Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީސް ތަޅުއެޅުވުން

ސުޕްރީމް ކޯޓުން އިންސާފު ލިބުމަށް ހުރަސް އެޅުމާއި މަޖިލީހަށް ވަނުމަށް ހުރަސް އެޅުމާ ތަފާތެއް ނެތް: މައުމޫން ހަމީދު

24 ޖުލައި 2017 | ހޯމަ 07:19

މަޖިލީހުގެ އިދާރާ ވަނީ ހޯމަ ދުވަހުގެ ހެނދުނު ތަޅު އަޅުވާފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 24 ޖުލައި 2017 | ހޯމަ 07:19
މަޖިލީހުގެ ގޭޓް ވަނީ ތަޅުއެޅުވިފައި

މަޖިލީހުގެ ގޭޓް ވަނީ ތަޅުއެޅުވިފައި

ސުޕްރިމް ކޯޓުން އިންސާފު ނުލިބުމަކީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ކޯޓުތަކަށް ނުވަދެވުން އަދި މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ އިދާރާއަށް ނުވަދެވުމާ އެއްފަދަ ކަމެއް ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ސިފަކުރައްވައިފި އެވެ.

މައުމޫން ހަމީދު ކުރައްވާފައިވާ ޓްވީޓުގައި މިހެން ހާމަކޮށްފައި ވަނީ މަޖިލީހުގެ އިދާރާގައި ތަޅު އަޅުވާފައި ވުމާ ގުޅިގެންނެވެ. މައުމޫނު ހަމީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން އިންސާފު ލިބުމަށް ހުރަސް އެޅުމާއި ކޯޓުތަކަށް ފަނޑިޔާރުންނަށް ނުވަދެވުން އަދި މަޖިލީހަށް މެންބަރުންނަށް މަޖިލީހަށް ނުވަދެވުމާ އެއްފަދަ ކަމަށެވެ.

Advertisement - newsAdvertisement

މައުމޫނު ހަމީދު އިޝާރާތްކުރައްވާފައި ވަނީ ސީދާ ކޮން ކަމަކަށްކަން ނޭނގުނު ނަމަވެސް މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ އުސޫލަށް ސުޕްރީމް ކޯޓުން ގެނައި ބަދަލުތަކާއި އެ ބަދަލުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުވައިލި މެންބަރުންގެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުން ލަސްކުރަމުންދާތީ ގާނޫނީ ވަކީލުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އަދި ކާނަލް މުހައްމަދު ނާޒިމްގެ މައްސަލައިގަ ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނާއި ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލަ ފެނުނު ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި ފުރުސަތު ދެއްވައިފި ނަމަ ޝަރީއަތުގެ މަޖިލީހުގައި ނާޒިމްގެ ކުށެއް ނެތްކަން ސާބިތުކޮށްދެއްވާނެ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފޮނުއްވި ސިޓީއާ ގުޅިގެން އެ ފުރުސަތު ސުޕްރީމް ކޯޓުން މިހާތަނަށް ވެސް ދެއްވާފައި ނުވާތީ މައުމޫނު ހަމީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މަޖިލީހުގެ އިދާރާ ހޯމަ ދުވަހުގެ ހެނދުނުން ފެށިގެން ތަޅު އަޅުވާފައިވާ އިރު، ތަޅުއެޅުވި އޮފިސަރުންގެ ތަފްސީލް ފައިލް ކުރެވެން ޖެހޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރައްވާފައިވާ ފާތިމަތު ދިޔާނާ ސައީދު ވަނީ ވިދާޅުވެފަ އެވެ. ދިޔާނާ މިހެން ޓްވީޓް ކުރައްވާފައިވާ އިރުު އޭނާ އިތުރަށް ވިދާޅުވީ، ސުޕީރިޔަރ އޯޑަރުތަކަކީ ގާނޫނު ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

މިހެން ވިދާޅުވެ އޭނާ ވަނީ ގާނޫނު އަސާސީގެ 245 ވަނަ މާއްދާ ފާހަގަކޮށްފަ އެވެ.

ގާނޫނު އަސާސީގެ 245 ވަނަ މާއްދާގައި ވަނީ ޣައިރު ގާނޫނީ އަމުރު ނުކުރުމާއި ޣައިރު ގާނޫނީ އަމުރަށް ތަބާނުވުމާއި، އެއްވެސް ފަރާތަކުން ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހަކަށް ޣައިރު ގާނޫނީ އަމުރެއް ކޮށްގެން ނުވާނެއެވެ. އަދި އެފަދަ އެއްވެސް އަމުރަކަށް ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހަކު ތަބާވެގެނެއް ނުވާނެއެވެ."

މަޖިލީހުގައި ތަޅު އެޅުވުމާ ގުޅިގެން އެތައް ބަޔަކު ގެންދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ. އަދި ސިފައިންނަށް އެކަން ނުކުރެވޭނެ ކަމަށް ދަނީ ބުނަމުންނެވެ. މިއީ ސިފައިން ނުކުމެ މަޖިލީސް ހިސޯރުކުރުން ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް