Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަޖިލިސް ރިޔާސަތު

ތަފާތަކީ ސިފައިން ވައްދައިގެން މެންބަރުން ބޭރު ނުކުރުމެވެ. ކަމަކީ ހަމަ "ހިސޯރު" ކުރުމެވެ.

މަސީހު މަޖިލިސް ހިސާރުކުރެއްވީ ސިފައިންގެ ބާރުން، ނަޝީދު ހިސާރުކުރައްވަނީ ގާނޫނުގެ ނަހަމަ ބޭނުން ކޮށްގެން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2023 | ހުކުރު 08:59
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (ވ) އަދި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު (ކ)

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (ވ) އަދި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު (ކ)

އެއީ ވެސް މިއީ ވެސް ހަމަ އެއް ކަމެކެވެ. ދެ ކަމަށް ވެސް ކިޔަނީ ހަމަ "ހިސޯރު" ކުރުމެވެ. ބޮޑު ތަޅު އަޅުވައި ބަންދު ކުރުމެވެ. ބޭނުންފުޅުވާ ބީދާއިން ކަންތައްތައް ކުރެއްވުމެވެ.

މިއީ 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިހާބު ކުރި މެންބަރަކު ވެސް އަމަލު ކުރެއްވި އުސޫލެވެ. 2019 ވަނަ އަހަރު ރައްޔިތުން ހޮއްވެވި މެންބަރަކު ވެސް އަމަލު ކުރެއްވި އުސޫލެވެ. ދެބޭފުޅުންނަކީ ވެސް މަޖިލީހުގެ ދެ ރައީސުންނެވެ. ޙުދުމުހްތާރުކޮށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ދެބޭފުޅުންނެވެ. އެއީ ކޮން ދެބޭފުޅުންނެއް ކަން ނަން ނުދެންނެވިއެއް ކަމަކު، ރައްޔިތުންނަށް އެނގޭނެކަން ކަށަވަރެވެ.

ތިޔަ ވިސްނުނީ ހެޔޮކޮށެވެ. 2014 އިން 2019 އަށް ނަމަ އެއީ އޭރުގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދެވެ. މިހާރު ރިޔާސަތުގައި އިންނެވީ މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މި ދެ ބޭފުޅުންގެ ފަރާތްޕުޅުން ދިމާވެގެން މި އުޅޭ މައްސަލައަކީ އެއްވެސް ޙާލެއްގައި އެ ދެ ބޭފުޅުން އައިނު ތުރުކުރައްވާތީ ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. އެހެންނެއް ކަމަކު، އެއީ މަޖިލިސް ހިސާރު ކުރުމުގެ ޓެސްޓުން ފާސްވި ދެ ބޭފުޅުންނަށް މި ދެ ބޭފުޅުން އުޅުއްވުމެވެ.

ނަޝީދާއި މަސީހު ތަފާތުވަނީ އެންމެ ގޮތަކުންނެވެ. މަސީހު އަކީ މަޖިލިސް އެތެރޭގައި ސީދާ "ޑިކްޓޭޓާޝިޕް" އެއް ހިންގެވި ބޭފުޅެކެވެ. މަޖިލީހުން ގޮޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި 12 މެންބަރުންނާ ދޭތެރޭ ކަންތައް ކުރެއްވި ގޮތުން އެކަން ސާފުވެ އެވެ. ހަނދާން އައުކޮށްލަމާ ހިނގާށެވެ.

އެ 12 މެންބަރުންގެ ސޮޔާ އެކު، މަޖިލީހަށް ހުށަހެޅި ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެކެވެ. އެހެން މެންބަރުންނާއި އެ 12 މެންބަރުންގެ ތަފާތަކީ، ދައުރުގެ މެދުތެރެއިން އެ މެންބަރުން ޕާޓީ ބަދަލުކުރެއްވުމެވެ. އެއާއެކު ވަގުތުން ގަވާއިދަށް އިސްލާހެއް ހުށަހަޅައި، ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑިއާ މެދު ސުވާލު އުފައްދާ ހިސާބަށް އޭރުގެ ވެރިކަމުގައި އޮތް، ޕީޕީއެމްގެ މެންބަރުން މަސައްކަތް ފެށިއެވެ. އެހާ ހިސާބުން ސުޕްރީމް ކޯޓަށް ގޮސް، އެ ކޯޓުން ގޮތް ނިންމީ އެ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.

މަންޒަރު ސާފުވާން ފެށީ އެހާ ހިސާބުންނެވެ. އެ މެންބަރުންނަށް މަޖިލީހަށް ނުވަދެވެ އެވެ. ވަނުމުން ބޮޑު ދޮރާށި މަތިން ސިފައިންގެ ބޭކަލުން، އެ މެންބަރުން އުކާލީ އެވެ. މި ހުރިހާ ކަމެއް ހިނގި އިރު، އެކަންކަމުގެ އޯޑަރު ދެއްވި ފަރާތެއް މަޖިލީހުގެ ރިޔާސަތުގައި އިންނެވި އެވެ. އެއީ އޭރުގެ މަޖިލިސް ރައީސް މަސީހު އެވެ. ފަހުން ނަމަވެސް އިސްތިއުފާ ދެއްވި އޭރުގެ މަޖިލިސް ރައީސެވެ.

އެއީ ޖުމްލަކޮށް ނަމަވެސް، އޭރު ކަންތައް ހިނގި ގޮތެވެ. މިހާރުގެ ވާހަކަ ދެން ދައްކަމާ ހިނގާށެވެ.

ރިޔާސަތުގައި އިންނެވީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ރައީސް ކަމުން ވެސް އަމިއްލަފުޅަށް އިސްތިއުފާދެއްވި ޑިމޮކްރެސީގެ ބައްޕަ އެވެ. އާންމު ނަމުން ނަމަ ކިޔަނީ އަންނި އެވެ. ނުވަތަ ގ. ކެނެރީގޭ މުހައްމަދު ނަޝީދު އެވެ. ނަޝީދު ވެސް ރިޔާސަތުގައި އިންނަވަނީ މެޖޯރިޓީއާ ދެކޮޅަށެވެ. އެއްވެސް ހާލެއްގައި ސިފައިން މަޖިލީހަށް ވައްދައިގެން، މަޖިލީހުގެ ނިޒާމު އެބީދާއިން ގެއްލުވައިގެންނެއް ނޫނެވެ. އެހެން ނަަމަވެސް، ގާނޫނުގެ ބޭނުން ހިއްޕަވައިގެންނެވެ.

ރާއްޖޭގެ ގާނޫނު އަސާސީ އަދި މަޖިލިސް ގަވާއިދުގެ ބޭނުން ހިފައިގެން، މުޅި މަޖިލިސް ހުއްޓުވައިގެން އަދި ތަޅުއަޅުއްވައިގެން ނަޝީދު މިއަދު ކުރައްވާ ކަމަކީ އެބޭފުޅާގެ ޕާޓީގެ މެންބަރުންނަށް ފައިދާ ކުރެއްވުމެވެ. މައި ސަރުކާރުގެ ފަރާތުން ހުށަހަޅާ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ހާލު، ޖަލްސާތައް ބާއްވަން ވެސް ފުރުސަތު ވެސް ނުދެއްވަނީ އެވެ. އިތުބާރު ނެތް ކަމުގެ ވޯޓު ހުށަހެޅުމާއެކު، މަޖިލިސް ނާއިބު ރައީސް އީވާ އަބްދުﷲ އަދި ނަޝީދުގެ ތިމާގެ ދެބެއިން، މަޖިލީހުގެ އެމްޑީޕީ މެންބަރުންނަށް ދައްކާލަނީ އެ ބޭފުޅުންގެ އަސްލު ސޫރަ އެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން، އިސްލާހީ މަސައްކަތުގެ ނަމުގައި ކުރާ މަސައްކަތަކީ ހުސް އެބޭފުޅުންގެ ޖީބުތައް ފުރާލެއްވުން ކަމަށް ވީއިރު، މިއަދު މުޅި މަޖިލިސް ބާރު ވެސް އޮތީ އެބޭފުޅުންގެ ޖީބުގައެވެ. ގާނޫނީ ހުސްކަމަކަށް މަޖިލިސް ފޮނުއްވައިގެން މިއަދު އެ ބޭފުޅުން ފިނިކޮޓަރީގައި ނިދިކުރައްވަނީ އެވެ.

މިއީ މަސީހު ފަދައިން ރައްޔިތުން އެބޭފުޅުން އިންތިހާބު ކުރި ސަބަބަށް ވާނަމަ، އެކަން ރަނގަޅަށް ވެސް ހާސިލުވެއްޖެ އެވެ. އެކަމަށް މަރުހަބާ އެވެ. އެހެން ނަމަވެސް، ގާނޫނު އެ މީހަކާ އަރާ ހަމަކުރާނީ ބުނެފައެއް ނޫނެވެ. ވަގަކަށް ހާސް ދުވަހަށް ވެފައި، ވެރިއަކަށް އެއް ދުވަހޭ ހަރުބަހެއްގައި އޮންނަނީ ވެސް ކޮންމެވެސް ސަބަބެއް އޭގައި އޮތުމުންތާ އެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައްޔިތުންގެ މަޖިލިސްރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)މަގޭ ރިޕޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު