Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރެފިކް މޮނީޓާސް ޕްރޮގްރާމް

އެތަނެއްގައި ގާނޫނު ތަންފީޒުވެފައި އޮންނަވަރު ދައްކުވައިދޭ ކަމަކީ މަގުމަތީގައި ޓްރެފިކް ބެލެހެއްޓޭ މިންވަރު: ޑީސީޕީ

8 ނޮވެމްބަރު 2023 | ބުދަ 08:49

އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގެ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ނޮވެމްބަރު 2023 | ބުދަ 08:49
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް

ދިވެހި ފުލުހުންގެ ޚިދުމަތުން ދެކޭގޮތުގައި މަގުމަތި އޮންނަންވާނީ ހުރިހާ ރައްޔިތުންނަށް ވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވެއްޖެއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މިގޮތަށް ވިދާޅުވީ އިއްޒުއްދީން ސްކޫލުގައި ކުރިއަށް ދިޔަ 66 ވަނަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ ވިދާޅުވީ, ސަރުކާރުގެ އިދާރާތަކާއި ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަ ޕްރޮގްރާމެއް ހިންގިދާނެކަން އެއީ މީގެ 10 އަހަރު ކުރިން ހިޔާލަށް ގެންނަން ވެސް ދަތިވި ކަމެއް ކަމަށެވެ.

އަދި މަގުމަތި އެންމެންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުން ނަތީޖާ ހާސިލުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މީގެ 10 އަހަރު ކުރިން ކުރިއަށް ގެންދަން ފެށި މިފަދަ އެއް ޕްރޮގްރާމަކީ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، ޓްރެފިކް މޮނީޓާސްގެ 66 ވަނަ ޕްރޮގްރާމު ނިމިގެންދާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ތަމްރީނުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން، އެތަނެއްގައި ގާނޫނު ތަންފީޒުވެފައި އޮންނަ ވަރު ދައްކުވައިދޭ ކަމަކީ މަގުމަތީގައި ޓްރެފިކް ބެލެހެއްޓޭ މިންވަރުކަމަށް ތަޖުރިބާކާރުން ބުނާކަމަށާއި، މަގުމަތި ރައްކާތެރިކޮށް، އަމާން ތަނެއްގެ ގޮތުގައި ބޭއްވުން އެއީ ރާއްޖޭގެ ގާނޫނަށް ބޯލަނބާ ރައްޔިތަކު އުޅޭ ތަނެއްގެ ގޮތުގައި ވަޒަންކުރާ މިންގަނޑަށް އަންނާނެ ކަމެއްކަމަށް ވިދާޅުވިއެވެ.

އަދި 2019 ވަނަ އަހަރު ހެދި ސްޓްރެޓީޖިކް ޕްލޭންގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު އެއް ޕްރިއޯރިޓީއަކީ ރާއްޖޭގެ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުން ކަމުގައި ވިދާޅުވިއެވެ.

ހަމަ މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އިތުރަށް ވިދާޅުވީ، މި މަސައްކަތުގައި އެންމެ މުހިންމު ބައެއްގެ ގޮތުގައި ފެންނަ ބަޔަކީ ޓްރެފިކް މޮނީޓާސް ޕްރޮގްރާމްގެ ތެރެއިން ތަމްރީނުވި ދަރިވަރުން ކަމަށެވެ.

އަދި އެ ދަރިވަރުންނަކީ މި ގައުމަށްޓަކައި، އަ ސިމްބަލް އޮފް ޕްރޮމިސް އެއް ކަމަށާއި މި ގައުމުގެ ރައްކާތެރިކަން މިއަދަށް ވުރެ މާދަމާ ރަނގަޅު ކުރާނެކަމުގެ ޔަގީންކަން ގެނުވައިދޭ ނިޝާންތަކެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ މަގުތައް ރައްކާތެރިކުރުމަށް ދަރިވަރުން ކުރާ މަސައްކަތްތަކުގައި ސާބިތުވެ ތިބުމަށާއި ތައުލީމީ ދައުރު ނިމި އަމަލީ މައިދާނަށް ނުކުންނައިރު ވެސް އެކަންކަން ހަނދާނުގައި ބެހެއްޓުމަށް ޑީސީޕީ މަންނާން ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
14 ފެބުރުއަރީ 2017

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް