Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފަލަސްތީން އިސްރާއީލް ހަނގުރާމަ

އަޔާލްގެ ބޭކަރީގެ ދޮރު، ހުރިހާ އެންމެނަށްޓަކައި ހުޅުވާލާފައި!

19 އޮކްޓޯބަރު 2023 | ބުރާސްފަތި 07:00

ހުރިހާ ކޮޅަކުން ބައްދާލާފައި އޮތް ޣައްޒާއިން ކާބޯތަކެތި ވަނީ މުޅިން ހެން ހުސްވެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 19 އޮކްޓޯބަރު 2023 | ބުރާސްފަތި 07:00
ޚާން ޔޫނިސްގެ ރަށްވެހިންނަށް ބޭނުންވާ ޕާން ސަޕްލައި ކޮށްދިނުމުގެ މަސައްކަތުގައި، އަޔާލް މިއަދު މުޅިންވެސް ބޭނުން ކުރަނީ ދަރު ޖައްސައިގެން ފިހާ އަވަންތައް

ޚާން ޔޫނިސްގެ ރަށްވެހިންނަށް ބޭނުންވާ ޕާން ސަޕްލައި ކޮށްދިނުމުގެ މަސައްކަތުގައި، އަޔާލް މިއަދު މުޅިންވެސް ބޭނުން ކުރަނީ ދަރު ޖައްސައިގެން ފިހާ އަވަންތައް

ދިރިއުޅުމުގެ މައިދާނުގައި ކުރިމަތިލާން ޖެހޭ ގޮންޖެހުންތަކާއި ހުރަސްތައް ގިރާ ކުރުމަށް ބޭނުންވަނީ ހިތުގެ ސާބިތުކަމާއި އަމިއްލަ ނަފުސަށް އޮންނަ އިތުބާރުކަން މި ދުވަސްވަރު އެންމެ ސާފުކޮށް ފެންނަން އޮތް އެއް މަންޒިލަކީ، ފަލަސްޠީނުގެ ޣައްޒާއެވެ. ޔަހޫދީ އިޒްރޭލުން ދެމުން ދާ، ތާރީޚު ދެކެފައި ނުވާ ފަދަ ރަޙުމެއް ނެތް ޢުދުވާންތަކުގައި ޣައްޒާ ހަފުސްވެފައި ވާ އިރުވެސް، އެ ރަށުގެ އަހުލުވެރިންގެ ފަރާތުން، ފަސްޖެހުމާއި މާޔޫސްކަމުގެ ކުޑަ ނަމަވެސް އަސަރެއް ނުފެނެއެވެ. ގިސްލަގިސްލާ ރޯ މަންޒަރު ފެނުނު ކަމުގައި ވީ ނަމަވެސް، އަމިއްލަ ފައިމައްޗަށް ތެދުވެ، ލެއްވި ޙާލެއްގައި ދިރިއުޅުމައިގެން ކުރިއަށް ދިއުމުގައި ޣައްޒާޣެ ރަށްވެހިން ދައްކަމުން ދަނީ މުޅި ދުނިޔެއަށްވެސް ލާމަސީލު މިސާލެކެވެ.

އިޒްރޭލުން ވަނީ ދިރިއުޅުމަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތަކުންވެސް ޣައްޒާ މަޚްރޫމު ކޮށްފައެވެ. ފެނެއް ކަރެންޓެއް ނެތެވެ. 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ 80 ޕަސެންޓް މީހުންނަކީ، އިޒްރޭލުގެ ފަހުގެ ޢުދުވާންތައް ފެށުމުގެ ކުރިންވެސް ބައިނަލްއަޤުވާމީ އެހީއަށް ބަރޯސާވެގެން އުޅުނު ބައެކެވެ. ނަމަވެސް، ޣައްޒާއަށް އެހީ ފޯރުކޮށްދެވެން އޮތް ހުރިހާ ދޮރެއްގައި އިޒްރޭލުން އަތް އަޅައިގެން އޮތް އިރު، ޣައްޒާއަށް ބޭނުން ވާ އެހީގެ ސާމާނުވެސް އެތެރެ ކުރެވޭނެ ގޮތެއް ނެތެވެ.

ދިރިހުރުމަށްޓަކައި ކައިބޮއި ހެދުމަކީ ޛަރޫރީ ޙައްޤަކަށް ވާ އިރު، އެމީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ޣައްޒާގެ ކޮންމެ ރަށްވެއްސަކުވެސް ދަނީ ކެއިންބުއިމުގެ ކަންކަން ހަމަޖައްސަމުންނެވެ. ހަމަ އެކަނި އަމިއްލަ ނަފުސަކަށް ނޫނެވެ. ތަނަވަސްކަން ހުރި މިންވަރަކުން، އެހެން މީހުންނަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޣައްޒާއިން ތެޔޮ ހުސްވެފައި ވާ މި ދަނޑިވަޅުގައި، އެއްޗެއް ކައްކާލެވޭނެ ގޮތެއް ނެތޭ ކިޔައި، ދެ އަތް ބޮލުގައި އަޅައިގެން ރޯން އިނުމުގެ ބަދަލުގައި، ކައިބޮއި ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގައި އެންމެ ސާބިތު ކަމާއެކީ ތެދުވެ ހުރި އެކަކީ މުޙައްމަދު އަލް-އަޔާލްއެވެ.

ހުރިހާ ކޮޅަކުން ބައްދާލާފައި އޮތް ޣައްޒާއިން ކާބޯތަކެތި ވަނީ މުޅިން ހެން ހުސްވެފައެވެ. ހުރި މަދު އެތިކޮޅުން ފުއްދާލައިގެން، ވީހާވެސް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަޔާލް ދައްކަމުން ދަނީ ރީތި މިސާލެކެވެ.

ޣައްޒާގައި އަޔާން ހިންގާ ބޭކަރީގައި މިއަދު ބޭނުން ކުރަނީ ދަރު އުނދުނެވެ. ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި އޮތުމާއި، ޖަނަރޭޓަރުތަކަށް އަޅާނެ ތެޔޮ ފޮދެއްވެސް ނުލިބުމުގެ ސަބަބުން، މިއަދު އަޔާލްއަށް އެނޫން ގޮތެއް ނެތުނީއެވެ. ދަރު އުނދުނުގައި އިހު ޒަމާނުގައިވެސް ބޭނުން ކޮށް އުޅުނު އެއްޗަކަށް ވީ އިރު، މިއަދު އޭގެ ބޭނުން ނުކުރާންވީ ސަބަބެއް ނެތެވެ. ޚާން ޔޫނިސްގެ ރަށްވެހިންނަށް ބޭނުންވާ ޕާން ސަޕްލައި ކޮށްދިނުމުގެ މަސައްކަތުގައި، އަޔާލް މިއަދު މުޅިންވެސް ބޭނުން ކުރަނީ ދަރު ޖައްސައިގެން ފިހާ އަވަންތަކެވެ.

2007 ވަނަ އަހަރު ފަލަސްޠީނުގައި ހިނގާދިޔަ ދާޚިލީ ދެބަސްވުންތަކަށް ފަހު ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ހަމާސް ޖަމާޢަތުން، އަމިއްލަ ވަޒަނުގެ މިނިވަން ކަމަށްޓަކައި، އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ރައްދުގައި ކަމަށް ބުނެ، ޔަހޫދީން ދޭން ފެށި ޢުދުވާނީ ޙަމަލާތަކުގައި ފަލަސްޠީނުން 3000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެ 4 ބައިކުޅަ 1 ބަޔަކީ ކުޑަ ކުދިންނެވެ. އެތައް ހާސް ބަޔަކު ޒަޚަމްވެފައި ވާ އިރު، ގުނަ ޢަދަދުވެސް ނުކުރެވޭހާ ގިނަ ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. އިންސާނަކަށް ވީތީ ލިބިދޭންޖެހޭ ދިރިހުރުމުގެ ޙައްޤާއި، ދިރިއުޅުމުގެ އެތައް ޙައްޤަކުން ޣައްޒާގެ ރައްޔިތުން އެކަހެރި ކޮށްފައި ވާ އިރު، އެކަމަށް ބަހެއް ބުނެލުން ފިޔަވައި، ޢަމަލީ ސިފައެއްގައި ރައްދު ދޭނެ އިތުރު ބަޔަކު ބައިނަލްއަޤުވާމީ ސިޔާސީ މައިދާނުން ފެންނާކަށް ނެތެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

13 އޯގަސްޓު 2023

މާ ބޮޑު ތަނަވަސްކަމެއް ނެތަސް، ސޫދާންގެ ރެފިއުޖީންނަށް ފާޠިނާ ހުޅުވާލީ އޭނާގެ އަމިއްލަ ގޭގެ ދޮރު

13 އޯގަސްޓު 2023
މާ ބޮޑު ތަނަވަސްކަމެއް ނެތަސް، ސޫދާންގެ ރެފިއުޖީންނަށް ފާޠިނާ ހުޅުވާލީ އޭނާގެ އަމިއްލަ ގޭގެ ދޮރު
04 ޖޫން 2023

ފިލްމްފެއާރ އެވޯޑްތައް، ފާޚާނާ ދޮރުގެ މުއްގަނޑަށް!!

04 ޖޫން 2023
ފިލްމްފެއާރ އެވޯޑްތައް، ފާޚާނާ ދޮރުގެ މުއްގަނޑަށް!!
21 މާރިޗު 2023

ދެމެހެއްޓިނިވި ދިރިއުޅުމަކަށް ކުނި ބަލާ "ދޮރުން – ދޮރަށް"

21 މާރިޗު 2023
ދެމެހެއްޓިނިވި ދިރިއުޅުމަކަށް ކުނި ބަލާ "ދޮރުން – ދޮރަށް"
11 ޖުލައި 2022

އަމިއްލަ ވަޒަނުގައި ގެދޮރު ގެއްލި، ޢީދުގެ އުފަލުން މަޙްރޫމްވެފައިވާ ޞާލިޙްގެ ހިތުގެ ޝަކުވާ!

11 ޖުލައި 2022
އަމިއްލަ ވަޒަނުގައި ގެދޮރު ގެއްލި، ޢީދުގެ އުފަލުން މަޙްރޫމްވެފައިވާ ޞާލިޙްގެ ހިތުގެ ޝަކުވާ!
23 ޑިސެމްބަރު 2017

ޗާންދަނީމަގައި ހުންނަ ހޮޓަލެއްގެ ދޮރުފަތް ވަގަށް ނެގި ކަމަށްބުނެ މީހެއްގެ ބޯ ބާލާއިފި

23 ޑިސެމްބަރު 2017
ޗާންދަނީމަގައި ހުންނަ ހޮޓަލެއްގެ ދޮރުފަތް ވަގަށް ނެގި ކަމަށްބުނެ މީހެއްގެ ބޯ ބާލާއިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް