Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

ސުޕްރީމް ކޯޓާއި ހިސާބަށް މައްސަލަ ގެންދަން ޖެހުނީވެސް މަޖިލީހުން ހައްލެއް ހޯދިފައިނުވުމުން: އެމްޑީޕީ

ޤަވާއިދު އިސްލާޙުކޮށް މަޖިލީހުގެ ތެރެއިން މި މައްސަލަ ހައްލު ކުރަން މަސައްކަތް ކުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ނޮވެމްބަރު 2023 | އަންގާރަ 06:54
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލަ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސުޕްރީމް ކޯޓާއި ހިސާބަށް މައްސަލަ ގެންދަން ޖެހުނީވެސް މަޖިލީހުން އެކަމަށް ހައްލެއް ހޯދިފައިނުވުމުންކަމަށް އެމްޑީޕީން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

އަންގާރަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުންވެސް ވާހަކަ ދައްކާފައިވާއިރު، ފަނޑިޔާރުންގެ ސުވާލުތަކަށްވެސް އެ ފަރާތްތަކުން ވަނީ ޖަވާބުދެއްވާފައެވެ.

މި އަޑުއެހުމުގައި އެމްޑީޕީގެ ވަކީލު އަބްދުﷲ އަފީފްވިދާޅުވީ، މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމުގެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓުމަކީ ހަމައެކަނި ނައިބްރައީސަށް ޚާއްސަ ކުރެވޭ ކަމެއްކަމަށް ނުބުނެވޭނެ ކަމަށެވެ. އެގޮތަށް މާނަކުރާނަމަ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަަަލައެއް ހުށައެޅިފައި އޮއްވައި ނައިބްރައީސް އަަވަހާރަވެއްޖެނަމަ ދެން އެ މައްސަލައެއް ކުރިއަަކަށް ނުގެންދެވޭނެކަމަށް ވަކީލު ވިދާޅުވިއެވެ.

އެމްޑީޕީގެ ވަކީލު ވިދާޅުވި ގޮތުގައި މިވަގުތު ރައްޔިތުންގެ އާންމު މަސްލަޙަތާއި ގުޅިފައިވާ ގިނަ މަސައްކަތްތަކެއް މަޖިލީހުގައި ހުއްޓިފައިވާއިރު، އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި މަޖިލީހުގައި ކުރިއަށް ގެންދަން އޮތީ ބަޖެޓުގެ މަސައްކަތެވެ.

މި މައްސަލައަށް ތަދައްޚުލުވެފައިވާ ދި ޑިމޮކްރެޓްސްއިން ބުނާ ގޮތުގައި މިއީ މަޖިލީހުގެ ތެރެއިން ހައްލު ކުރެވޭނެ ކަމެކެވެ. ވީއިރު މި މައްސަލައިގެ ތެރެއަށް ކޯޓުން ވަނުމަކީ ރަނގަޅު ކަމެއްކަމަށް ނުދެކޭކަމަށް އެ ޕާޓީ ތަމްސީލު ކުރެއްވި ވަކީލުން ވިދާޅުވިއެވެ.

މި އަޑުއެހުމުގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާވެސް ވަނީ މިއީ މަޖިލީހުގެ ނިޒާމުގެ ތެރެއިން ޙައްލު ހޯދޭނެ ކަމެއްކަމަށްވިދާޅުވެފައެވެ.

އެހެންނަމަވެސް، ޤަވާއިދު އިސްލާޙުކޮށް މަޖިލީހުގެ ތެރެއިން މި މައްސަލަ ހައްލު ކުރަން މަސައްކަތް ކުރުމުން، އެ މަސައްކަތް ކުރިއަށް ނުގެންގޮސް މިހާ ހިސާބަށް މި މައްސަލަ އަންނަން ޖެހުނީވެސް މަޖިލީހުން ހައްލެއް ނުހޯދެވުމުންކަމަށް އެމްޑީޕީގެ ވަކީލު އެކަމަށް ރައްދު ދެއްވައި ވިދާޅުވިއެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމުގެ ޤަރާރު ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ނާއިބްރައީސް ހާޒިރުނުވާ ޙާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓަވާނެ ފަރާތެއް ކަނޑައަޅައި، މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމުގެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނެކަމަށް ކަނޑައަޅުއްވައިދެއްވުމަށާއި، މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގެ އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މުޙައްމަދު އިބްރާޙީމްއެވެ.

އަންގާރަ ދުވަހު މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، ދެން އޮންނާނީ މި މައްސަލައިގެ ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު