލީހަކުން ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދީގެން ތިބެން ސްޕްރީމް ކޯޓްވެސް ލަދު ގަންނަށް ޖެހޭނެ ކަމަށާއި އެ މައްސަލަ ސްޕްރީމް ކޯޓުން ބަލައިގަނެފައި ވިޔަސް މިކަމަށް އަވަހަށް ގޮތެއް ކަނަޑައަޅަންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި މިއަދު އިދިކޮޅު ޕާލިމެންޓްރީ މެމްބަރުން މަޖިލީހަށް ވަނުމަށް ފުލުހުންނާއި ސިފައިން ވަނީ ހުރަސް އަޅާފައެވެ. މިކަމުގެ ތެރޭގައި ބައެއް މެމްބަރުންނަށް ޕެޕަރ ސްޕްރޭގެ އަސަރުކޮށް އަދި އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ވެސް ދޭންޖެހިފައި ވެއެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް