Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

އެފްއޭއެމްގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މާ ބޮޑަށް ފަރުވާ ކުޑަވުމުން: އަލީ އާޒިމް

އާޒިމް ދެކިލައްވާ ގޮތުގައި އެފްއޭއެމްގެ ކަންކަމާ އޭރަކު އޮންނަ ސަރުކާރުން ނުބެހުނު ނަމަވެސް، ހިންގާ ޤަވާއިދާ ޚިލާފަށް ކަންތައް ކުރުމަކީ، ފިޔަވަޅު އަޅަން ޖެހޭނެ ކަމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2023 | ބުރާސްފަތި 00:27
އެފްއޭއެމްގެ ފުރަތަމަ އިންތިޚާބީ ރައީސް އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

އެފްއޭއެމްގެ ފުރަތަމަ އިންތިޚާބީ ރައީސް އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ، މާބޮޑަށް ފަރުވާކުޑަވެ، އިހުމާލުވުމުން ކަމަށް އެ އެސޯސިއޭޝަންގެ ފުރަތަމަ އިންތިޚާބީ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން އަންނަ އާޒިމް މިހެން ވިދާޅުވީ، "ރާއްޖެ އެމްވީ" އަށް ދެއްވި އިންޓަވިޔުއެއްގަ އެވެ. އާޒިމް ވިދާޅުވީ، މި ޙާލަށް އެފްއޭއެމްގެ ކަންކަން ދިޔައީ އެ އެސޯސިއޭޝަނާ ދޭތެރޭގައި އަޅަން ޖެހޭ ފިޔަވަޅު ނާޅާ އޮވެގެން ކަމަށެވެ. އެގޮތުން އެފްއޭއެމްގެ ހިންގާ ޤަވާއިދެއް އޮންނައިރު، ކަނޑައެޅިގެން އެ ޤަވާއިދާ ޚިލާފަށް އެ އެސޯސިއޭޝަނުން ކަންކަން ކުރަމުން ގެންދިޔަ އިރު ވެސް، ރަޖިސްޓްރާ އެކަމަށް ފިޔަވަޅު އަޅުއްވާފައި ނުވާކަން އާޒިމް ފާހަގަކުރެއްވި އެވެ. އާޒިމް ދެކިލައްވާ ގޮތުގައި އެފްއޭއެމްގެ ކަންކަމާ އޭރަކު އޮންނަ ސަރުކާރުން ނުބެހުނު ނަމަވެސް، ހިންގާ ޤަވާއިދާ ޚިލާފަށް ކަންތައް ކުރުމަކީ، ފިޔަވަޅު އަޅަން ޖެހޭނެ ކަމެކެވެ. އެއީ ރަޖިސްޓްރާ އަކަށް ހުންނަވާ ބޭފުޅެއްގެ މަސްއޫލިއްޔަތެއް ކަމަށާއި، އެފަދަ ޙާލަތެއްގައި ފިޔަވަޅު އެޅުމަކީ މަޖުބޫރު ކަމެއް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ އެފްއޭއެމްގެ އެތެރޭގައި އެތަނުގެ އިސްވެރިން ކޮރަޕްޝަންގެ އަމަލު ހިންގަމުންދާއިރު، އެއީ ޖިނާއީ ކުށެއް ކަމަށެވެ. އެހެންކަމުން އެކަންކަން ބެލުމަށް ފުލުހުންނަށް އެ އެސޯސިއޭޝަނަށް ވަދެ، އެކަންކަން ބެލޭނެ ކަމުގައި އާޒިމް ވިދާޅުވި އެވެ. އެކަމަކީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި އޭޝިއަން ފުޓުބޯލް ކޮންފަޑެރޭޝަން (އޭއެފްސީ) އިން ވެސް ވަރަށް ބޮޑަށް ބާރުއަޅާނެ ކަންތައްތަކެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ. އެފަދަ ޙާލަތުގައި ފުލުހުން ވަދެ، އެ ކޮރަޕްޝަންގެ ކަންކަން ހުއްޓުވުމަކީ ފީފާ އިން ވެސް ޤަބޫލު ކުރާނެ ގޮތެއް ކަމަށް އާޒިމް ވިދާޅުވި އެވެ. ސަބަބަކީ ފީފާގެ ޤަވާއިދުގައިވާ ގޮތުން، ބާރު ނުފޯރުވޭނީ އެ އިދާރާއެއްގެ ހިންގުމަށް ކަމަށްވާތީ އާއި، ފުލުހުން ވަނުމަކުން ހިންގުމުގެ އެއްވެސް ކަމަކަށް އަސަރު ނުފޯރާނެތީ އެވެ.

އިތުރަށް އާޒިމް ވިދާޅުވީ ފުލުހުން އެފްއޭއެމަށް ވަދެގެން، ރާއްޖެ ސަސްޕެންޑު ކުރާނެ އެއްވެސް ޙާލަތެއް ނާންނާނެ ކަމަށެވެ. ނަމަވެސް، މިވަގުތު ރާއްޖެ ސަސްޕެންޑު ކުރުމަކީ، ފުޓުބޯޅަ އަށް ލިބޭ ގެއްލުމަށްވުރެ ބޮޑަށް، ފައިދާވާނެ ކަމެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ. އެއީ ގޯހުން ގޯހަށް ގޮސްފައިވާ ކަންކަން ރަނގަޅު ކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް އާޒިމް ދެކިލައްވަ އެވެ. ސަސްޕެންޑު ކުރުމާއެކު އިންޓަރިމް މަރުހަލާއެއް އަންނާނެ ކަމަށާއި، މިހާރު ބޭނުންވާ ގޮތަށް ކަންކަން ބަދަލުކުރުމުގެ ފުރުސަތު އެމީހުންނަށް އޮންނާނެ ކަމަށް އާޒިމް ފާހަގަކުރެއްވި އެވެ. އެހެންކަމުން އެއީ މައްސަލަ ދިމާވެފައި ވަނިކޮށް، ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އާޒިމް ވިދާޅުވި އެވެ. އިތުރަށް އާޒިމް ވިދާޅުވީ ހުރިހާ ކުލަބުތަކެއް ގުޅިގެން ފުޓުބޯޅައިގެ ޙާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެފްއޭއެމާ ދެކޮޅަށް ކުރިއަށް ގެންދާ ތަހުގީގާ ގުޅިގެން މި ހަފްތާގެ އާދީއްތަ ދުވަހު ފުލުހުން ވަނީ އެފްއޭއެމްގެ އޮފީހަށް ވަދެފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވާ ގޮތުގައި، އެފްއޭއެމަށް އެކި ފަރާތްތަކުން ދެމުން އަންނަ ފައިސާތަކަށް އެ އިދާރާގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިން، ވައްކަން، ޚިޔާނާތް އަދި މަކަރާއި ހީލަތް ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެ ކަމެއް ތަޙުގީގުކޮށް، އެ މައްސަލައިގައި ދަޢުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވައި ދިނުމަށް އެދޭ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމާ ދެކޮޅަށް ފުލުހުން ކުރަމުން ދަނީ ސީރިއަސް ތުހުމަތު ތަކެކެވެ. އެގޮތުން އެ އިދާރާ އަށް އެކި ގޮތް ގޮތުން ލިބެމުން އަންނަ ފައިސާ، އިދާރާގެ އިސްވެރިންނާއި، އިސްވެރިންނާއި ގާތް ގުޅުން އޮތް ފަރާތްތަކުގެ އިތުރުން، އެކި އެކި ކުންފުނިތަކަށް ވެސް ވަނީ ޖަމާކޮށްފަ އެވެ. ނަމަވެސް މިކަންކަމާ ގުޅިގެން މިހާތަނަށް އެފްއޭއެމުން އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަލީ އާޒިމް

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު