Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ވަދާޢީ ތަޤުރީރުންވެސް ދެއްކެވީ ނަމޫނާ، އެދިވަޑައިގަތީ އައު ސަރުކާރަށް ކާމިޔާބަށް!

ވަދާޢީ ތަޤުރީރު ނިންމަވާާލައްވަމުން ރައީސް ޞާލިޙު ވަނީ، ދެން އަންނަ ސަރުކާރަށް ކާމިޔާބަށް އެދިވަޑައިގެންފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ނޮވެމްބަރު 2023 | ހޮނިހިރު 06:13
ޖުމްހޫރީ ދުވަހު ރައީސް ޞާލިޙު ޤައުމާ މުޚާޠަބުކުރެއްވުން

ޖުމްހޫރީ ދުވަހު ރައީސް ޞާލިޙު ޤައުމާ މުޚާޠަބުކުރެއްވުން

ދިވެހި ޖުމްހޫރިއްޔަތަކަށް 55 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ޖުމްހޫރީ ކޮންމެ ވެރިކަމެއްގެވެސް އިންތިޤާލީ މަރުޙަލާގައި މީގެ ކުރިން ފެނިފައިވަނީ "ކަޅު" ދުވަސްތަކެކެވެ. ވެރިކަމުގެ ނިޒާމު ބަދަލުވާ މަރުޙަލާއަކީ، ހިނގަމުންދާ ސަރުކާރުން، ދެން އުފެދެން އަންނަ ސަރުކާރަކަށް މާ ބޮޑު އެއްބާރުލުމެއް ދޭ މަރުޙަލާއެއް ނޫނެވެ. އެންމެ ކުޑަމިނުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު، ދެން އުފެދެން އަންނަ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާއަށް ހެޔޮ ބަސްފުޅެއްވެސް ވިދާޅުވެފައެއް ނެތެވެ.

އަނެއްކާވެސް ޖުމްހޫރިއްޔަތުގެ ވެރިކަން ބަދަލުވާން ދާއިރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މި ވަނީ ޑިމޮކްރަސީގެ ރިވެތި މިސާލެއް ދައްކަވާފައެވެ.

ނަމޫނާ ދައްކަވައިފިއެވެ. ވެރިކަމުގެ ފަސް އަހަރު ދުވަހުވެސް އެމަނިކުފާނަކީ ޑިމޮކްރަސީގެ އެންމެހާ ސިފަތައް ޤަބޫލުކުރައްވާ، ޢަމަލުފުޅުން އެކަން ދެއްކެވި ރައީސެކެވެ. މިކަަމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން ހެކިވާނެއެވެ. އަނެއްކޮޅުން، އިދިކޮޅުގައި ތިއްބެވި އިސް ބޭފުޅުންވެސް މިކަމަށް އެއްބަސްވެ ވަޑައިގަންނަވައެވެ.

ޖުމްހޫރީ ދުވަހު ރައީސް ޞާލިޙު ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދެއްކެވިއިރު، މިއީ އެމަނިކުފާނުގެ ރިޔާސީ ދައުރުގެ އެންމެ ފަހު ތަޤުރީރެވެ. ފަސް އަހަރު ދުވަހު ކުރެއްވުނު މަސައްކަތާއި، ޤައުމަށް ގެނެސްދެއްވުނު ހެޔޮ ބަދަލުގެ ވާހަކަފުޅު ޙިއްޞާކުރެއްވީ ހިނިފުޅުވަޑުވައިގެން ހުންނަވައެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައްް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރި ކާމިޔާބު މަސައްކަތާއި، އަންނަ އޮތް ޖީލުތަކަށް އެކަމުގެ ނަތީޖާގެ އަސަރު ކުރާނެ މިންވަރު ރައީސް ޞާލިޙު ބަޔާންކޮށްދެއްވީ، އިޚުލާޞްތެރިކަމާއެކުއެވެ. ރިޔާސީ ދައުރު ނިންމަވާލެއްވުމަށްފަހު، އެނބުރި ވަޑައިގަންނަވާއިރުވެސް، ދެއްކެވީ ޑިކޮމްރަސީގެ ލާމަސީލު ނަމޫނާއެވެ.

ފެހި ޤާނޫނު އަސާސީގެ ދަށުން، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވިފަހުން، އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރުއެވެ. މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުންނެވެ. ނުވަތަ މަގުމަތީންނެވެ. ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުތަކާއި، ވެރިކަން ބަދަލުވެގެންދިޔުން މިގޮތުގައި ހިނގަމުންދާތަން ދިވެހިރައްޔިތުން ދެކެން ބޭނުންވާނެކަން ކަށަވަރެވެ. ރައީސް ޞާލިޙު ވިދާޅުވީ، ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ޤައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުތައް ބަދަލުވާނެކަމަށާއި، ވެރިން އައިސް، ގޮސް ވާނެކަމަށެވެ. ނަމަވެސް، ޤާއިމްވެ، ދާއިމުވެ، ދެމި އޮންނާނީ ދިވެހި ޤައުމާއި، ދިވެހި ރައްޔިތުން ކަމަށެވެ.

ވަދާޢީ ތަޤުރީރު ނިންމަވާާލައްވަމުން ރައީސް ޞާލިޙު ވަނީ، ދެން އުފެދެން އަންނަ ސަރުކާރަށް ކާމިޔާބަށް އެދިވަޑައިގެންފައެވެ. މީގެ ކުރިން، ދައުރު ފުރިހަމަކުރައްވައި ވަޑައިގަންނަވާ ވެރިން، އުފެދެން އަންނަ ސަރުކާރަށް ކާމިޔާބަށް އެދިވަޑައިގެންފައެއް ނެތެވެ. ޖުމްހޫރީ ދުވަހު، ދިވެހި ޖުމްހޫރިއްޔާގެ ހަތްވަނަަ ރައީސް، ރައީސް ޞާލިޙު މި ދެއްކެވީ އަންނަ އޮތް ޖީލުތަކަށްވެސް އެމަނިކުފާނުގެ ރީތި ނަންފުޅު ދެމިއޮންނާނެފަދަ މިސާލެކެވެ.

"ވެރިޔެއް މިފަދަ ފެންނާނެހޭ؟"

އިތުރަށް ކިޔާލަން

06 މާރިޗު 2019

އެމްޑީޕީ: އަބަދު ވެސް ނަމޫނާ ދައްކާ ޕާޓީއެއް!

06 މާރިޗު 2019
އެމްޑީޕީ: އަބަދު ވެސް ނަމޫނާ ދައްކާ ޕާޓީއެއް!
11 ފެބުރުއަރީ 2019

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

11 ފެބުރުއަރީ 2019
ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
19 ޖެނުއަރީ 2019

ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!

19 ޖެނުއަރީ 2019
ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
17 ޖެނުއަރީ 2019

އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!

17 ޖެނުއަރީ 2019
އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
28 އޮކްޓޯބަރު 2018

އިބްރާހިމް މުހައްމަދު ސޯލިޙް އަނެއްކާވެސް ދެއްކެވީ މިސާލެއް

28 އޮކްޓޯބަރު 2018
އިބްރާހިމް މުހައްމަދު ސޯލިޙް އަނެއްކާވެސް ދެއްކެވީ މިސާލެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު