Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަނގުރާމައަށްފަހު އިސްރާއީލުން ޣައްޒާ ހިފަނީ

ހަނގުރާމައަށްފަހު އިސްރާއީލުން މުއްދަތެއް ނެތް ގޮތަށް ޣައްޒާއާއި ހަވާލު ވާނެ: ނަތަންޔާހޫ

ނަތަންޔާހޫ ވިދާޅުވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްފަހު، އިސްރާއީލުން ހަވާލުވާނީ ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާއާ ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 7 ނޮވެމްބަރު 2023 | އަންގާރަ 08:50
އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

ފަލަސްތީނުގައި އިސްރާއީލުން ހިންގަމުން ގެންދާ ޤަތުލު ޢާއްމު ހުއްޓާލުމަށްފަހު ވަކި މުއްދަތެއް ނެތް ގޮތަށް އިސްރާއީލުން ޣައްޒާއާއި ހަވާލު ވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ފަލަސްތީނުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްފަހު، ވަކި މުއްދަތެއް ނެތް ގޮތަށް ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އެގައުމުން ނަގާނެ ކަމަށެވެ.

ހޯމަ ދުވަހު އޭބީސީ ނިއުސްއަށް ދެއްވި ޓީވީ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ވަކި މުއްދަތެއް ނެތް ގޮތަށް މުޅި ސަލާމަތީ ޒިންމާ އިޒްރޭލަށް އޮންނާނެ ކަމަށެވެ.

އަދި އެ ސަލާމަތީ ޒިންމާ އަޅުގަނޑުމެންގެ އަތުގައި ނެތް ނަމަ، އަޅުގަނޑުމެން ހީވެސް ނުކުރާ މިންވަރަށް ހަމާސްގެ ޓެރަރިޒަމް ފެތުރޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން ބޯޑަރު ހުރަސްކޮށް ހަމަލާދޭން ފެށި ފަހުން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ވައިގެ މަގުންނާއި އެއްގަމާއި ކަނޑުމަގުން ޣައްޒާއަށް ހުއްޓުމެއް ނެތި ހަމަލާތައް ދީފައެވެ.

ޣައްޒާގައި މަރުވި މީހުންގެ އަދަދު 10،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

ހޯމަ ދުވަހު ދެއްވި އިންޓަވިއުގައި ނަތަންޔާހޫ ވަނީ ހަނގުރާމަގައި ފަލަސްތީނުގެ ޢާއްމު ރައްޔިތުން މަރާކަމަށް ބުނާ ވާހަކަތަކަށް ރައްދުދެއްވައި ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކާ ދެކޮޅު ހައްދަވައިފަ އެވެ.  އޭނާ ވިދާޅުވީ އިސްރާއީލްގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ފަލަސްތީނުގެ  އެތައް ހާސް ހަނގުރާމަވެރިން ހިމެނޭ ކަމަށެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއި ދުނިޔޭގެ އެހެން ލީޑަރުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އަޑުތައް އިތުރުވަމުން ދިޔަ ނަމަވެސް ނަތަންޔާހޫ ވަނީ އެކަމަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އިޒްރޭލުން ޣައްޒާއަށް އިންސާނީ މުދާ އެތެރެކުރުމުގެ ފުރުސަތު ދޭނަންތޯ ސުވާލުކުރުމުން ނަތަންޔާހޫ ވިދާޅުވީ ޣައްޒާގައި ހައްޔަރުކޮށްފައިވާ ރަހީނުން ދޫކޮށްލައިފިނަމަ އިންސާނީ އެހީ ޣައްޒާއަށް ވެއްދުމުގެ ހުއްދަ ދެވިދާނެކަމަށެވެ. އެނޫން ހާލަތެއްގައި އެއްވެސް ފުރުޞަތެއް ނުދޭނެކަމަށް އޭނާ ތަކުރާރު ކޮށް ވިދާޅުވިއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހު ދިން ހަމަލާގެ އެއްވެސް ޒިންމާއެއް ނަންގަވަން ޖެހޭތޯ ސުވާލު ކުރުމުން ނަތަންޔާހޫ ވިދާޅުވީ ޔަގީނުން ވެސް އެހަމަލާ ތަކުގެ ޒިންމާ އޭނާ ނަގަންޖެހޭ ކަމަށާއި، އިސްރާއީލުން ހަމާސްއަށް ދޭ ހަމަލާތަކަކީ އޭގެ ބަދަލުގައި ދޭ ހަމަލާތަކެއް ކަމަށެވެ.

ނަތަން ޔާހޫ ވިދާޅުވީ ހަމަލާތައް ހުއްޓާނީ ފަލަސްތީނުގައި ތިބި ހަނގުރާމަވެރިން މަރާ ހުސްވުމުން ކަމަށާއި، އަދި އޭގެ ފަހުންވެސް ޣައްޒާއާއި ހަވާލުވާނީ އިސްރާއީލުން ކަމަށެވެ.

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް

30 އެޕްރީލު 2017
ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް
17 އެޕްރީލު 2017

އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް

17 އެޕްރީލު 2017
އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް
21 މާރިޗު 2017

ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

21 މާރިޗު 2017
ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި
14 މާރިޗު 2017

ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ

14 މާރިޗު 2017
ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ
06 މާރިޗު 2017

މެލޭޝިއާ އިން ކަންކުރި ގޮތަށް އުތުރު ކޮރެއާ އިންވެސް ކަން ކޮށްފި، އެމްބެސެޑަރު ގައުމު ދޫކޮށް ދާން އަންގައިފި

06 މާރިޗު 2017
މެލޭޝިއާ އިން ކަންކުރި ގޮތަށް އުތުރު ކޮރެއާ އިންވެސް ކަން ކޮށްފި، އެމްބެސެޑަރު ގައުމު ދޫކޮށް ދާން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު