Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެތަޑޯން ފަރުވާ

މެތަޑޯންގެ ފަރުވާއާއެކު މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑް ކުޑަކުރެވިފައިވޭ: އިމާދު

27 އޮކްޓޯބަރު 2023 | ހުކުރު 06:51

މެތަޑޯންގެ ފަރުވާ ނަގާ 400ށް ވުރެ ގިނަ މީހުން އެބަތިބި

އަމްނާ އިމާދު
އަމްނާ އިމާދު | 27 އޮކްޓޯބަރު 2023 | ހުކުރު 06:51
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ސާލިހް

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ސާލިހް

މެތަޑޯންގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިފަރުވާއާއެކު މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑް ކުޑަވެފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ސާލިޙު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަފުޅު ދައްކަވަމުން އިމާދު ވިދާޅުވީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ފަރުވާ ދިނުމަށްފަހު، އެމީހުން އަނބުރާ މުޖުތަމައަށް ނެރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އެމީހުންނާއި ދޭތެރޭގައި މުޖުތަމައުއިން ދެކޭގޮތާއި، މުއާމަލާތް ކުރަމުންދާ ގޮތް ވެސް ބަދަލުވަމުންދާ ކަމަށެވެ. މީގެ ކުރިން މަސްތުވާތަކެތި ބޭނުންކުރާ މީހުންނާ ދޭތެރޭގައި ދެކެނީ ވަރަށް ގޯސްގޮތަކަށް ކަމަށާއި، ނަމަވެސް އާއްމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށް އިމާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެފަދަ މީހުންނަށް އެމީހުންގެ އާއިލާތަކުން ވެސް އެއްބާރުލުންދޭ މަންޒަރު މިހާރު މުޖުތަމައިން ފެންނަމުންދާ ކަމަށާއި، ސިއްހީ ގޮތުން ފަރުވާ ދިނުމަށް އައިލާތަކުން ވަރަށް ބޮޑަށް މަސައްކަތްކޮށްދޭ ކަމަށެވެ.

Advertisement - newsAdvertisement

އިމާދު ވިދާޅުވީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުން މުޖުތަމައުއަށް ނެރުމަށް ސިއްހީ އެޕްރޯޗަކުން މަސައްކަތް ފެށިގެން ދިޔައީ މީގެ 8 އަހަރު ކުރިން ކަމަށާއި، ފާއިތުވި 5 އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތައް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މިހާރު ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން މެތަޑޯންގެ ފަރުވާ ގިނަ އަދަދެއްގެ ބަޔަކު ނަގަމުންދާ ކަމަށާއި، މި ޕްރޮގްރާމް ކާމިޔާބު ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިހާރު މެތަޑޯންގެ ފަރުވާ ނަގާ 400ށް ވުރެ ގިނަ މީހުން އެބަތިބި ކަމަށާއި، މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރަމުންދާ ކަމަށް އިމާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ކުޅުދުއްފުށި ސިޓީގައި ވެސް ޚިދުމަތް ދިނުމަށް ސެންޓަރެއް ހުޅުވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އިމާދު ވިދާޅުވީ މެތަޑޯންގެ ޚިދުމަތާއެކު މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑް ކުޑަކުރެވިފައިވާކަން ފާހަގަކުރެވޭ ކަމަށާއި، ޖިނާއީ ކުދިކުދި ކުށްތަކަށް އަރައިގަތުން ވަރަށް ބޮޑަށް މަދު ކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ ކަމަށެވެ. އަދި ވިދާޅުވީ ވައްކަމުގެ މައްސަލަތައް ވެސް މަދުކަމަށް ރިކޯޑުތަކުން ދައްކާ ކަމަށެވެ. އެހެންކަމުން މަސްތުވާތަކެތި ބޭނުންކުރާ މީހުން މުޖުތަމައުއަށް ނެރުމަށްޓަކައި ސިއްހީ އެޕްރޯޗަކުން މަސައްކަތް ކުރުމުން ނަތީޖާ ރަނގަޅު ކަމަށާއި، މުޖުތަމައުއަށް އެކަމުގެ ހެޔޮ އަސަރު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މެތަޑޯނަކީ ބޭހާއެކު ދެވޭ ފަރުވާއެކެވެ. ކައުންސެލިންއާއި އެޑިޔުކޭޝަންގެ އިތުރުން މިހާއަށް ދިރިއުޅުން ކުރިއަށް ގެންދެވޭ ގޮތަށް ގިނަ ސެޝަންތަކެއް މިޕްރޮގްރާމްގައި ކުރިއަށް ގެންދެއެވެ. މެތަޑޯންގެ ޑޯޒް ކުޑަކޮށް ފަށާ މަތިކުރަމުން ގޮސް އެ މީހަކާ ގުޅޭ މެއިންޓަނެންސް ޑޯޒް ދިނުމުން ބޭނުންކުރުން އެއްކޮށް ހުއްޓިގެންދެއެވެ.

މެތަޑޯން އެންޑީއޭމަސްތުވާތަކެތި

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
30 ނޮވެމްބަރު 2025

މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް

30 ނޮވެމްބަރު 2025
މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް
25 ނޮވެމްބަރު 2025

ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ

25 ނޮވެމްބަރު 2025
ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ
25 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި

25 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި
24 ނޮވެމްބަރު 2025

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށްފަހު އެ ނެގީ ތަހުގީގު ބޭނުމަށް: ފުލުހުން

24 ނޮވެމްބަރު 2025
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށްފަހު އެ ނެގީ ތަހުގީގު ބޭނުމަށް: ފުލުހުން
20 ނޮވެމްބަރު 2025

މަސްތުވާތަކެތި ވިއްކާ މީހޫން ހޯދުމުގެ ބޮޑު އޮޕަރޭޝަންގެ ހިލަމެއްނެތް. ޖަލްސާއަށް ކުޅުނު ޑްރާމާއެއްތަ؟

20 ނޮވެމްބަރު 2025
މަސްތުވާތަކެތި ވިއްކާ މީހޫން ހޯދުމުގެ ބޮޑު އޮޕަރޭޝަންގެ ހިލަމެއްނެތް. ޖަލްސާއަށް ކުޅުނު ޑްރާމާއެއްތަ؟
14 ނޮވެމްބަރު 2025

ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހުވަދޫ އިން 16 މީހުން ހައްޔަރު ކޮށްފި

14 ނޮވެމްބަރު 2025
ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހުވަދޫ އިން 16 މީހުން ހައްޔަރު ކޮށްފި
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް