Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑް

ރެއާލްގެ ޗުއަމެނީ އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިއްޖެ

މެޑިކަލް ޓީމުން ކުރިއަށް ގެންދިޔަ ޓެސްޓުތަކުން ދައްކާ ގޮތުގައި ޗުއަމެނީގެ ވާއަތު ފައިތިލަ އަށް އަނިޔާވެފައިވާކަން ވަނީ އެނގިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2023 | ހޯމަ 02:08
ރެއާލުން ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި އައުރެލިން ޗުއަމެނީ

ރެއާލުން ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި އައުރެލިން ޗުއަމެނީ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންސިވް މިޑްފީލްޑަރު އައުރެލިން ޗުއަމެނީ އަށް އަނިޔާވެ، ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ އަށް އަނިޔާވެފައި ވަނީ ސްޕެނިޝް ލީގުގައި ރެއާލުން ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ރެއާލް މެޑްރިޑުން ހާމަކޮށްފައިވާ ގޮތުގައި ޗުއަމެނީގެ ވާއަތު ފަޔަށް ވަނީ އަނިޔާވެފަ އެވެ. ރެއާލުން ބުނީ އެ ޓީމުގެ މެޑިކަލް ޓީމުން ކުރިއަށް ގެންދިޔަ ޓެސްޓުތަކުން ދައްކާ ގޮތުގައި ޗުއަމެނީގެ ވާއަތު ފައިތިލަ އަށް އަނިޔާވެފައިވާކަން އެނގިފައިވާ ކަމަށެވެ. އޭގެ ސަބަބުން ގާތް ގަނޑަކަށް ހައެއް ނުވަތަ އަށް ހަފްތާގެ މުއްދަތަކަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ވެސް އެ ކުލަބުން ވަނީ ބުނެފަ އެވެ. ރެއާލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޗުއަމެނީ އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުމަކީ އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް އުނދަގޫ ކަމަކަށް ވާނެ އެވެ.

މޮނާކޯ ދޫކޮށް މިދިޔަ އަހަރު ޗުއަމެނީ ރެއާލަށް ބަދަލުވީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ އެ ކުލަބުގައި މޮޅު ކުޅުމެއް ވެސް ދައްކައިފަ އެވެ. ރެއާލަށް މިހާތަނަށް ކުޅެދިން 64 މެޗުގައި ޗުއަމެނީ ވަނީ އެއް ލަނޑު ޖަހައިފަ އެވެ. ރެއާލްގެ ކޯޗު އަންޗެލޮޓީ އެންމެ އިސްކަން ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ވެސް ޗުއަމެނީ ހިމެނެ އެވެ. ރެއާލާއެކު އޭނާ ވަނީ މިހާތަނަށް ކޮޕާ ޑެލް ރޭ، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.

ޒުވާން ކުޅުންތެރިޔާ އަކީ ފްރާންސް ޤައުމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ. އޭނާ އަށް ފްރާންސް ޤައުމީ ޓީމުން ޖާގަ ލިބުނީ 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް 29 މެޗު ކުޅެދީ، ތިން ލަނޑު ޖަހައިފަ އެވެ. ފްރާންސް އިން މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ދެ ވަނަ ހޯދިއިރު، ޗުއަމެނީ އަކީ އެ ޓީމުގައި ހިމެނޭ ކުޅުންތެރިޔެކެވެ.

ރެއާލް މެޑްރިޑްޗުއަމެނީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު