Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޝަޚްތަރު ޑޮނެސްކު އަތުން ބަލިވެ، ބާސެލޯނާ އަށް އިތުރު އިންތިޒާރެއް

8 ނޮވެމްބަރު 2023 | ބުދަ 05:07

ބައްޔާއެކު ވެސް ބާސެލޯނާ އޮތީ ގްރޫޕް އެޗުގެ އެއް ވަނައިގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ނޮވެމްބަރު 2023 | ބުދަ 05:07
ޝަޚްތަރު ޑޮނެސްކުން ބާސެލޯނާ ކޮޅަށް ލަނޑު ޖަހަނީ

ޝަޚްތަރު ޑޮނެސްކުން ބާސެލޯނާ ކޮޅަށް ލަނޑު ޖަހަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޝަޚްތަރު ޑޮނެސްކާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ބަލިވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ޝަޚްތަރު ޑޮނެސްކުގެ ދަނޑުގައި ކުޅުނު މެޗުން ބާސެލޯނާ ބަލިވީ 1-0 އިންނެވެ. އެ މެޗުން މޮޅުވެ، މުބާރާތުގެ އަނެއް ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ބާސެލޯނާ އަށް އޮތެވެ. ނަމަވެސް ބައްޔާއެކު، ބާސެލޯނާ އިން އިތުރު އިންތިޒާރެއް ކުރަން ޖެހޭނެ އެވެ. އަނެއްކޮޅުން މިއީ މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާގެ ފުރަތަމަ ބައްޔެވެ.

ޝަޚްތަރު ޑޮނެސްކުގެ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ވެސް ބާސެލޯނާ އިން ދިޔައީ ލަނޑު ޖެހުމަށް މަސައްކަތް ކުރަމުންނެވެ. އެ ޓީމުގެ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އަށް ލަނޑު ޖަހާނެ ފުރުސަތު ލިބި، ބޭކާރުވި އެވެ. އޭގެ އިތުރުންް ޖަރުމަނުގެ އިލްކާއީ ގުންޑޮގާން ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ. ޝަޚްތަރު ޑޮނެސްކުން ވެސް ދިޔައީ އެ ޓީމަށް ލިބޭ ފުރުސަތުގައި ބާސެލޯނާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެ ޓީމުން މެޗުގައި ލަނޑު ޖަހައި ލީޑު ނެގީ 40 ވަނަ މިނެޓުގަ އެވެ. އެ ޓީމުގެ ޑިފެންޑަރު ޖިއޯޖީ ގޮޗޮލެއިޝްވިލީ ހުރަސްކޮށްދިން ބޯޅަ، ބޮލުން ގޯލަށް ވައްދާލައިގެން ލީޑު ނަގައިދިނީ ޑެނީލޯ ސިކާން އެވެ.

ބައްޔާއެކު ވެސް ބާސެލޯނާ އޮތީ ގްރޫޕް އެޗުގެ އެއް ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ. މި ގްރޫޕުގައި ކޮންމެ ޓީމެއް ވެސް ހަތަރު މެޗު ކުޅެފައިވާއިރު، ދެ ވަނައިގައި އޮތީ ޕޯޓޯ އެވެ. ބާސެލޯނާ ބަލި ކުރި ޝަޚްތަރު ޑޮނެސްކު އޮތީ ތިން ވަނައިގަ އެވެ.

އެންމެ ހިނގާ

1

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

2

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

3

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

4

ރައްޔިތުން ސުވާލުކުރަނީ މިއީ ސީރިއަސް ސަރުކާރެއްތޯ ނުވަތަ ކޮމިޑީ ޝޯވ ދޭ ބައެއްތޯ އެވެ

5

އީރާން ހަނގުރާމަ: ހުޅަނގު އޭޝިއާ ފަހަނައަޅައި ހަމަލާތައް ފުޅާވާނެ ކަމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް