Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގޮނޑި ގެއްލުވާލުން

ބައި އިލެކްޝަން އިޢުލާނުކުރި މައްސަލަ ސުޕްރީމް ކޯޓުން އަދި ބަލައެއްނުގަނޭ!

23 ޖުލައި 2017 | އާދީއްތަ 10:44

މިހާތަނަށް 6 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ވަނީ ބުނެފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 23 ޖުލައި 2017 | އާދީއްތަ 10:44
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް: މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމާ!

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް: މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމާ!

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ހުސްވެފައިވާ ކަމަށްބުނެ، އިލެކްޝަން ކޮމިޝަނުން އެ ދާއިރާތަކުގެ ބައިއިލެކްޝަން އިޢުލާނުކުރުމާ ގުޅިގެން ގޮނޑި ގެއްލުނު ކަމަށް ބުނާ ބޭފުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބަލައިގަތުމާއި މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމާ ކަމަށް އެ ކޯޓުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބައިލަތުމާ މެދު ގޮތެއް ނިންމާފައި ވޭތޯ ބެލުމަށް އާދީއްތަ ދުވަހު ވަކީލުންނާ އެކު އެ ބޭފުޅުން ކޯޓަށް ވަޑައިގެންނެވުމުން ކޯޓުން ވަނީ އެ މައްސަލަ ބަލައިގަތުމާ މެދު ފަނޑިޔާރުން އަދި ގޮތެއް ނުނިންމަވާ ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

"އަދި އަޅުގަނޑުމެންނަށް ސުޕްރީމް ކޯޓުން އަޅުގަނޑުމެން ހުށަހެޅި މައްސަލައާ ގުޅިގެން ވަކި ޖަވާބެއް ނުލިބޭކަން. އެބޭފުޅުން އަޅުގަނޑުމެން މިއަދު މަޢުލޫމާތު ސާފުކުރަން އައިމަ ވިދާޅުވި އަދި މައްސަލަ ބަލައިގަތުމާ ގުޅޭގޮތުން ވަކި ގޮތެއް ނުނިންމަވާ ކަމަށް. ނިންމިހާ އަވަހަކަށް އަޅުގަނޑުމެންނަށް އެއްޗެއް އަންގާނެ ކަމަށް،" މައްސަލަ ހުށަހެޅުއްވި ބޭފުޅުންގެ ޤާނޫނީ ވަކީލް ހިސާން ހުޞައިން ވިދާޅުވިއެވެ.

ގޮނޑި ގެއްލުނު ކަމަށް ބުނާ ހަތަރު މެންބަރުންގެ ފަރާތުން ވަކިވަކިން އެ މައްސަލަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ ކޯޓުގެ ރިސެޕްޝަނުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ.

ހަތަރު ބޭފުޅުން ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ، އީސީން ނިންމި ނިންމުން ބާތިލުކޮށްދީ، އެ ދާއިރާތަކުގެ ގޮނޑި ހުސްނުވާ ކަމަށް ނިންމައިދިނުމަށާއި، އިޢުލާނުކޮށްފައިވާ ބައި-އިލެކްޝަން މަޑުޖައްސައިލުމަށް ވަގުތީ އަމުރެއް ހޯދައިދިނުމަށެވެ.

މައްސަލަ ހުށަހެޅުއްވުމަށް ފަހު، ތުލުސްދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށްބުނާ މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ، އެ ދާއިރާތަކުގެ ގޮނޑިތައް ހުސްވެފައިވާ ކަމަށް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިފައިނުވާ ކަމަށާއި، ހަތަރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ސުޕްރީމް ކޯޓުގެ ގޮންޖައްސަވައި ކަމަށެވެ.

ވައްޑެ ވިދާޅުވީ ވީހާ ވެސް އަވަހަކަށް މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެ، އަޑުއެހުންތައް ވީހާ ވެސް އަވަހަކަށް ބާއްވައިދެއްވައި، މައްސަލައިގައި ނިޔާ ކަނޑައަޅުއްވައި ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މައްސަލަ ހުށަހެޅުއްވުމަށް ފަހު މުޙައްމަދު އަމީތު ވިދާޅުވީ މައްސަލައިގައި ވަރަށް އަވަހަށް އިންސާފު ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، މި މައްސަލައަކީ ގޮނޑި ގެއްލުނު ކަމަށް ބުނާ މެންބަރުގެ އިތުރުން 5000 ރައްޔިތުންގެ ޙައްޤުތަކާއި ގުޅިފައިވާ މައްސަލައެއް ކަމަށެވެ.

މީގެ އިތުރުން، ސައުދު ޙުސައިން ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ނިންމުމަކީ ޤާނޫނުއަސާސީއާއި ޚިލާފު ނިންމުމެއް ކަމަށާ، މުއައްސަސާތަކުން ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ ޚިލާފުވުމަކީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތް ނޫން ކަމަށެވެ.

ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރު ކަމުން ވަކިވުމުގެ ސބަަބުން ހުސްވާ ގޮނޑިއަށް، އެ ގޮނޑި ހުސްވާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިޚާބު ކުރަން ވާނެ ކަމަށެވެ. ނަމަވެސް މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީޚުން ފެށިގެން މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިޚާބާ ދެމެދު އޮތީ ހަ މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ކަމުގައިވާ ނަމަ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިޚާބް ކޮށްގެންނުވާނެ ކަމަށް އެ މާއްދާގައި ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް