Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ބްރައިޓަން ބަލިކޮށް، ލީގުގައި ވިދިވިދިގެން ތިން ބަލި ނުވެ ޗެމްޕިއަން ސިޓީ ސަލާމަތްވެއްޖެ

ބްރައިޓަން އަތުން މޮޅުވީ 2-1 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 21 އޮކްޓޯބަރު 2023 | ހޮނިހިރު 16:36
ސިޓީގެ ދެވަނަ ލަނޑު ޖެހުމަށްފަހު ހާލަންޑް: ފޮޓޯ-ރޮއިޓަރސް

ސިޓީގެ ދެވަނަ ލަނޑު ޖެހުމަށްފަހު ހާލަންޑް: ފޮޓޯ-ރޮއިޓަރސް

ބްރައިޓަން ބަލިކޮށް، އިނގިރޭސި ޕްރިމިއަރ ލީގުގައި ވިދިވިދިގެން ތިން ބަލި ނުވެ ޗެމްޕިއަން ސިޓީ ސަލާމަތްވެއްޖެއެވެ.

ބްރައިޓަންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނިކުތުމުގެ ކުރިން ލީގުގައި ސިޓީން އެންމެ ފަހުން ކުޅުނު ދެމެޗުގައި ވަނީ ރަށުން ބޭރުގައި ވުލްވްސްއާއި އާސެނަލް އަތުން ބަލިވެފައެވެ. ތިންވަނަ ބައްޔެއް ނުވެ ސަލާމަތްވީ ފުރަތަމަ ހާފްގައި ބްރައިޓަން ކޮޅަށް ޖެހި ދެ ގޯލުން މޮޅުވެގެންނެވެ. މެޗު ސިޓީން ކާމިޔާބުކުރީ 2-1 ނެވެ. ސިޓީގެ ދެ ލަނޑު ފުރަތަމަ ހާފްގައި ޖެހީ އަލްވަރޭޒްއާއި ހާލަންޑެވެ. ފުރަތަމަ ލަނޑު އަލްވަރޭޒް ޖެހީ މެޗު ފަށައިގެން 7 ވަނަ މިނިޓްގައެވެ. އަދި ހާލަންޑް ލަނޑު ޖެހީ 19 ވަނަ މިނިޓްގައެވެ.

ފުރަތަމަ ހާފްގައި ސިޓީން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ދެވަނަ ހާފްގައި ފެނުނީ ތަފާތު ގޭމެކެވެ. ބްރައިޓަން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނެވެ. ބްރައިޓަންއިން ލަނޑު ޖެހީ ސިޓީއަށް ލިބުނު ރަނުގެ ފުރުޞަތެއް ބޭނުން ނުކުރެވި ގެއްލިގެން ދިޔަ ބޯޅައިގައި ކައުންޓަރ އެޓޭކަށް އަރައެވެ. ބާސެލޯނާއިން ބްރައިޓަންއަށް ބަދަލުވި އަންސޫ ފާޓީ ލަނޑު ޖެހިއިރު ސިޓީގެ ހަތަރު ޑިފެންޑަރުން އޭރިޔާ ތެރޭގައި ތިއްބެވެ. އެކަމަކު ބޯޅަ ގޯލަށް ވަންއިރު ކީޕަރު ސްޓެފަން އަށްވެސް އެއްވެސް ކަމެއް ނުކުރެވުނެވެ. ސިޓީން މެޗު ނިންމާލަން ޖެހުނީ ދިހަ ކުޅުންތެރިންނާއެކުއެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި އަކަންޖީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑް ދެއްކުމުންނެވެ.

މިމޮޅާއެކު ސިޓީއަށް ވަނީ ވަގުތ ގޮތުން ތާވަލްގެ އެއްވަނަ ލިބިފައެވެ. އެއީ 9 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. އެކަމަކު ހޮނިހިރު ދުވަހުގެރޭ އާސެނަލް އިން ޗެލްސީ ބަލިކޮށްފި ނަމަ, ސިޓީއަށް އެއްވަނަ ގެއްލި އެމަގާމް އާސެނަލް އަށް ލިބޭނެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު